ގްރެހަމް ބެލް

ވިކިޕީޑިއާ އިން
އެލެގްޒެންޑަރ ގްރަހަމްބެލް
Alexander Graham Bell.jpg
Portrait of Alexander Graham Bell c. 1910
އުފަން ތާރީޚް 3 މާރޗް 1847
އެޑިންބަރގް, ސްކޮޓްލޭންޑް.
އަވހާރަވީ އޯގަސްޓް 2 1922 (75 އަހަރުގައި)
ބިއިން ބްރެޤް, ނޯވާ ސްކޯޓިއާ, ކެނެޑާ.
Cause of death ޕަރނިޝިއަސް އެނީމިއާ
Education ޔުނިވަރަސިޓީ އޮފް އެޑިންބަރގް
ޔުނިވަރސިޓީ ކޮލެޖް ލަންޑަން
ވަޒީފާ އުފެއްދުންތެރިއެއް، ސައިންޓިސްޓެއް، ޕްރޮފެސަރ އެއް (ބޮސްޓަން ޔުނވަރސިޓީ)
Known for ޓެލެފޯން އުފެއްދިކަމަށް
Spouse(s) މެބެލް ހަބަރޑް
(married 1877–1922)
Children (4) Two sons who died in infancy and two daughters
Parents އެލެގްޒެންޑަރ މެލްވިލް ބެލް
އެލީޒާ ގްރޭސް ސައިމަންޑް ބެލްސް
Relatives ގަރޑިނަރ ގްރީން ހަބަރޑް (father-in-law)
ގިލްބަރޓް ހޯވީ (son-in-law)
މެލްވިލް ބެލް ގްރޮސްވެނަރ (grandson)

ގްރެހަމް ބެލް އުފަންވީ މީލާދީން 1847 ވަނަ އަހަރު އެވެ. އުފަން ތަނަކީ ސްކޮޓްލޭންޑް ގެ އެޑިންބަރަރ އެވެ. ފުރިހަމަ ނަމަކީ އެލެގްޒެންޑަރ ގްރެހަމް ބެލް އެވެ. ގްރެހަމް ބެލް އެންމެ ބޮޑު އިސްކަމެއްދިނީ އަމިއްލަ މަސައްކަތުން ތަފާތު ކަންކަމާއި ބެހޭ މައުލޫމާތު ދިރާސާ ކުރުމަށެވެ. ތަޢުލީމް ޙާޞިލްކުރީ ވެސް އަމިއްލަ މަސައްކަތުންނެވެ. ގްރެހަމް ބެލްގެ ބައްޕައަކީ އަޑު ދަތުރުކުރާގޮތާ ބެހޭގޮތުން ދިރާސާތަކެއް ކުރި ޢިލްމުވެރިއެކެވެ. އެހެންކަމުން ގްރެހަމް ބެލް ވެސް ދިރިއުޅުމުގެ މައިދާނަށް ނިކުމެ ބައްޕަގެ މަސައްކަތުގައި ކުރިޔަށް ދިޔައެވެ.

1871 ވަނަ އަހަރު ގްރެހަމް ބެލް އެމެރިކާއަށް ޒިޔާރަތްކުރި އެވެ. އަދި އެތާގައި ކުރި ދިރާސާތަކެއްގައި ޓެލެފޯން ހެދުމުގެ މަސައްކަތް ކާމިޔާބު ކުރިއެވެ. ޓެލެފޯންގެ އީޖާދު ބޭނުންތެރި ކާމިޔާބު އީޖާދަކަށްވުމުގެ ސަބަބުން ގްރެހަމް ބެލް ވަރަށް ބޮޑު މުއްސައްޖަކަށްވިއެވެ. އެހެން ނަމަވެސް ގްރެހަމް ބެލް އޭނާގެ ދިރާސާތައް ކުރުމުގައި ދުވަސްތައް ހޭދަ ކުރަމުން ދިޔައެވެ. މިގޮތުން ބީރު މީހުންނަށް އަޑުއިވިދާނެ ގޮތެއް ހެދިދާނެތޯއާއި، އެފަދަ މީހުންނަށް އެއްޗެހި އަންގައިދެވޭނީ ކިހިނެއްތޯ ގްރެހަމް ބެލް ދިރާސާ ކުރިއެވެ.

ގްރެހަމް ބެލް އަށް ދެ ފިރިހެންކުދިން ލިބިފައިވެއެވެ. 1882 ގައި ގްރެހަމް ބެލް އެމެރިކާގެ ރައްވެއްސަކަށް ވިއެވެ. އޭނާ މިދުނިޔެ ދޫކުރީ 1922 ގައެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި