ތުރުކުމެނިސްތާން
| Republic of Turkmenistan
Türkmenistan Respublikasy
|
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Independent, Neutral, Turkmenistan State Anthem |
||||||
| Capital | Ashkhabad 37°58′N 58°20′E / 37.967°N 58.333°E |
|||||
| (and largest city) | Ashgabat | |||||
| Official languages | Turkmen | |||||
| Language for inter-ethnic communication |
Russian | |||||
| Demonym | Turkmen | |||||
| Government | Presidential republic Single-party state | |||||
| - | President | Gurbanguly Berdimuhamedow | ||||
| Independence | from the Soviet Union | |||||
| - | Declared | 27 October 1991 | ||||
| - | Recognized | 25 December 1991 | ||||
| Area | ||||||
| - | Total | 488,100 km2 [1](52nd) 188,456 sq mi |
||||
| - | Water (%) | 4.9 | ||||
| Population | ||||||
| - | 2009 estimate | 5,110,000[2] (112th) | ||||
| - | Density | 10.5/km2 (208th) 27.1/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $30.332 billion[3] | ||||
| - | Per capita | $5,756[3] | ||||
| HDI (2007) | 0.739[4] (medium) (109th) | |||||
| Currency | Turkmen new manat (TMT) |
|||||
| Time zone | TMT (UTC+5) | |||||
| - | Summer (DST) | not observed (UTC+5) | ||||
| Drives on the | right | |||||
| Internet TLD | .tm | |||||
| Calling code | 993 | |||||
ތުރުކުމެނިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ތުރުކުމެނިސްތާނުގެ ރަސްމީ ބަހަކީ ތުރުކުމަން ބަހެވެ. އެހެން ނަމަވެސް އާއްމު މުވާސަލާތުގައި ބޭނުންކުރަނީ ރަޝިޔާ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ތުރުކުމަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަޝްގަބަ^ްއެވެ. ނުވަތަ އަޝްކަބާދްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް އަޝްކަބާދްއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޖުމްހޫރިއްޔާއެކެވެ. މި ޤައުމުގައި ޙަރަކާތްތެރި ވަނީ އެންމެ ސިޔާސީ ޕާޓީއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 113 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 488100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tm. އެވެ. ކޯލިން ކޯޑަކީ +993 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަނާތެވެ.
[އުނިއިތުރު ގެންނަވާ] ނަން
ތުރުކުމެނިސްތާނުގެ މާނައަކީ ތުރުކުމަން ނަސްލުގެ މީހުންގެ ބިމެވެ. ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ތުރުކުމަނިސްތާނެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ތުރުކުމެނިސްތާނުގެ އިރުދެކުނުގައި އޮތީ އަފްޣާނިސްތާނެވެ. ދެކުނު އަދި ހުޅަނގު ދެކުނުގައި އޮތީ އީރާނެވެ. އިރުމަތީގައި އަދި އިރުއުތުރުގައި އޮތީ އުޒްބެކިސްތާނެވެ. އުތުރާއި ހުޅަނގު އުތުރުގައި އޮތީ ކަޒަކިސްތާނެވެ. ހުޅަނގުގައި އޮތީ ބަންދު ކަނޑެއް ކަމުގައިވާ ކަސްބީ ކަނޑެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ތުރުކުމެނިސްތާނަކީ ދިގު އަދި ޤަދީމީ ތާރީޚެއް އޮތް ޤައުމެކެވެ. ޤައުމުގެ ލިޔެވިފައިވާ ތާރީޚަށް ބަލާއިރުގައި އެެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފާރިސީންގެ ވެރިކަމުގައި އެ ސަރަޙައްދުގައި ހިނގާފައިވާ ހާދިސާތަކެވެ. އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި މެދުތެރޭ އޭޝިޔާގެ ޤައުމުތައް ފަތަޙަކުރެއްވި ހިނދު، ތުރުކުމެނިސްތާނުގެ ސަރަޙައްދު ވެސް ފަތަޙަކުރައްވާފައެވެ. މި ދުވަސްވަރަކީ ފަށުވި މަގު ތަޢާރަފްވި ދުވަސްވަރެވެ. މި މަގަކީ މެދުތެރޭ އޭޝިޔާ އަދި ޗައިނާ އާއި މެޑިޓެރޭނިޔަން ސަރަޙައްދު ގުޅުވައިދިން އެންމެ މުހިއްމު މަގެވެ. އެލެގްޒެންޑަރ ދަ ގްރޭޓްގެ ޒަމާނުގެ 150 އަހަރު ފަހުން އޮތް ފާރިސީ ވެރިކަމުގެ ވެރި ރަށެއްގެ ގޮތުގައި ހަމަޖެއްސި ނީސާއަކީ މިއަދު ތުރުކުމެނިސްތާނުގެ ވެރިރަށް އަޝްކަބާދްގެ ވަށައިގެންވާ ސަރަޙައްދުގެ ތެރޭގައި އޮތް ރަށެކެވެ. ސާސާނީންގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް މި ސަރަޙައްދު އޮތީ ފާރިސީންގެ ވެރިކަމުގެ ދަށުގައެވެ. މީލާދީން ހަތްވަނަ ޤަރުނުގައި ޢަރަބީން މި ސަރަޙައްދު ފަތަޙަކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތުރުކުމެނިސްތާނުގައި އިސްލާމްދީން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި ހަމަ އެހެންމެ މެދުއިރުމަތީގެ ސަގާފަތް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ތުރުކުމެނިސްތާނުގެ އާބާދީއަށް ބަލާއިރު ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައިވަނީ ތުރުކުމަން ނަސްލުގެ މީހުންނަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އުޒްބެކް ނަސްލުގެ މީހުންނާއި ރަޝިޔާ ނަސްލުގެ މީހުން ދިރިއުޅެމުން ގެންދެއެވެ. ދީނީ ގޮތުން ބަލާއިރުގައި ތުރުކުމެނިސްތާނުގައި އެންމެ ގިނައީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީއަކީ 89% އެވެ. 9% މީހުންނަކީ އީސްޓަން އޮތޮޑޮކްސް ޗަރޗަށް ތަބާވާ ރަޝިޔާ ނަސްލުގެ މީހުންނެވެ. އަނެއް 2% މީހުން ތަބާ ވަނީ ކޮން ދީނަކަށް ކަމެއް ފެކްޓް ޝީޓްތަކުގައި ހާމަކޮށްފައެއް ނުވެއެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި މި 2% މީހުންނަކީ އެއްވެސް ދީނަކަށް ތަބާ ނުވާ މީހުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ޤައުމުގެ ސަގާފަތަށް ބަލާއިރުގައި މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކާއި ތުރުކުމަނިސްތާނަކީ ސަގާފަތުގެ ގޮތުން ވަރަށް ގާތް ޤައުމެކެވެ. މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކުން ވެސް ފެންނަ ހެދުމާއި އަޑު އިވޭ މޫސީޤީ ރާގުތައް ތުރުކުމަނިސްތާނުން ވެސް ފެންނާނެއެވެ. އަޑު އިވޭނެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ދުނިޔޭގެ ޤުދުރަތީ ގޭހުގެ ރިޒަރވަށް ބަލާއިރުގައި ހަތަރުވަނައަށް އެންމެ ބޮޑު ޤުދުރަތީ ގޭސް ރިޒަރވެއް ހުރީ ތުރުކުމެނިސްތާނުގައެވެ. ކޮޓަން އުފައްދާ މިންވަރަށް ބަލާއިރުގައި މުޅި ދުނިޔޭގައި ވެސް 10 ވަނަ އަށް އެންމެ ގިނައިން ކޮޓަން އުފައްދާ ޤައުމަކީ ތުރުކުމެނިސްތާނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 5756 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found