ތަނބިވައް

ވިކިޕީޑިއާ އިން
ތަނބިވައް

ތަނބިވައް(އިނގިރޭސި ބަހުން: Nux vomica)ނުވަތަ (އިނގިރޭސި ބަހުން: Strychnine) އަކީ އޮށްބޭހުގެ ބާވަތެކެވެ. މިއީ ވިހައެއްޗެކެވެ. ތަނބިވައް އަޅާ ގަހަށް ވެސް ކިޔަނީ ހަމަ މިނަމެވެ. ތަނބިވައް ގަސް އާންމުކޮށް ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ އޭޝިޔާގެ ގައުމު ތަކުގައެވެ. ތަނބިވައް ގަހުގައި އަޅާ ވަތްކާއި، އަދި ތަނބިވައް ގަހުގެ އޮށަށް ވެސް ކިޔަނީ ހަމަ ތަނބިވައް އެވެ. އާންމުގޮތެއްގައި ދިވެހި ބޭހުގެ ގޮތުގައި ތަނބިވައް ނިސްބަތް ކުރެވެނީ ތަނބިވައް ގަހުގެ ވަކީގެ ތެރޭގައި ހުންނަ ތަނބިވައް އޮށަށެވެ. ތަނބިވައް ގަހުގެ ފަތް ހުންނަނީ ވަށްކޮށް ކަހަލަ ގޮތަކަށެވެ. ފަތުގެ ބޮޑުމިނުގައި 2 އިންޗި ވަރުހުރެއެވެ. ތަނބިވައް އިން ބައެއް ކަހަލަ ވިހަ މާއްދާތައް އުފެދެއެވެ.

[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް

Treestub.jpgThis tree-related article is a stub. You can help Wikipedia by expanding it.
Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން