ސުލްޠާން އަބޫބަކުރު (އެއްވަނަ)
ސުލްޠާން އަބޫބަކުރު (އެއްވަނަ) އަކީ މީލާދީން 1442 ން 1443 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 846 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 846 ވަނަ އަހަރުއެވެ.
އައްސުލްޠާން އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސޫޖަ މަހާ ރަދުންނަކީ ހިލާލީ ކަލޯގެ ޙަސަން ރަސްގެފާނު (ސުލްޠާން ޙަސަން އަލްހިލާލީ) ގެ ބޭފުޅެކެވެ. ރަސްކަން ކުރެއްވީ 7 މަސް ދުވަހު އެވެ. އަވަހާރަވީ ހިޖުރައިން 846 ވަނަ އަހަރު އެވެ.
މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]
- ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]
- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- މޯލްޑިވްސް ރޯޔަލް ފެމިލީގެ ވެބްސައިޓް
- ރޯޔަލް އާރކްގެ ވެބްސައިޓް
ކުރިން ހުންނެވީ: ސުލްޠާން ޔޫސުފު (ދެވަނަ) |
ދިވެހިރާއްޖޭގެ ރަދުން - |
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙާޖީ ޙަސަން |