ސިޔާމު
| Kingdom of Thailand
ราชอาณาจักรไทย
Ratcha Anachak Thai |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Phleng Chat Thai Royal anthem: Phleng Sansoen Phra Barami |
||||||
| Capital (and largest city) |
Bangkok1 13°45′N 100°29′E / 13.75°N 100.483°E |
|||||
| Official languages | Thai[1] | |||||
| Demonym | Thai | |||||
| Government | Parliamentary democracy and Constitutional monarchy | |||||
| - | King | Bhumibol Adulyadej | ||||
| - | Prime Minister | Yingluck Shinawatra | ||||
| Formation | ||||||
| - | Sukhothai Kingdom | 1238 - 1448 | ||||
| - | Ayutthaya Kingdom | 1351 - 1767 | ||||
| - | Thonburi Kingdom | 1768 - 1782 | ||||
| - | Rattanakosin Kingdom | 6 April, 1782 | ||||
| - | Constitutional Monarchy | 24 June, 1932 | ||||
| - | Later Constitution | 24 August, 2007 | ||||
| Area | ||||||
| - | Total | 513,115 km2 (50th) 198,115 sq mi |
||||
| - | Water (%) | 0.4 (2,230 km2) | ||||
| Population | ||||||
| - | 2009 estimate | 63,389,730 (21st) | ||||
| - | 2000 census | 60,606,947[2] | ||||
| - | Density | 132.1/km2 (85th) 342/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $547.060 billion[3] | ||||
| - | Per capita | $8,239[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $273.313 billion[3] | ||||
| - | Per capita | $4,116[3] | ||||
| Gini (2002) | 42 | |||||
| HDI (2007) | ||||||
| Currency | Baht (฿) (THB) |
|||||
| Time zone | (UTC+7) | |||||
| Drives on the | left | |||||
| Internet TLD | .th | |||||
| Calling code | 66 | |||||
| 1 | ^ Thai name: Krung Thep Maha Nakhon or Krung Thep. The full name is Krung Thep Mahanakhon Amon Rattanakosin Mahinthara Yuthaya Mahadilok Phop Noppharat Ratchathani Burirom Udomratchaniwet Mahasathan Amon Phiman Awatan Sathit Sakkathattiya Witsanukam Prasit. | |||||
| 2 | ^ According to the Department of Provincial Administration's official register, not taking into account unregistered citizens and immigrants. | |||||
ކިންގްޑަމް އޮފް ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިޔާގެ މެދުތެރޭގައި އޮތް ޤައުމެކެވެ. ޤައުމުގެ އަކަމިނަށް ބަލާއިރު ދުނިޔޭގައި 50 ވަނައަށް އޮތް އެންމެ ބޮޑު ޤައުމެވެ. ޔަމަނަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަ އަދި ސްޕޭޭނަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑު ޤައުމެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ތައިލެންޑުގެ ރަސްމީ ބަހަކީ ތައި ބަހެވެ. އެންމެ ބޮޑު ޝަހަރަކީ ބެންކޮކެވެ. ވެރިކަން ކުރަނީ ވެސް ބެންކޮކުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ކޮންސްޓިޓިއުޝަނަލް މޮނާކީއެކެވެ. ނުވަތަ ދުސްތޫރީ ރަސްކަމެކެވެ. އާބާދީއަކީ 63 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ th. އެވެ. ކޯލިން ކޯޑަކީ +66 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ތައި ބާތެވެ.
[އުނިއިތުރު ގެންނަވާ] ނަން
1939 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާ ނިޔަލަށް ތައިލެންޑުގެ ރަސްމީ ނަމަކީ “ސިޔާމް” އެވެ. މި ދުވަހު އެ ޤައުމުގެ ނަން “ތައިލޭންޑް” މި ނަމަށް ބަދަލު ކުރެވުނެވެ. ދެން 1945 ވަނަ އަހަރުން ފެށިގެން 11 މެއި 1949 އަކާ ހަމަޔަށް އެ ޤައުމުގެ ނަމަކީ “ސިޔާމް” ކަމުގައި ހަމަޖެހިފައި އޮތެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ތައިލެންޑުގެ އުތުރުގައި އޮތީ ލާއޯސް އާއި ބަރުމާއެވެ. އިރުމަތީގައި އޮތީ ލާއޯސް އާއި ކެންބޯޑިޔާއެވެ. ދެކުނުގައި އޮތީ ގަލްފު އޮފް ތައިލެންޑާއި މެލޭޝިޔާއެވެ. ހުޅަނގުގައި އޮތީ އަންޒަމާން ކަނޑާއި ބަރުުމާއެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
މިއަދު ތައިލޭންޑުގެ ގޮތުގައި އޮތް ސަރަޙައްދަކީ މީގެ 10000 ވަރަކަށް އަހަރުއްސުރެ އިންސާނުން އާބާދުވެފައިވާ ޤައުމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ޔޫރަޕުގެ ވިޔަފާރިވެރިން ތައިލޭންޑާ ހަމަޔަށް އައިސްފައިވަނީ 16 ވަނަ ޤަރުނުގެ ތެރޭގައެވެ. އެންމެ ފުރަތަމައަށް މި ގޮތުން އައިސްފައިވަނީ ޕޯޗުގީޒުންނެވެ. ދެން ފަރަންސޭސީންނެވެ. ދެން ލަންދޭސީން (ޑަޗުން) ނާއި އިނގިރޭސީންނެވެ. ޔޫރަޕުގެ ޤައުމުތަކުގެ ފިއްތުމާއިި ނުފޫޒު ކިތަންމެ ވަރަކަށް ފޯރާފައި އޮތަކަސް ތައިލޭންޑު ޔޫރަޕުގެ އެއްވެސް ޤައުމެއްގެ އިސްތިޢުމާރުގެ ދަށަކަށް ނުދެއެވެ. މި ގޮތުން ބަލާއިރު ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕުގެ އިސްތިޢުމާރުން ސަލާމަތްވި ހަމައެކަނި ޤައުމަކީ ވެސް ތައިލޭންޑެވެ. ތައިލެންޑުގައި ރަސްމީކޮށް ބޭނުންކުރާ ކަލަންޑަރަކީ އިރުމަތީގެ ބުދު ކަލަންޑަރެވެ. މިއީ ޢާއްމުކޮށް މުޅި ދުނިޔޭގައި ވެސް ބޭނުންކުރަމުންދާ ޢީސާއީ މީލާދި ކަލަންޑަރަށް ވުރެ 543 އަހަރު ދޮށި ކަލަންޑަރެކެވެ. އެހެންކަމުން މީލާދީން 2009 ވަނަ އަހަރަކީ ބުދު ކަލަންޑަރުގެ 2552 ވަނަ އަހަރެވެ. ތައިލޭންޑުގެ މިހާރުގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖް އަކީ ޗަކްރީ ދަރިކޮޅުގެ ނުވަވަނަ ރަސްގެފާނެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އާބާދީގައި 63 މިލިޔަން މީހުން ތިބި ތައިލޭންޑަކީ އާބާދީގެ ގޮތުން ދުނިޔޭގެ 21 ވަނަ ޤައުމެވެ. ތައިލެންޑުގެ އާބާދީގެ 75% މީހުންނަކީ ތައި ނަސްލުގެ މީހުންނެވެ. 14% މީހުންނަކީ ޗައިނާ ނަސްލުގެ މީހުންނެވެ. 3% އަކީ މެލޭ ނަސްލުގެ މީހުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ތައިލޭންޑުގެ ސަގާފަތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ތައިލެންޑުގެ ގިނަ މީހުން އެދީނެއްގެ މަތީގައި ތިބި ބުދު ދީނެވެ. މުޅި ދުނިޔޭގައި ވެސް ބުދު ދީނަށް އެންމެ ބޮޑަށް ތަބާވާ އެއް ޤައުމަކީ ތައިލެންޑެވެ. ތައިލެންޑުގެ ޤައުމީ ދީނަކީ ތޭރަވާދާ ބުދިޒަމްއެވެ. ތައިލެންޑުގެ އާބާދީގެ 94.7% މީހުންގެ ދީނަކީ މިއީއެވެ. މުސްލިމުންނަކީ ތައިލެންޑުގެ އާބާދީގެ 4.6% އެވެ. ތައިލޭންޑުގެ ސަގާފަތަށް ބަލާއިރު އިންޑިޔާ އާއި ބަރުމާ އާއި ލާއޯސް އާއި ކެންބޯޑިޔާގެ ނުފޫޒުތައް ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. ތައިލެންޑުގެ ކާނާއަށް ބަލާއިރު، ތައި ފުޑް ބިނާވެގެންވަނީ މައިގަނޑު ހަތަރު ރަހައެއްގެ މައްޗަށެވެ. އެއީ ފޮނި ރަހަ އާއި ކުޅި ރަހަ އާއި ހުތް ރަހަ އާއި ލޮނު ރަހައެވެ. ފޮނި ރަހައަށް ބަލާއިރު ފޮނި ރަހަ ނެރުމުގައި ބޭނުންކޮށްއުޅެނީ ހަކުރާއި، މޭވާއާއި، ފޮނި ޕެޕަރއެވެ. ކުޅި ރަހަ ނެރެނީ މިރުހުންނެވެ. ހުތް ރަހަ ނެރެނީ ރާހުތާއި، ލުނބޮޔާއި، ހެލަނބެލިންނެވެ. ލޮނު ރަހަ ނެރެނީ ސޯޔާ ސޯހާއި މަހުގެ ސޯހުންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ތައިލެންޑަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެއް އޮތް ޤައުމެކެވެ. 1985 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އައި އިޤްތިޞާދަކީ ތައިލެންޑުގެ އިޤްތިޞާދެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ޤައުމުކަމުގައިވާ ތައިލެންޑުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8239 ޑޮލަރެވެ.
[އުނިއިތުރު ގެންނަވާ] ރެފަރެންސް
- ↑ CIA - The World Factbook -- Thailand. 2009-10-03. https://www.cia.gov/library/publications/the-world-factbook/geos/th.html
- ↑ Population and Housing Census 2000, National Statistical Office
- ↑ 3.0 3.1 3.2 3.3 Thailand. International Monetary Fund. Retrieved on 2009-10-01.
- ↑ Human Development Report 2009. Human development index trends: Table G. The United Nations. Retrieved on 2009-10-05.