ސްކާރލެޓް ހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސްކާރލެޓް ހުން(އިނގިރޭސި ބަހުން: scarlet fever) އަކީ ސްޓްރެޕްޓޮކޮކަސް ކިޔާ ބެކްޓީރިޔާ އެއްގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ސްކާރލެޓް ހުން ޖެހެނީ ހުން ޖެއްސުމުގައި ހިއްޞާވާ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައިވާ ކިރު ބުއިން، ނުވަތަ ބަލި ޖެހިފައިވާ މީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ބަލި ޖައްސާ ޖަރާސީމް ޖައްވުގެ ތެރެއަށް ބޭރުވެ، ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލް ވުމުންނެވެ. ސްކާރލެޓް ހުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ކަރުތެރެ ފާރުވުން، ބޮލުގައި ރިހުން، އަދި އަތްފަޔާއި ހަށިގަނޑު މެދުބައިގައި ބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން އަނގަ ވަށައިގެން ރަތްވެ، ދޫ ރަތްވެ ސްޓޯބެރީ ކުލައަށް ބަދަލު ވެއެވެ. ބިހި ނަގާތާ ދުވަސްކޮޅެއްގެ ތެރޭގައި ބިހިތައް ފެޅި ތޮށިލައެވެ.