ސިންގަޕޫރު
ސިންގަޕޫރަކީ މެލޭ ޕެނިންސޫލާގެ ދެކުނުގައި އޮންނަ ޖަޒީރާ ޝަހަރީ ދައުލަތެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ސިންގަޕޫރުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ޤައުމީ ބަހަކީ މެލޭ ބަހެވެ. މީގެ އިތުރުން ތަމަޅަ ބަހާއި މެންޑަރިން ޗައިނީޒް ބަސް ރަސްމީ ބަސްބަހުގެ ގޮތުގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސިންގަޕޫރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސިންގަޕޫރު ސިޓީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ވެރިކަން ކުރާ ސަރަޙައްދަކީ ޑައުންޓައުން ކޯރ، ސެންޓްރަލްއެވެ. މި ޤައުމަކީ ޝަހަރީ ދައުލަތެއްކަން ފާހަގަކޮށްލެވެއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 115 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 710.2 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sg. އެވެ. ކޯލިން ކޯޑަކީ +65 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސިންގަޕޫރު ޑޮލަރެވެ.
[އުނިއިތުރު ގެންނަވާ] ނަން
އިނގިރޭސި ބަހުން މި ޤައުމުގެ ނަމަކަށް ކިޔާ “ސިންގަޕޫރު” މި ނަން ނެގިފައިވަނީ މެލޭ ބަހުގެ “ސިންގާޕޫރާ” އިންނެވެ. މީގެ މާނައަކީ “ސިންގާ ޝަހަރު” އެވެ. އެހެން ނަމަވެސް އެއްވެސް ޒަމާނެއްގައި ސިންގަޕޫރުގައި ސިންގާ އުޅެފައިވާ ކަމަކަށް ނުފެނެއެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ ޤަދީމީ ޒަމާނުގެ ވާހަކައެއް ކަމުގައިވާ މަހާބާހރަތާގައި ބަޔާންކޮށްފައިވާ “ސިންހާޕޫރާ” އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމަކަށް މިނަން ވެފައިވާ ކަމަށެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ސިންގަޕޫރު އޮންނަނީ މެލޭޝިޔާގެ ޖޮހޮރު ސްޓޭޓުގެ ދެކުނުގައެވެ. އިންޑޮނޭޝިޔާގެ ރިޔާއު ޖަޒީރާގެ އުތުރުގައެވެ. ސިންގަޕޫރަކީ ކުޑަ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އެންމެ ކުޑަ ޤައުމަކީ ވެސް ސިންގަޕޫރެވެ. މުސްތަޤިއްލު ޝަހަރީ ދައުލަތްތަކުގެ ތެރޭގައި މިއަދު ހިމެނޭ މޮނާކޯ އާއި ވެޓިކަން ސިޓީއަށް ވުރެ ސިންގަޕޫރު ބޮޑެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ސިންގަޕޫރުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް ރިކޯޑުތަކުން ދައްކަނީ މީލާދީން 2 ވަނަ ޤަރުނުގައެވެ. ކުރީން ސިންގަޕޫރަށް ކިޔާ އެއް ނަމަކީ ތެމަސެކް އެވެ. މިއީ ޖާވާނީ ބަހުން ކިޔާފައިވާ ނަމެކެވެ. މި ނަމުގެ މާނައަކީ “ކަނޑުގެ ޓައުން” އެވެ. މީލާދީން 16 ވަނަ ޤަރުނާއި 19 ވަނަ ޤަރުނާ ދެމެދު ސިންގަޕޫރު އޮތީ ސުލްޠަނަތު ޖޮހޮރުގެ ދަށުގައިވާ ރަށެއްގެ ގޮތުގައެވެ. މީލާދީން 1613 ވަނަ އަހަރުގައި ހިނގި މެލޭ-ޕޯޗުގީޒު ހަނގުރާމައިގައި ޕޯޗުގީޒުން ވަނީ ސިންގަޕޫރުގެ އާބާދީ ދިރިއުޅޭ އަވަށުގައި އަލިފާން ޖަހާފައެވެ. މީލާދީން 17 ވަނަ ޤަރުނުގައި ސިންގަޕޫރުގެ ކޮންޓްރޯލް އޮތީ ޕޯޗުގީޒުންގެ އަތްދަށުގައެވެ. 18 ވަނަ ޤަރުނުގައި ސިންގަޕޫރުގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޑަޗުންނެވެ. މި ދުވަސްވަރު އެ ރަށުގެ އާބާދީގެ ގިނަ މީހުން ހިމެނުނީ މަސްވެރިންކަމުގައެވެ. 29 ޖަނަވަރީ 1819 ގައި ސަރ ތޯމަސް ސްޓެމްފޯރޑް ރަފްލްސް ސިންގަޕޫރަށް ވަޑައިގަތެވެ. މި ތަނަކީ ރަނގަޅު ވިޔަފާރީގެ ބަނދަރަކަށް ވެދާނެކަމަށް ޤަބޫލުކުރައްވައިގެން ބްރިޓިޝް އީސްޓް އިންޑިޔާ ކުންފުނީގެ ފަރާތުން ރަފްލްސް، ސުލްޠާން ޙުސައިން ޝާހްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން ސިންގަޕޫރުގެ ދެކުނުގައި އިނގިރޭސީންގެ ވިޔަފާރީގެ މަރުކަޒެއް ހެދުމުގެ ހުއްދަ ލިބިގެން ދިޔައެވެ. 1824 ވަނަ އަހަރާ ހަމަޔަށް އެތަން އޮތީ މެލޭ ރަސްރަސްކަލުންގެ ބާރު ހިނގާ ތަނެއްގެ ގޮތުގައެވެ. 2 އޯގަސްޓް 1824 ގައި ޖޯން ކްރޯފަރޑް، ސުލްޠާން ޙުސައިން ޝާހްއާ އެކު ސޮއިކުރެއްވި އެއްބަސްވުމަކާއެކު މުޅި ސިންގަޕޫރަކީ އިނގިރޭސީންގެ ޙުކުމުގެ ދަށުގައި އޮތް ތަނަކަށް ވެގެން ދިޔައެވެ. މިއީ މިހާރުގެ ސިންގަޕޫރުގެ ތާރީޚުގެ ފެށުންކަމުގައި ޤަބޫލުކުރެވިފައިވެއެވެ. ސިންގަޕޫރަށް އަމިއްލަ ވެރިކަމެއް ހިންގުމުގެ ފުރުޞަތު ލިބިގެން ދިޔައީ 3 ޖޫން 1959 ގައެވެ. އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 31 އޯގަސްޓް 1963 ގައެވެ. މެލޭޝިޔާގެ ބައެއްގެ ގޮތުގައި އެ ޤައުމާ ގުޅުނީ 16 ސެޕްޓެންބަރު 1963 ގައެވެ. މެލޭޝިޔާއާ ވަކިވެ ޤައުމުގެ ސަރަޙައްދުގެ ދާއިރާ ހަނިވެގެން ދިޔައީ 9 އޯގަސްޓް 1965 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ސިންގަޕޫރުގެ އާބާދީގެ 74.2% އަކީ ޗައިނާ ނަސްލުގެ މީހުންނެވެ. މެލޭ ނަސްލުގެ މީހުންގެ އާބާދީއަކީ 13.4% އެވެ. އިންޑިޔާ ދަރިކޮޅުގެ މީހުންގެ އާބާދީއަކީ 9.2% އެވެ. ޔޫރޭޝިޔަނުންނާއި އަރަބީންގެ ނިސްބަތަކީ 3.2% އެވެ. ސިންގަޕޫރުގެ އާބާދީގެ 42.5% މީހުންގެ ދީނަކީ ބުދުދީނެވެ. އިސްލާމްދީނަށް ތަބާވަނީ 14.9% މީހުންނެވެ. އެއްވެސް ދީނަކަށް ތަބާ ނުވާ 14.8% މީހުން ތިބި އިރުގައި ކްރިސްޓިޔަން ދީނަށް ތަބާވާ 14.6% މީހުން އެބަތިއްބެވެ. ޓާއޮއިޒަމްއަށް ތަބާވާ 8.5% މީހުން ތިބި އިރު ހިންދޫ ދީނަށް ތަބާވާ 4% މީހުންނާއި އެހެން ދީންތަކަށް ތަބާވާ 0.6% މީހުން އެބަތިއްބެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ސިންގަޕޫރުގައި އޮންނަނީ މަސްހުނި ސަގާފަތެކެވެ. މެލޭ ދަރިކޮޅުގެ މީހުންނާއި ޗައިނާ ދަރިކޮޅުގެ މީހުން އަދި އިންޑިޔާ ދަރިކޮޅާއި އަރަބި ދަރިކޮޅުގެ މީހުންގެ މައްޗަށް ބިނާވެފައިވާ ސަގާފަތެކެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ސިންގަޕޫރަކީ މުއްސަނދި ޤައުމެކެވެ. ސިންގަޕޫރުގެ އިޤްތިޞާދަކީ ބާޒާރަށް ބިނާކޮށްގެން ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައިވާ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 51226 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found
