ސަނާ މުގު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ސަނާ މުގު

ސަނާ މުގު(ސައިންޓިފިކް ނަން: Cicer arietinum)ނުވަތަ (އިނގިރޭސި ބަހުން: chick pea)އަކީ ވެސް މުގުގެ ވައްތަރެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. މިއީމުގުގެ ބާވަތްތަކުގެ ތެރެއިން އެންމެ ޕްރޮޓީން ގިނަ ވައްތަރު އެވެ. މިބާވަތުގެ މުގުގެ ފުއް ބޮޑެތިވާނެއެވެ. އެއްކޮޅަށް ކުޑަކޮށް ހިމަވާނެއެވެ.ފާހަގަ ކުރެވިފައިވާ ގޮތުގައި ގަސްގަހާ ގެހީގެ ބާވަތްތަކުގެ ތެރެއިން އިންސާނުން ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ ޕްރޮޓީން ގިނަ ބާވަތަކީ ސަނާ މުގު އެވެ. ރާއްޖޭގައި ސަނާމުގު ބޭނުންކުރަނީ ގިނައިން ތަވާ މަތީގައި މާޖައްސައިގެންނެވެ. ނުވަތަ ފިހެގެންނެވެ. މީގެ އިތުރުން ބައެއް ހިސާބު ތަކުގައި ތަފާތު ވައްތަރުގެ ސަލަޑް ތަކުގައި، އަދި ރިހަކެއްކުމަށް ވެސް ސަނާ މުގު ބޭނުންކޮށްފައި ހުރެއެވެ.

ސަނާމުގު މިބަސް ދިވެހި ބަހަށް ނެގިފައިވަނީ އިންޑިޔާގެ ތަފާތު ބަސްތަކުގެ ތެރެއިން ބަހަކުން ކަމަށް ލަފާކުރެވެއެވެ.