ސުލޮވާކިއާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Slovak Republic
Slovenská republika
Flag Coat of arms
Anthem: Nad Tatrou sa blýska
"Lightning Over the Tatras"
Location of ސުލޮވާކިއާ (green) – in Europe (light green & grey) – in the European Union (light green)  –  [Legend]
Location of ސުލޮވާކިއާ (green)

– in Europe (light green & grey)
– in the European Union (light green)  –  [Legend]

Location of ސުލޮވާކިއާ (green)

– in Europe (light green & grey)
– in the European Union (light green)  –  [Legend]

Capital
and largest city
Bratislava
48°09′N 17°07′E / 48.150°N 17.117°E / 48.150; 17.117
Official languages Slovak
Ethnic groups 85.8% Slovak,

9.5% Hungarian, 1.9% Roma,

2.8% other minority groups
Demonym Slovak
Government Parliamentary republic
 -  President Zuzana Čaputová
 -  Prime Minister Peter Pellegrini
 -  President of National Council Andrej Danko
Independence
 -  from Austria–Hungary October 28, 1918 
 -  from Czechoslovakia January 1, 1993 
Area
 -  Total 49,035 km2 (123)
18,932 sq mi
 -  Water (%) negligible
Population
 -  2001 census 5,379,455 (109th)
 -  Density 111/km2 (88th)
287/sq mi
GDP (PPP) 2008 estimate
 -  Total $119.464 billion[1] (58th)
 -  Per capita $22,096[1] (40th)
GDP (nominal) 2008 estimate
 -  Total $95.404 billion[1] (57th)
 -  Per capita $17,646[1] (40th)
Gini (2008)19.5
low · 1st
HDI (2007) 0.880
Error: Invalid HDI value · 42nd
ކަރަންސީ Euro ()2 (EUR2)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
ޑްރައިވްސް right
Calling code +4214
އިންޓަރނެޓް ޓީއެލްޑީ .sk3
1 Czechoslovakia split into the Czech Republic and Slovakia; see Velvet Divorce.
2 Before 2009: Slovak Koruna
3 Also .eu, shared with other European Union member states.
4 Shared code 42 with Czech Republic until 1997.

ސްލޮވާކިޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިންބަންދު ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ ރަސްމީ ބަހަކީ ސްލޮވެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސްލޮވެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްރަތިސްލާވާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 111 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 49035 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sk. އެވެ. ކޯލިން ކޯޑަކީ +421 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ މާނައަކީ ސްލާވް ދަރިކޮޅުގެ މީހުންގެ ވަޒަނެވެ. މި ޤައުމަށް ރަސްމީ ގޮތުން ކިޔާ ނަމަކީ ދަ ސްލޮވެކް ރިޕަބްލިކެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ ހުޅަނގުގައި އޮތީ ޗެކް ރިޕަބްލިކާއި އޮސްޓްރިޔާއެވެ. އުތުރުގައި އޮތީ ޕޮލޭންޑެވެ. އިރުމަތީގައި އޮތީ ޔުކްރެއިނެވެ. ދެކުނުގައި އޮތީ ހަންގޭރީއެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ އާސާރުތަކަށް ބަލާއިރުގައި އެ ޤައުމުގައި އިންސާނުންގެ އާބާދީއެއް މީގެ އެތައް އަހަރެއް ކުރީން ވެސް ދިރިއުޅެފައިވާކަން ސާބިތުވެއެވެ. އާކިއޮލޮޖިސްޓުން ވަނީ ޤަދީމީ ޒަމާނުގެ އިންސާނުންގެ ކަށިތައް ވެސް މި ޤައުމުން ހޯދާފައެވެ. ޢީސާއީ މީލާދުގެ 500 އަހަރު ކުރީން މި ސަރަޙައްދުގައި ދިރިއުޅެފައިވަނީ ސެލްތުންނެވެ. މިހާރުގެ ސްލޮވާކިޔާ ސަރަޙައްދުގައި ސްލެވިކް ޤަބީލާތަކުގެ މީހުން ވަޒަންވެރި ވެފައިވަނީ މީލާދީން ފަސްވަނަ ޤަރުނު ހާ ތާނގައެވެ. މީލާދީން 7 ވަނަ ޤަރުނުގެ ސާމޯ އެމްޕަޔަރގެ މައި މަރުކަޒެއް ކަމުގައި އޮތީ މިހާރުގެ ސްލޮވާކިޔާގެ ހުޅަނގު ބިތެވެ. ސްލެވިކް ދައުލަތެއްގެ ގޮތުގައި ޕްރިންސިޕަލިޓީ އޮފް ނި^ްރާ 8 ވަނަ ޤަރުނުގައި ޤާއިމުވިއެވެ. އަދި މި ދައުލަތުގެ ވެރިޔާ ކަމުގައިވާ ޕްރިބީނާގެ ނަޞާރާ ފައްޅިއަކީ އެންމެ ފުރަތަމަ ސްލޮވާކިޔާ ސަރަޙައްދުގައި ތާރީޚުން އެނގެން ހުރި ފުރަތަމަ ފައްޅިއެވެ. މީލާދީން 830 ވަނަ އަހަރުން ފެށިގެން 896 ވަނަ އަހަރާ ހަމަޔަށް ފެނިގެން ދިޔައީ ގްރޭޓް މޮރާވިޔާގެ ދުވަސްވަރެވެ. ޗެކްސްލޮވާކިޔާގައި އޮތް ކޮމިއުނިސްޓް ވެރިކަން 1989 ވަނަ އަހަރު ނިމުމަކަށް އައުމަށް ފަހުގައި ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ އޮތީ ފެޑެރޭޝަނެއްގެ ގޮތުގައެވެ. މި ގޮތުން ހިނގަމުން އައި ވެރިކަން ނިމުމަކަށް އައީ “ވެލްވެޓްގެ ވަރިވުމުން”ނެވެ. ސްލޮވާކިޔާއަށް ހަންގޭރީ-އޮސްޓްރިޔާގެ ކިބައިން މިނިވަންކަން ލިބުނީ އޮކްޓޯބަރު 28، 1918 ގައެވެ. ޗެކްސްލޮވާކިޔާއިން ވަކިވެ އެ ޤައުމުގެ ދާއިރާ ހަނިވެގެން ދިޔައީ 1 ޖަނަވަރީ 1993 ގައެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމުގެ ސަބަބުން ބޮޑު މިނިވަންކަމެއް ލިބިގެން ދިޔައީ 1 މެއި 2004 ގައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ އާބާދީގެ 85.8% މީހުންނަކީ ސްލޮވެކް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ ހަންގޭރީ ދަރިކޮޅުގެ މީހުންނެވެ. 1.9% މީހުންނަކީ ރޯމާ ނުވަތަ ޖިޕްސީންނެވެ. 2.8% މީހުންނަކީ އެހެނިހެން މައިނޯރިޓީ ގުރޫޕްތަކެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާއަކީ ފަންނުވެރިންގެ ގައުމެކެވެ. މެދު ޒަމާނުގައި ސްލޮވާކިޔާގެ ފަންނުވެރިކަން ވަރަށް ބޮޑަށް ކުރި އަރައިގެން ދިޔައެވެ. މީލާދީން 18 ވަނަ ޤަރުނާއި 19 ވަނަ ޤަރުނު ވެގެން ދިޔައީ ސްލޮވެކް ބަހަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ ދުވަސްވަރަކަށެވެ. އެހެން ގޮތް ގޮތުން ބަލާއިރުގައި ސްލޮވާކިޔާގެ ސަގާފަތާއި އަވަށްޓެރި ޤައުމުތަކުގެ ސަގާފަތާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ސްލޮވާކިޔާގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ އިޤްތިޞާދެއް ކަމަށް ބެލެވިފައިވެއެވެ. ކުރީގައި ސްލޮވާކިޔާގެ އިޤްތިޞާދަކީ މަރުކަޒީ ގޮތުން ކޮންޓްރޯލް ކުރެވިފައި އޮތް އިޤްތިޞާދެއް ކަމުގައި ވިޔަސް މިހާރު އެއީ ބާޒާރުގެ ޙާލަތަށް ބިނާވެފައި އޮތް އިޤްތިޞާދެކެވެ. ޕްރައިވެޓައިޒް ކުރުމުގެ ގޮތުން ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ވަނީ މުޅީންހެން ނިމިފައެވެ. ބޭންކުތައް މުޅީން ވެސް ހުރީ ޕްރައިވެޓައިޒްވެފައެވެ. ފޮރިން އިންވެސްޓްމަންޓްތަކަށް ޤައުމުވަނީ ހުޅުވާލެވިފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 22096 ޑޮލަރެވެ.

  1. 1.0 1.1 1.2 1.3 "Slovakia". International Monetary Fund. Retrieved 2009-10-01.