ސޫދާން
ރިޕަބްލިކް އޮފް ސޫދާން އަކީ ނުވަތަ އައްސޫދާނަކީ އިރު އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ސޫދާނަކީ އެފްރިކާ އާއި މުޅި ޢަރަބި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ޤައުމެވެ. ސޫދާނަކީ މުޅި ދުނިޔެއަށް ބަލާއިރު 10 ވަނައަށް އެންމެ ބޮޑު ޤައުމެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ސޫދާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ސޫދާނުގެ މީހުންނަށް ކިޔަނީ ސޫދާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮމްދުރްމާންއެވެ. ސޫދާނުގެ ވެރިރަށަކީ ޚަރްޠޫމްއެވެ. ސޫދާނަކީ ފެޑެރަލް ޕްރެޒިޑެންޝަލް ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 39 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 33 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sd. އެވެ. ކޯލިން ކޯޑަކީ +249 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޫދާނީޒް ޕައުންޑެވެ.
ނަން[އުނިއިތުރު ގެންނަވާ]
ސޫދާން މިނަމަކީ ވަރަށް ކުރީއްސުރެ އެ ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ނަމެކެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ސޫދާނުގެ އުތުރުގައި އޮތީ މިޞްރެވެ. އިރު އުތުރުގައި އޮތީ ރަތް ކަނޑެވެ. އިރުމަތީގައި އޮތީ އެރި^ްރިޔާ އާއި އިތިޔޯޕިޔާއެވެ. އިރުދެކުނުގައި އޮތީ ކެންޔާ އާއި ޔޫގެންޑާއެވެ. ހުޅަނގު ދެކުނުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ހުޅަނގުގައި އޮތީ ޗާޑެވެ. ހުޅަނގު އުތުގައި އޮތީ ލީބިޔާއެވެ. ދުނިޔޭގައި އޮތް އެންމެ ދިގު ކޯރުކަމުގައިވާ ނީލަކޯރަކީ މިޞްރުގެ ކޯރެއް ފަދައިން ސޫދާނުގެ ވެސް ކޯރެކެވެ. މި ކޯރުގެ ސަބަބުން ސޫދާނުވަނީ އިރުމަތީ ބަޔަކަށާއި ހުޅަނގު ބަޔަކަށް ބައިވެފައެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
ސޫދާނަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ އެއް މަދަނިއްޔަތެވެ. މި ގޮތުން ބަލާއިރު އާރބަން ސަރަޙައްދުގައި ދިރިއުޅުމުގެ ސަގާފަތް 3000 މކ. ހިސާބުން ފެށިގެން ސޫދާނުގެ ތާރީޚުން ދައްކައިދެއެވެ. ސޫދާނުން ވަނީ އެ ޤައުމުގެ ތާރީޚުގެ ވަރަށް ބޮޑުބައެއް މިޞްރާއެކު ޙިއްޞާކޮށްފައެވެ. މިޞްރާއި ސޫދާނަކީ އެއް ބަޔެއްގެ ގޮތުގައި އެތަކެއް ޒަމާންތަކެއްގައި އޮތެވެ. އިނގިރޭސީންގެ އަތްދަށުން 1956 ވަނަ އަހަރު މިނިވަންވުމަށް ފަހުގައި ސޫދާނަށް ވަނީ 17 އަހަރުގެ ދިގު ދާޚިލީ ހަނގުރާމައަކާ ކުރިމަތިލާންޖެހިފައެވެ. ދެން ފެނިގެން ދިޔައީ ނަސްލީ، ދީނީ، އަދި އިޤްތިޞާދީ ކޯޅުންތަކާހުރެ އުތުރު ސޫދާނުގެ ޢަރަބި އަދި ނޫބިޔަން ދަރިކޮޅުތަކުގެ މީހުންނާއި ދެކުނު ސޫދާނުގެ ނަޞާރާއިންނާ ދެމެދު ހިނގަމުން އައި ކުރިމަތިލުންތަކެވެ. ސޫދާނުގެ ކާނަލެއްކަމުގައިވާ ޢުމަރު ބަޝީރުވަނީ ލޭ އޮހޮރުވުމެއް ނެތް އިންޤިލާބަކުން 1989 ވަނަ އަހަރު އެ ޤައުމުގެ ވެރިކަން ހޯއްދަވާފައެވެ. އޭގެ ފަހުން ޢުމަރު އަލް ބަޝީރުވަނީ ސޫދާނުގެ ރައީސަކީ އެމަނިކުފާނުކަން އިޢުލާންކުރައްވާފައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
1993 ވަނަ އަހަރުގެ ބޯހިމެނުމުގައިވާ ގޮތުން ސޫދާނުގެ އާބާދީއަކީ 25 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް މިހާރު 39 މިލިޔަން މީހުންގެ އާބާދީއެއް އެބައޮތެވެ. ސޫދާނުގެ އާބާދީގެ 70% މީހުންނަކީ ސުންނީ މުސްލިމުންނެވެ. 25% އަކީ ނަޞާރާއިންނެވެ. 5% މީހުންނަކީ އެނިމިސްޓުންނެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ސޫދާނަކީ ދުނިޔޭގައި މެދުކެނޑުމެއްނެތި އިންސާނުން ވަޒަންވެރިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިިވުމާއެކު ސޫދާނުގެ ސަގާފަތަށް ވެސް ވަނީ މިކަމުގެ މުއްސަނދިކަން ލިބިފައެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
ސޫދާނުގެ ވެރިކަމަށް ޢުމަރު އަލް ބަޝީރު ވަޑައިގެންނެވި ފަހުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. 2005 ވަނަ އަހަރު އެ ޤައުމުން ވަނީ އައު ޤާނޫނު އަސާސީއެއް އެކުލަވާލާފައެވެ. މި ޤާނޫނު އަސާސީއާއެކު ދެކުނުގެ ނަޞާރާއިންނަށް ވަނީ ކޮންމެވެސް ވަރެއްގެ ޒާތީ މިނިވަންކަމެއް ލިބިފައެވެ. އަދި 2011 ވަނަ އަހަރުގައި ދެކުނު ސޫދާނުގެ މިނިވަންކަމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއްލުން އޮންނާނެއެވެ. އެހެންކަމުން މިއީ ވެސް ސޫދާނުގެ އިޤްތިޞާދަށް މުހިއްމު އަސަރެއް ކުރާނެ ކަމެކެވެ. ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ސޫދާނަކީ މިއަދު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1522 ޑޮލަރެވެ.
- ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ 2.0 2.1 2.2 2.3 Sudan. International Monetary Fund. Retrieved on 2009-10-01.
- ↑ Human Development Report 2009. Human development index trends: Table G. The United Nations. Retrieved on 2009-10-05.