ލޭމަދުވުން (ދަގަނޑު މަދުވުމުން)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދަގަނޑު މަދުވެގެން ލޭމަދުވުން(އިނގިރޭސި ބަހުން: Iron deficiency anemia) އަކީ ލޭމަދުވުން ކުރިމަތިވުމުގެ އެންމެ އާންމު ވައްތަރެވެ.

ދަގަނޑު ކެއުމުގައި ހިމެނޭލެން މަދުވުން[އުނިއިތުރު ގެންނަވާ]

ދަގަނޑު ކެއުމުގައި ހިމެނޭ މަދުވުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ދަގަނޑު ހަށިގަނޑަށް ނެގުން މަދުވުން[އުނިއިތުރު ގެންނަވާ]

ދަގަނޑު ހަށިގަނޑަށް ނެގުން މަދުވާ ސަބަބުތަކުގެ ތެރޭގައި ހައިޑްރޯކްލޮރިކް އެސިޑް ނުހުރުމުގެ ސަބަބުން ކުރިމަތިވާ އެޓްރޮފިކް ގެސްޓްރައިޓިސް، މައިދާގެ ކެންސަރު، އަދި މެލްއެބްސޮޕްސަން ސިންޑްރޯމް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ކެއުމަށް ބޭނުންކުރެވޭ ބާވަތްތަކުގައި އާދަޔާ ޚިލާފަށް ގިނައިން ފޮސްފޭޓް އަދި ފައިޓޭޓް، އަދި ޓެނޭޓް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދަގަނޑު ބޭނުންވާ މިންވަރު އިތުރުވުން[އުނިއިތުރު ގެންނަވާ]

މިސާލަކަށް މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނައިރު ހަށިގަނޑަށް ދަގަނޑު ބޭނުންވާ މިންވަރު އިތުރުވެއެވެ. އަދި ކުޑަކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ވެސް ދަގަނޑު ބޭނުންވާ މިންވަރު އިތުރުވެގެން ދެއެވެ.

ދަގަނޑު ބޭރުވާ މިންވަރު އިތުރުވުން[އުނިއިތުރު ގެންނަވާ]

ހަށިގަނޑުން ދަގަނޑު ބޭރުވާ މިންވަރު އިތުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވިކަންތައްތައް ހިމެނެއެވެ.

  • މައްސަރު ކަންތައް ޖެހުމުން މާގިނައިން ހަށިގަނޑުން ލޭބޭރުވުން
  • ކައިރިކައިރިން ތަކުރާރުކޮށް ވިހެއުން
  • ތަކުރާރުކޮށް ލޭހަދިޔާކުރުން
  • ނޭފަތުން ލޭއައުން، ކުޑަކަމުދާ ތަކެތީގައި ލޭހުރުން، އަދި ފާރުގަނޑުން ލޭއައުން
  • ލޭފާއްދާ ލޭގެ ބަލިތައް
  • ލޭގައި ހިމަގްލޯބިން ހުރުން
  • ބައެއް ކަހަލަ ޕަރަސައިޓްގެ ވަބާތައް

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ދަގަނޑު މަދުވެގެން ލޭމަދުވުން ކުރިމަތިވުމުން ފެނިދާނެ ޚާއްޞަ އަލާމާތްތަކުގެ ތެރޭގައި ނިޔަފަތިތައް ފަޅައިގެން ދިއުން، ނިޔަފަތި ފަތިވުން، އަދި އޭގެ އޮމާންކަން ގެއްލުން އަދި ބައެއް ފަހަރު ނިޔަފަތި ސަމުސާގެ ސިފަޔަށް ބަދަލުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަނގަޔާއި ދުލުގައި ފާރުހެދުން، ހުންކޮށި ބޮޑުވުން އަދި ތަފާތު އެއްޗެތި ކެއުމަށް ބޭނުންވުން ފަދަ ކަންކަމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމެކެވެ.