ސެނެގާލް
ސެނެގާލަކީ ހުލަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ސެނެގާލްގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެނެގާލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑާކާރެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 12 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 71 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.19 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sn. އެވެ. ކޯލިން ކޯޑަކީ +221 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީ.އެފް.އޭ ފްރޭންކެވެ.
[އުނިއިތުރު ގެންނަވާ] ނަން
ސެނެގާލްގެ ނަން ނިސްބަތްވަނީ މި ޤައުމުގެ އުތުރުގައި އޮތް ސެނެގާލް ކޯރަށެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ސެނެގާލްގެ ހުޅަނގުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. އުތުރުގައި އޮތީ މުރިޓާނިޔާއެވެ. އިރުމަތީގައި އޮތީ މާލީއެވެ. ދެކުނުގައި އޮތީ ގިނީ އާއި ގިނީ ބިސާއުއެވެ. އަދި ގެންބިޔާގެ ތިން ފަރާތުގައި އޮތީ ވެސް ސެނެގާލެވެ. ގެންބިޔާގެ އަނެއް ފަރާތުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. ސެނެގާލުގެ މޫސުމަކީ ޓްރޮޕިކަލް މޫސުމެކެވެ. ޑާކާރަށް އަހަރަކު ވާރޭ ވެހޭ މިންވަރަށް ބަލާއިރު 600 މިލިމީޓަރުގެ ވާރޭ ވެހެއެވެ. ހޫނު މިން އެންމެ މައްޗަށް ދަނީ 27 ޑިގްރީ ސެލްސިއަސްއަށް ކަމުގައިވާ އިރު އެންމެ ދަށަށް ދަނީ 17 ޑިގްރީ ސެލްސިއަސްއަށެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ޕްރީހިސްޓޯރިކް ޒަމާނޭ ކިޔޭ ހިސާބުން ފެށިގެން ވެސް ސެނެގާލްގައި މީހުން ވަނީ ވަޒަންވެރިވެފައެވެ. އިރުމަތީ ސެނެގާލަކީ އެއް ޒަމާނެއްގައި އެމްޕަޔަރ އޮފް ގާނާގެ ބައެކެވެ. މި ވެރިކަން ފެށިފައިވަނީ ތުކުލޯރާ ހަމައިންނެވެ. އެއީ ސެނެގާލް ކޯރުގެ މެދު ވާދީގައެވެ. ސެނެގާލުގެ އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކީ އިސްލާމްދީނެވެ. މި ސަރަޙައްދަށް އެންމެ ފުރަތަމަ އިސްލާމްދީން އައިސްފައިވަނީ މީލާދީން 11 ވަނަ ޤަރުނުގެ ތެރޭގައެވެ. މީލާދީން 13 ވަނަ ޤަރުނާއި 14 ވަނަ ޤަރުނާ ހިސާބުގައި މި ސަރަޙައްދަށް އިރުމަތީ ވެރިންގެ ނުފޫޒު ފެތުރިގެން ދިޔައެވެ. ސެނެގާލުގެ ޔޮލޮފް އެމްޕަޔަރ އުފަންވީ ވެސް ހަމަ މި ދުވަސްވަރުއެވެ. މީލާދީން 15 ވަނަ ޤަރުނުން ފެށިގެން 1677 އާ ހަމަޔަށް ޔޫރަޕުގެ ޤައުމުތައް ކަމުގައިވާ ޕޯޗުގަލް އާއި ނެދަލޭންޑްސް އާއި ބްރިޓޭނުން ވަނީ މި ސަރަޙައްދުގެ ވިޔަފާރީގައި ކުރި ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ދެން ފެށިގެން އައީ ފަރަންސޭސީންގެ ނުފޫޒެވެ. 1850 ގެ ތެރޭގައި ފަރަންސޭސީން ސެނެގާލުގެ މައިކަރައިގެ ތެރެ ހޯދަން ފެށިއެވެ. 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ސެނެގާލާއި ފަރަންސޭސި ސޫދާން ގުޅިގެން މާލީ ފެޑެރޭޝަން އުފެދުނެވެ. ސެނެގާލަށް ފަރަންސޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 4 އެޕްރީލް 1960 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ސެނެގާލްގެ އާބާދީގެ 42% މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގައެވެ. ސެނެގާލުގައި އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުން ގެންދެއެވެ. އަދި ހަމަ އެހެންމެ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެނެގާލުގައި ވެސް ވަރަށް ގިނަ ބަސްބަހުން ވާހަކަ ދައްކައެވެ. ސެނެގާލުގެ އާބާދީގެ ތެރެއިން 43% މީހުންނަކީ ވޮލޮފް ނަސްލަށް ނިސްބަތްވާ މީހުންނެވެ. ސެނެގާލްގެ އާބާދީގެ 95% މީހުންނަކީ މުސްލިމުންނެވެ. 4% އަކީ ކްރިސްޓިޔަނުންނެވެ. 1% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ސެނެގާލްގެ މިއުޒިކުގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކަށް ވުރެ ވެސް ކުރިއަރާފައިވާ ސަގާފަތެއް ކަމަށް ބުނެވެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
1994 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ސެނެގާލްގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1739 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found