ލޭލާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
"Layla"
No cover available
Single by Derek and the Dominos
އަލްބަމް Layla and Other Assorted Love Songs
ރިލީޒް ކުރެވުނީ Originally 1970, as a single 1972
ފޯރމެޓް Vinyl album
ރެކޯރޑް ކުރެވުނީ Criteria Studios, Miami, August–September 1970
ބާވަތް Rock
ދިގުމިން 7:02 – 7:11[1]
ލޭބެލް Atco Records
ޕްރޮޑިޔުސް ކުރީ Tom Dowd
ޗާރޓުތަކުގެ ވަނަތައް
  • #10 (US)

ލޭލާ އަކީ ޑެރެކް އެންޑް ދަ ޑޮމިނޯސް ގެ އަލްބަމެއްކަމުގައިވާ ލޭލާ އަދި އަދާރ އެސޯރޓެޑް ލަވް ސޯންގސް ގައިވާ ލަވައަކަށް ކިޔާ ނަމެކެވެ. މި އަލްބަމް ރިލީޒް ކުރެވިފައިވަނީ 1970ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ލޭލާ ފާހަނަގަ ކުރެވިފައިވަނީ ރޮކް ލަވަ ތަކުގެ ތެރެއިން ފުން މާނަ އެއް އެކުލެވިގެންވާ ލޯބީގެ ލަވައެއްގެ ގޮތުގައެވެ. މިލަވަ ހަދާފައިވަނީ އެފަދަ ދެވަނައެއްނުވާ މޮޅު ގިޓާރ ކުޅުންތެރިޔާ އެރިކް ކްލެޕްޓަން އެވެ. އަދި ލަވަ ހެދުމުގައި ޖިމް ގޯރޑަން އެދެވޭ އެހީއެއް ވެފައިވެއެވެ. މިލަވަ ހަދާފައިވަނީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާ ކޮށެވެ. އެރިކް ގެ ގާތް ރަހްމަތްތެރި އެއް ކަމަށްވާ ހެރިސަންގެ އަންހެނުން ޕެޓީ ބޯއިޑްގެ މައްޗަށް މީނާ ވީ ލޯތްބަށް ބިނާ ކޮށްފައެވެ. ލޭލާ އެންމެ ފުރަތަމަ އާއްމުންގެ ތެރެއަށް ނިކުތުމުން މިލަވައަށް އެދެވޭ ތާއިދެއް ނުލިބުނެވެ. ނަމަވެސް ފަހުން މިލަވަ ވަނީ ދެގޮތަކަށް ރިލީޒް ކޮށްފައެވެ. މިދެލަވަ ވެސް ވެގެން ދިޔައީ ދުނިޔޭގެ ޗާތޓުތަކު މަތީ އުޑު ތަކުގައި ގަދަޔަށް ފިޔަ ޖަހާލި ތަރިތަކެއް ފަދައިންނެވެ. ޗާރޓުތަކުގައި ފުރަތަމަ މިލަވަ ހިމެނުނީ 1972 ގައެވެ. އެއަށްފަހު މިލަވަ ޗާރޓު ތަކުން ފެނިގެން ދިޔައީ އޭގެ 20 އަހަރު ފަހުންނެވެ.

ބެކްރައުންޑް[އުނިއިތުރު ގެންނަވާ]

1966 ގައި ހެރިސަން، ޕެޓީ ބޯއިޑް އާއި ކައިވެނި ކުރިއެވެ. ޖޯޖް ހެރިސަން އަކީ މަޝްހޫރު ބޭންޑެއްކަމުގައިވާ '''ދަ ބީޓްލްސް''' ގެ ގިޓަރ ކުޅުންތެރިޔާ އެވެ. ޕެޓީ ބޯއިޑް އަކީ ޖޯޖް؛ އަ ހާރޑް ޑޭއިޒް ނައިޓް ކިޔާ ފިލްމެއް ކުޅުނު އިރު ދިމާވި ސުޕަރ މޮޑެލް އެކެވެ. 1960 އަހަރުތަކުގައި އެރިކް ކްލެޕްޓަން އާއި ޖޯޖް ހެރިސަން ގިޓަރ ކުޅުން ތެރިންގެ ތެރެއިން އެންމެ މަތީ ހަރުފަތުގައި ގުނާލެވެއެވެ. އެހެންކަމުން މިދެމީހުން ވަރަށް ގާތް ދެ ރަހްމަތްތެރިންނަށް ވިއެވެ. ދަ ބީޓްލްސްގެ ވައިޓް އަލްބަމްގެ ލަވައެއްކަމުގައިވާ ވައިލް މައި ގިޓަރ ޖެންޓްލީ ވީޕްސް މި ލަވަ ރެކޯރޑް ކުރުމުގައި ޖޯޖް ވަނީ އެރިކް ކްލެޕްޓަން އަށް އެހީވެފައެވެ. އަދި ކްރީމްގެ ގުޑްބައި އަލްބަމް އަށް އެރިކް ހެދި ބެޖް ނަމަކަށް ކިޔާ ލަވައިގެ މަސައްކަތުގައިވެސް ޖޯޖް ވަނީ އެރިކް ކްލެޕްޓަން އަށް އެހީ ވެފައެވެ. އެހެންނަމަވެސް ކަންދިމާ ކުރިގޮތުން އެރިކް އާއި ޖޯޖް އެއްކޮށް އުޅުނު ކްރީމް ބޭންޑް އުވިގެން ދިޔައެވެ. އެއީ ހެރިސަން ޑްރަގް ބޭނުންކުރަން ފެށުމުންނެވެ. ހެރިސަންގެ އަންހެނުން އެދެމީހުންގެ ކައިވެނި ސަލާމަތް ކުރުމަށް ލަފާ ހޯދުމަށް ދިޔައީ އެރިކްގެ ގާތަށެވެ. އަދި ކަންދިމާވިގޮތުން އެރިކް ޕެޓީ ދެކެ ލޯބިވިއެވެ.

މިލަވައަށް ލޭލާ ކިޔުނީ މަޝްހޫރު ލޯބީގެ ވާހަކައެއްގެ މައްޗަށެވެ. ނެޒާމީ އޭ ކިޔުނު ޅެންވެރިއަކު ލިޔުއްވާފައިވާ ލައިލާ މަޖްނޫނު ގެ މައްޗަށެވެ. އެރިކް މިލަވަ ލިޔުމުގެ ދުވަސްކޮޅެއް އިއާން ޑެލެސް ނަމަކަށް ކިޔުނު އެރިކްގެ ރައްޓެއްސެއް އެރިކް އަށް މިވާހަކަ ދިންކަމުގައި ބުނެވެއެވެ. އަދި ބުނެވޭގޮތުގައި އިއާން ޑެލެސް ވަނީ އިސްލާމް ދީނަށް ވަނުމުގެ މަގުމަތީގައެވެ.؛ ޕެޓީ ހެރިސަން ގާތުން ވަރިވީ 1977 ވަނަ އަހަރުގައެވެ. އަދި އެރިކް އާއި ކައިވެނި ކުރީ 1979 ގައެވެ. ހެރިސަން ގެ ހިތުގައި މިކަމާ މެދު އެއްވެސް ހަސަދަ ވެރިކަމެއް ނުބާއްވައެވެ. އަދި އެކުގައި ދަ ބީޓްލްސް ގެ މެމްމެމްބަރުން ކަމުގައިވާ ރިންގޯ ސްޓަރ އާއި ޕައުލް މެކް ކާރޓްނީ އާއި އެކު ކުރީގެ އަނބި މީހާގެ ކައިވެނީގެ ހަފްލާ އަށްވެސް ދިޔައެވެ. ކައިވެނީގެ އަހަރުތަކުގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ވޮންޑަރފުލް ޓުނައިޓް މި ލަވަ އެރިކް ލިޔުނެވެ. ނަމަވެސް ކައިވެންޏަށް އަހަރުތަކެއް ވީ ފަހުން ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެންފެށިއެވެ. ސަބަބަކަށް ވީ އެރިކް ރަލާ ދިމާލަށް އެނބުރުމާއި އިވޯން ޚާން ކެލީ ނަމަކަށް ކިޔުނު އަންހެނަކާއި އެކު އެރިކް ހިންގަމުން ދިޔަ ސިއްރު ލޯބީގެ ގުޅުމެވެ. 1985ގައި އެރިކް ޕެޓީ ބޯއިޑް ދޫ ކޮށް އިޓަލީގެ ސުޕަރ މޮޑެލް އެއް ކަމުގައިވާ ލޯރީ ޑެލް ސެންޓޯ އާއި ގުޅުނެވެ. ފހުން މިދެމީހުންގެ ދަރިއެއްވެސް ހުރިއެވެ. އެރިކް އާއި ޕެޓީ ވަރިވީ އެތަކެއް ދުވަހު ދުރުގައި އުޅުމަށް ފަހު 1989 ގައެވެ.

  1. The exact time given varies depending on the source; All Music Guide and the CD give 7:02, whereas the vinyl album gives 7:10. This may be due to remastering.