ތުރުކީވިލާތް
ރިޕަބްލިކް އޮފް ތުރުކީ ނުވަތަ ތުރުކީ އަކީ ޔޫރަޕާއި އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ތުރުކީގެ ރަސްމީ ބަހަކީ ތުރުކީ ބަހެވެ. އެންމެ ބޮޑު ޝަހަރަކީ އިސްތަންބޫލެވެ. ވެރިކަން ކުރަނީ އަންކާރާގައެވެ. ތުރުކީއަކީ ބަރުލަމާނީ ޖުމްހޫރިއްްޔާއެކެވެ. ތުރުކީގެ އާބާދީއަކީ 71 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.78 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tr. އެވެ. ކޯލިން ކޯޑަކީ +90 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓަރކިޝް ލީރާއެވެ.
ނަން[އުނިއިތުރު ގެންނަވާ]
ތުރުކީގެ ނަމަށް ބަލާއިރު މިއީ ބޯދާ ތުރުކީ ބަހުގެ ދެ ލަފްޒަކުން އުފެދިފައިވާ ނަމެކެވެ. އެއީ “ތުރުކް” އާއި “އިޔެ” އެވެ. “ތުރުކް” މި ބަހުގެ މާނައަކީ ބާރުގަދައެވެ. “އިޔެ” މި ބަހުގެ މާނައަކީ މީހުންނެވެ. އެހެން ނަމަވެސް ބައެެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ތުރުކީގެ ނަމަކީ ޗައިނާ މީހުން މެދުތެރޭ އޭޝިޔާގެ އަލްޓޭ މައުންޓެއިންސްގެ ދެކުނުގައި ތިބޭ މީހުންނަށް ކިޔާ ނަން ކަމުގައިވާ “ތޫ-ކިން” މި ބަހުން ނެގިފައިވާ ނަމެކެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ތުރުކީއާ ސީމާވާ އަށް ޤައުމު އޮވެއެވެ. ތުރުކީގެ ހުޅަނގު އުތުރުގައި އޮތީ ބަލްގޭރިއާއެވެ. ހުޅަނގުގައި އޮތީ ގްރީސް ނުވަތަ ޔޫނާނެވެ. އިރުއުތުރުގައި އޮތީ ޖޯޖިޔާއެވެ. އިރުމަތީގައި އޮތީ އަރުމީނިޔާ އާއި އާޒަރުބައިޖާނާއި އީރާނެވެ. އިރުދެކުނުގައި އޮތީ ޢިރާޤާއި ސީރިޔާއެވެ. ދެކުނުގައި އޮތީ މެޑިޓެރޭނިޔަން ކަނޑާއި ސައިޕްރަސްއެވެ. ހުޅަނގުގައި އޮތީ އޭގިޔަން ކަނޑެވެ. އުތުރުގައި އޮތީ ކަޅު ކަނޑެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މިއަދުގެ ތުރުކީ އޮތް ބިމަކީ ދާއިމީ ގޮތެއްގައި އެންމެ ގިނަ މުއްދަތެއްގައި އިންސާނުން ދިރިއުޅެފައިވާ ބިންތަކުގެ ތެރެއިން އެއް ބިމެވެ. އެއީ މި ތަން އޮތް މަޤާމުގެ ގޮތުންނެވެ. ތުރުކީއަކީ އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމެވެ. ތުރުކީގެ ސަރަޙައްދުގައި ހިމެނޭ އެންމެ މުހިއްމު އެއް ތަނަކީ އަނަތޯލިޔާގެ ސަރަޙައްދެވެ. މި ސަރަޙައްދަކީ އިންޑޯ-ޔޫރަޕިއަން ޢާއިލާގެ ބަސްތައް އެހެން ހިސާބުތަކަށް ފެތުރެން ފެށި ސަރަޙައްދު ކަމަށް ވެސް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. ތުރުކީގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރޫމުގެ އަމްބަރާޠޫރު ޤުޞްޠަންޠީން 1 އޭނާގެ ވެރިކަމުގެ އައު ވެރި ރަށަކީ ބައިޒަންޓައިން ކަމުގައި ހަމަޖައްސަވައި އެތަނަށް “އައު ރޫމް” ގެ ނަމުން ނަން ދެއްވުމެވެ. އެއީ ފަހުން ޤުޞްޠަންޠީނިއްޔާއެވެ. މިހާރުގެ އިސްތަންބޫލެވެ. ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެއްޓުމާ ގުޅިގެން އިސްތަންބޫލު ވެގެން ދިޔައީ ބައިޒަންޓައިން އެންޕަޔަރގެ ވެރިރަށަށެވެ. ނުވަތަ އެހެން ގޮތަކުން ބުނާ ނަމަ އިރުމަތީ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެރިރަށަށެވެ. އިސްލާމީ ޚިލާފަތްތަކުގެ ތެރެއިން އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތަށް ފަހު ދެން އުފެދިގެން އައި އެންމެ ވަރުގަދަ ޚިލާފަތަކީ ތުރުކީގެ ޚިލާފަތެވެ. ނުވަތަ ޢުޘްމާނީ ޚިލާފަތެވެ. ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ 623 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާ އުފެދިގެން ދިއުމާ ގުޅިގެންނެވެ. އަންކާރާއަކީ އެ ޤައުމުގެ ވެރި ރަށުގެ ގޮތުގައި ހަމަޖެހިގެންނެވެ. ޢުޘްމާނީ ޚިލާފަތް އުވާލުމުގެ މޭސްތިރި މުޞްޠަފާ ކަމާލް ބާޝާ ވެގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާގެ ފުުރަތަމަ ރައީސަށެވެ. ޢިލްމާނިއްޔަތަށް އިސްކަމެއް ދެއްވި މުޞްޠަފާ ކަމާލު ބާޝާ ނުވަތަ އަތާތުރުކަކީ އިސްލާމްދީނުގެ ތަޢުލީމު ތުރުކީގެ ބިމުން ފޮހެލައްވަން އުޅުއްވި ބޭފުޅެއްކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށް އިނގިލި ދިއްކުރެވެއެވެ. 1934 ވަނަ އަހަރުގައި “ލޯ އޮން ފެމިލީ ނޭމްސް” އާ އެއްގޮތް ވާ ގޮތުގެ މަތީން ތުރުކީގެ ބަރުލަމާނުން މުޞްޠަފާ ކަމާލް ބާޝާގެ ފަހަތުނަމަކީ އަތާތުރްކު ނުވަތަ “ތުރުކީންގެ ބައްޕަ” ކަމުގައި ހަމަޖައްސައި، އެ ޝަރަފު އޭނާއަށް އެރުވިއެވެ. ތުރުކީގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 29 އޮކްޓޯބަރު 1923 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އާބާދީގައި 71 މިލިޔަން މީހުން ތިބި ތުރުކީގައި އެންމެ ގިނައީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. ދެން ކުރުދީންނާއި ޢަރަބީންނެވެ. މީގެ އިތުރުން ރެދިން (ޖިޕްސީން ނުވަތަ ރޮމް ނުވަތަ ރޯމާނީން)ނާއި އަލްބާނީންނާއި އަސީރީން ވެސް ތުރުކީގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ޢުޘްމާނީ ޚިލާފަތާއި އަނަތޯލިޔާ އާއި ތުރުކުންގެ އެކުވި ސަގާފީ އަސަރުތަކުގެ ސަބަބުން މިއަދުގެ ތުރުކީގެ ސަގާފަތަކީ މުއްސަނދި ސަގާފަތެއް ކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ ފާލަމުގެ ގޮތުގައި އޮތް މި ޤައުމުގެ ސަގާފަތަށް މި ދެ ބައްރުގެމެ އަސަރު ފޯރާފައިވެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
ތުރުކީގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. ތުރުކީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13138 ޑޮލަރެވެ.
- ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ Turkish Statistical Institute: Address-based Population Register System (December 31, 2008 census.) Results announced on January 26, 2009.
- ↑ 3.0 3.1 3.2 3.3 Turkey. International Monetary Fund. Retrieved on 2009-10-01.
- ↑ [1]Human Development Report 2009