ސޫރިޔާ
| Syrian Arab Republic
الجمهورية العربية السورية
Al-Jumhūriyyah al-ʿArabiyyah as-Sūriyyah |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Homat el Diyar Guardians of the Land |
||||||
| Capital (and largest city) |
Damascus 33°30′N 36°18′E / 33.5°N 36.3°E |
|||||
| Official languages | Arabic1 | |||||
| Other common languages | Aramaic, Armenian, Kurdish, Turkish | |||||
| Demonym | Syrian | |||||
| Government | Presidential single party republic under Emergency Law since 1963 (Authoritarian) | |||||
| - | President | Bashar al-Assad | ||||
| - | Prime Minister | Muhammad Naji al-Otari | ||||
| - | Speaker of Parliament | Mahmoud al-Abrash | ||||
| Independence | from French mandate | |||||
| - | Independence | April 17, 1946 | ||||
| Area | ||||||
| - | Total | 185,180 km2 (88th) 71,479 sq mi |
||||
| - | Water (%) | 0.06 | ||||
| Population | ||||||
| - | 2009 estimate | 21,906,000[1] (54th) | ||||
| - | Density | 118.3/km2 (101st) 306.5/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $94.563 billion[2] (64th) | ||||
| - | Per capita | $4,756[2] (113th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $55.024 billion[2] (68th) | ||||
| - | Per capita | $2,767[2] (111th) | ||||
| HDI (2007) | ||||||
| Currency | Syrian pound (SYP) |
|||||
| Time zone | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| Drives on the | right | |||||
| Internet TLD | .sy | |||||
| Calling code | 963 | |||||
| 1 | Arabic (de jure), Syrian Arabic (de facto) | |||||
| 2 | The Franco-Syrian Treaty of Independence (1936), not ratified by France. | |||||
ސީރިޔަން އެރެބް ރިޕަބްލިކް ނުވަތަ ސޫރިޔާއަކީ އަކީ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ސޫރިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ޢަރަބި ބަހުގެ އިތުރުން އާރާމީ ބަހާއި، އަރްމީނީ ބަހާއި، ކުރްދީ ބަހާއި، ތުރުކީ ބަސް ވެސް ސޫރިޔާގައި މުހިއްމު ބަސްބަހުގެ ގޮތުގައި ބޭނުން ކުރެވެމުންދެއެވެ. އިނގިރޭސި ބަހުން ސޫރިޔާ މީހުންނަށް ކިޔަނީ ސީރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދިމިޝްޤެވެ. ސޫރިޔާގެ ވެރިރަށަކީ ވެސް ދިމިޝްޤެވެ. ސޫރިޔާއަކީ ރިޔާސީ އަދި އެއް ޕާޓީގެ ވެރިކަން ހިނގާ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 53 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sy. އެވެ. ކޯލިން ކޯޑަކީ +963 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީރިޔަން ޕައުންޑްސްއެވެ.
[އުނިއިތުރު ގެންނަވާ] ނަން
ސޫރިޔާގެ ނަން ނިސްބަތްވަނީ އާޝޫރީންނަށެވެ. އާޝޫރިޔާގެ މާނައަކީ އާޝޫރީންގެ ބިމެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ސޫރިޔާގެ ހުޅަނގުގައި އޮތީ ލުބުނާނާއި މެދުތެރޭ ކަނޑެވެ. އުތުރުގައި އޮތީ ތުރުކީއެވެ. އިރުމަތީގައި އޮތީ ޢިރާޤެވެ. ދެކުނުގައި އޮތީ އުރުދުންއެވެ. ހުޅަނގު ދެކުނުގައި އޮތީ އިސްރާއީލެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ސޫރިޔާއަކީ ދުނިޔޭގެ އެންމެ ޤަދީމީ ޙަޟާރަތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ސޫރިޔާގެ ރަށެއް ކަމުގައިވާ އަބްލާއިން ވަނީ ކުރީގެ ވަރުގަދަ ސާމީ ރަށްވެހިކަމެއްގެ އަސަރު ފެނިފައެވެ. ރަތް ކަނޑުން ފެށިގެން އުތުރުން ތުރުކީއާ ހަމަޔަށް، އިރުމަތިން ޢިރާޤާ ހަމަޔަށް އޮތް ސަރަޙައްދުގައި ޤާއިމުވެފައި އޮތް މި ރަށްވެހިކަމަކީ އާމޫރީންގެ ރަށްވެހިކަމެއްގެ ގޮތުގައި ބެލެވިފައިވެއެވެ. އަބްލާގެ ރަށްވެހިކަމަކީ ޢީސާއީ މީލާދުގެ 3000 އަހަރު ކުރިން ޤާއިމުވި ރަށްވެހިކަމެއް ކަމަށް ތާރީޚީ ހޯދުންތަކުން ދައްކައެވެ. އަބްލާގެ ރަށްވެހިކަމުގައި ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައި ތިބީ ސޫމާރީންނާއި އައްކާދީންނާއެވެ. އަދި މިޞްރުގެ ފިރުޢައުނުން ފޮނުވާފައިވާ ހަދިޔާތައް އަބްލާއިން ފެނިފައިވުމުން މިޞްރާއި އަބްލާއާ ދެމެދު ގުޅުން އޮތްކަން ކަށަވަރުވެގެންދެއެވެ. އަބްލާވީ ބަހަކީ އައްކާދީ ބަހާއި ވަރަށް ބޮޑަށް ގުޅުން ހުރި ބަހެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. ޢީސާއީ މީލާދުގެ ކުރީގެ ދެވަނަ ސާސްކަފުގައި ސޫރިޔާއަށް ވަނީ ކަންޢާނީންނާއި ފީނީޤީންނާއި އާރާމީންގެ ވެރިކަން ހިންގާފައެވެ. މިޞްރީންނާއި ސޫމާރީންނާއި އާޝޫރީންނާއި ބާބިލީންނާއި ހިއްތީންނާ އެކި ދުވަސްވަރު ސޫރިޔާއާ ވަނީ ގުޅުން އުފެދިފައެވެ. ޢީސާއީ މީލާދުގެ 64 އަހަރުކުރީން ޕޮންޕޭ ދަ ގްރޭޓް ވަނީ އަންޠާކިއްޔާ ހިފާފައެވެ. މި ހިސާބުން ސޫރިޔާއަކީ ރޫމާނީންގެ ޕްރޮވިންސަކަށް ބަދަލުވިއެވެ. ރޫމާނީ އެމްޕަޔަރގެ ދުވަސްވަރުގައި ރޫމާއި އިސްކަންދަރިއްޔާއަށް ފަހުގައި ދެން އޮތް އެންމެ ބޮޑު ޝަހަރަކީ އިންޠާކިއްޔާއެވެ. ސޫރިޔާ ނުވަތަ ޝާމްކަރައަކީ ރޫމާނީ އެމްޕަޔަރ ގެ ޕްރޮވިންސްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޕްރޮވިންސެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ސޫރިޔާގެ އާބާދީގައި އެންމެ ގިނައީ ސުންނީ މުސްލިމުންނެވެ. ދެން ޢަލަވީން (ނުޞައިރީން) ނާއި ޝީޢީންނާއި ކްރިސްޓިޔަނުުންގެ އިތުރުން ދުރޫޒީން ވެސް ކޮންމެ ވެސް ވަރަކަށް ސޫރިޔާގައި އުޅެއެވެ. 1960 ގެ އަހަރުތަކުން ފެށިގެން ޤައުމުގެ ވެރިކަމުގެ ބާރު އޮތީ ނުޞައިރީންގެ އަތުގައެވެ. މިހާރުގެ ރައީސް ޑރ. ބައްޝާރުލްއަސަދު ވެސް ހިމެނޭ ގޮތުންނެވެ. އެއްތްނިކް ގޮތުން ބަލާއިރު ސޫރިޔާގެ އާބާދީގެ 80% މީހުންނަކީ ޢަރަބިންނެވެ. ސޫރިޔާގެ އާބާދީގެ އަނެއް 20% އެކުލެވިގެންވަނީ ކުރުދީންނާއި އަރްމީނީންނާއި އާޝޫރީންނާއި ތުރްކުމަނުންނާއި ސިރްކާސީންގެ މައްޗަށެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ސޫރިޔާގެ ސަގާފަތަށް ކަންޢާނީންނާއި ފީނީޤީންނާއި އާރާމީންނާާއި މިޞްރީންނާއި ސޫމާރީންނާއި އާޝޫރީންނާއި ބާބިލީންނާއި ހިއްތީނީންގެ އަސަރުކޮށްފައިވާނޭ ކަމަށް ޤަބޫލުކުރެވެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ސޫރިޔާގެ އިޤްތިޞާދަކީ މާވަރުގަދަ އިޤްތިޞާދެއް ނޫން ނަމަވެސް އެއީ މާ ބަލި އިޤްތިޞާދެއް ވެސް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4756 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found