ގޮހޮރުގެ ކެންސަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ގޮހޮރު އަކީ ހަޖަމުކުރާ ނިޒާމްގައި މުހިއްމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. މިގޮތުން ބަލާއިރު ކާނާ ހަޖަމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ހިނގަނީ ކުޑަ ގޮހޮރު ގައެވެ. އޭގެ ފަހުން ކާތަކެތި ދަތުރުކުރަނީ ބޮޑު ގޮހޮރުގައެވެ. މިއީ ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނަ ގުނަވަނެކެވެ. ބޮޑުގޮހޮރުގެ މައިގަނޑު މަސައްކަތަކީ ފެނާއި ކާނާ ހަޖަމުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ނިންމާލުމާއި، ކާނާ ހަޖަމުކުރުމަށްފަހު ބާކީ ހުންނަ ބޭނުމެއްނެތް ބައި ބޭރުކޮށް ދިނުމެވެ. ގޮހޮރުގައި އުފެދޭ ކެންސަރު (އިނގިރޭސި ބަހުން: Colon cancer)ތަކުގެ ތެރެއިން %95 އަކީ ގޮހޮރުގެ އެތެރޭ ދުލިފަށުގައި އުފެދޭ ކެންސަރު އެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

  • ވަކި ޚާއްޞަ ސަބަބެއް ހޯދިފައެއް ނެތެވެ.
  • ގޮހޮރުގެ ކެންސަރު ޖެހިފައިވާ އާއިލާތަކުގެ މީހުންނަށާއި، ބައެއް ނަސްލުގެ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.

އަލާމާތްތައް

  • ވަކި ސަބަބެއް ނޭގި ބޭރަށްހިނގުމާއި ބަނޑުހިކުން
  • ދަށްބަނޑުގައި ރިހުން
  • ބޮޑުކަމުދާ ނަޖިހުގައި ލޭހުރުން
  • ވަރުބަލިވުން އަވަސްވުން
  • ބަރުދަން ލުއިވުން

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005