ސޯމާލިއާ
| Republic of Somalia | ||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Soomaaliyeey Toosoow Somalia, Wake Up |
||||||
| Capital (and largest city) |
Mogadishu 2°02′N 45°21′E / 2.033°N 45.35°E |
|||||
| Official languages | Somali, Arabic[1][2] | |||||
| Demonym | Somali | |||||
| Government | Coalition Government | |||||
| - | President | Sharif Ahmed | ||||
| - | Prime Minister | Omar Abdirashid Ali Sharmarke | ||||
| Independence | ||||||
| - | from United Kingdom | 26 June 1960 | ||||
| - | from Italy | 1 July 1960 | ||||
| Area | ||||||
| - | Total | 637,661 km2 (41st) 246,201 sq mi |
||||
| - | Water (%) | 1.6 | ||||
| Population | ||||||
| - | 2009 estimate | 9,133,000[3] (85th) | ||||
| - | Density | 14.3/km2 (198th) 37.1/sq mi |
||||
| GDP (PPP) | 2007 estimate | |||||
| - | Total | $7.599 billion (153rd) | ||||
| - | Per capita | $795[4] (222nd) | ||||
| HDI (2009) | N/A (Not Ranked) | |||||
| Currency | Somali shilling (SOS) |
|||||
| Time zone | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| Drives on the | right | |||||
| Internet TLD | .so (currently not operating) | |||||
| Calling code | 252 | |||||
| 2 | BBC News[5] | |||||
| 3 | Transitional Federal Charter of the Somali Republic | |||||
ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ސޯމާލިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހާއި ސޯމާލީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސޯމާލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މޮގަދިޝޫއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މި ޤައުމުގައި މި ވަގުތު އޮތީ ކޯލިޝަން ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 89 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 637661 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ so. އެވެ. ކޯލިން ކޯޑަކީ +252 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޯމާލީ ޝިލިންގެވެ.
ނަން [އުނިއިތުރު ގެންނަވާ]
ސޯމާލިޔާއަށް އެ ޤައުމުގެ ރަސްމީ ދެބަހުގެ ތެރެއިން ސޯމާލީ ބަހުން ކިޔާ ނަމަކީ ސޫމާލިޔާއެވެ. ޢަރަބި ބަހުން ކިޔަނީ އައްޞޫމާލްއެވެ. ރަސްމީ ނަމެއްގެ ގޮތުގައި ބޭނުންކުރެވެނީ ރިޕަބްލިކް އޮފް ސޯމާލިޔާއެވެ. ކުރިން މި ޤައުމަށް ކިޔާފައިވާ ނަމަކީ ސޯމާލީ ޑިމޮކްރެޓިކް ރިޕަބްލިކެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ސޯމާލިޔާގެ ހުޅަނގު އުތުރުގައި އޮތީ ޖިބުތީއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ޚަލީޖު ޢަދަނާއި ޔަމަންއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. ހުޅަނގުގައި އޮތީ އިތިޔޯޕިޔާ (ޙަބުޝްކަރަ ނުވަތަ ޙަބަޝާ) އެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ޤަދީމީ ޒަމާނުގައި ސޯމާލިޔާ ވެފައިވަނީ ވިޔަފާރީގެ މުހިއްމު މަރުކަޒަކަށެވެ. ތާރީޚުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޕުންތު ރަސްކަން ޤާއިމުވެފައި އޮތީ ވެސް ސޯމާލިޔާ ސަރަޙައްދުގައެވެ. ޕުންތީތުންނަކީ މިޞްރުގެ ވެރިކަމުގައި ތިބި ފިރުޢައުނުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓި ބައެކެވެ. މި ގޮތުން ފިރުޢައުނު ސަހޫރާ އާއި ރާނީ ހަތްޝެޕްސޫތާ ވަރަށް ގާތް ގުޅުމެއް މި މީހުން ބަހައްޓާފައިވާކަން ތާރީޚުން އެނގެއެވެ. ސޯމާލިޔާގެ ކުރިމަތީގައި އޮތް ރަތް ކަނޑުުގެ އަނެއް ފަރާތުގައި އިސްލާންދީން ފެތުރެން ފެށުން ވެގެން ދިޔައީ ސޯމާލީންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައި ކަމެއް ކަމުގައެވެ. މީގެ ސަބަބުން ސޯމާލިޔާގެ ޤަދީމީ ޝަހަރުތައް ކަމުގައިވާ، މޮގަދިޝޫ އާއި ބަރްބަރާ އާއި ޒީލާ އާއި ބަރާވާ އާއި މަރްކާ ފަދަ ތަންތަނަށް އިސްލާމްދީން ފެތުރިގެން ދިޔައެވެ. އަދި މި ޝަހަރުތަކަކީ މުސްލިމުންގެ ޝަހަރުތަކެއް ކަމުގައި ވެގެން ދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން އެފްރިކާގެ ޤައުމުތައް ކޮލޯނައިޒް ކުރަމުން ދިޔަ ކަމުގައި ވިޔަސް އެއް އިރެއްގައި ވެސް ރަސްމީ ގޮތުން ސޯމާލިޔާ ކޮލޯނައިޒް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ނުފޫޒެއް އިޓާލީން އަދި އިނގިރޭސީން ފޯރުވަމުން ދިޔައެވެ. ސޯމާލިޔާގައި މީހުން ވަޒަންވެރިވެ އުޅެންފެށި ޒަމާނަށް ބަލާލާއިރުގައި، ސޯމާލިޔާއަކީ ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާ ޤައުމެއްކަން ސާބިތުވެއެވެ. ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ކޮށްފައިވާ ކޭވް ޕެއިންޓިންތަކެއް އުތުރު ސޯމާލިޔާއިން ފެނިފައިވެއެވެ. މިއީ ވެސް ސޯމާލިޔާގައި ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާކަން ދައްކައިދޭ ހެތްކެކެވެ. ޢީސާއީ މީލާދުގެ 4000 އަހަރު ކުރީން ވެސް ސޯމާލިޔާގައި މީހުން ވަޅުލާފައިވާ ޤަބުރުސްތާންތައް ހުރިކަން ސާބިތުވެއެވެ. މިއަދު ސޯމާލިޔާ މަޝްހޫރުވެފައިވަނީ އެތަނުގެ ކަނޑުފޭރޭ މީހުންގެ ސަބަބުންނެވެ. ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން އެ ސަރަޙައްދުން ދަތުރު ކުރަމުންދާ ވަރަށް ގިނަ އުޅަނދުތަކަށް އެތައް ދައްޗަކާ ދަނީ ކުރިމަތިލާން ޖެހެމުންނެވެ. ކުރީ ޒަމާނަށް ބަލާއިރުގައި އިންޑިޔާގެ ސޫރަތުގެ ވިޔަފާރިވެރީންނާއި ދެކުނު އެފްރިކާގެ ވިޔަފާރިވެރީންވަނީ ޕޯޗުގީޒުންނާއި ޢުމާނީންގެ އުނދަގޫތަކުން ސަލާމަތްވެ ރައްކާާތެރި ކަމާއެކު ދަތުރުކުރުމުގެ ގޮތުން ސޯމާލީ ކަރައިގެ ބަރާވާގެ ބަނދަރު ބޭނުންކޮށްފައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ސޯމާލިޔާގެ އާބާދީގެ 85% މީހުންނަކީ ނަސްލުގެ ގޮތުން ބަލާއިރުގައި ސޯމާލީ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ޤައުމުގެ އާބާދީގެ 34% މީހުން ދިރިއުޅެމުން ގެންދަނީ ގަރިޔާތަކާއި ޝަހަރުތަކުގައެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ސަގާފަތުގެ ގޮތުން ބަލާއިރު ސޯމާލިޔާ އަކީ ޢަރަބި ސަގާފަތާއި އެފްރިކާ ބައްރުގެ ސަގާފަތް ބައްދަލުވާ ނުގުތާގައި އޮތް ޤައުމެއްކަމުން ސޯމާލިޔާގެ ސަގާފަތުން އެކަމުގެ އަސަރު ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
އިޤްތިޞާދީ ގޮތުން ބަލާއިރު ސޯމާލިޔާގެ އިޤްތިޞާދަކީ އެހައި ރަނގަޅު އިޤްތިޞާދެކޭ ދެންނެވޭކަށް ނެތެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 795 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found