ސްޕަމެޓިކް ކޯޑް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މިއީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ. ސްޕަމެޓިކް ކޯޑް އުފެދިފައިވާ އިރު އޭގެ ބޭރުން 3 ފަށަލަ ލެވިފައިވެއެވެ. އެއީ އެކްސްޓާރނަލް ސްޕަމެޓިކް ފެޝިއާ، ކްރިމަސްޓެރިކް މަސަލް އަދި ފެޝިއާ، އަދި އިންޓާރނަލް ސްޕަމެޓިކް ފެޝިއާ ހިމެނެއެވެ.