ދޮންކެޔޮ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮންކެޔޮ

ދޮންކެޔޮ(އިނގިރޭސި ބަހުން: Banana)އަކީ ދޮންނުވާއިރު ފަލަމަޑީގެ ގޮތުގައި ބޭނުންކުރާ، ދޮންވުމުން މޭވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދޮންކޭލުގެ ބާވަތްތަކުގެ ތެރޭގައި ބޮންތިރަތްކެޔޮ،ސަންޕާކެޔޮ، ފުސްކެޔޮ، މާޅޮސްކެޔޮ، ބޮޑުކެޔޮ، އޮށިކެޔޮ، ރަތްކެޔޮ، ކަނދިލިކެޔޮ، ސުވާސާކެޔޮ، ފުސްމާޅޮސްކެޔޮ، ފަދަ ވައްތަރުތައް ހިމެނެއެވެ. މިހުރިހާ ވައްތަރެއްގެ ދޮންކެޔޮ ވެސް ރާއްޖޭގައި ހުރެއެވެ.

ދޮންކެޔޮ އަކީ ހަށިގަނޑަށް ފައިދާހުރި އަނގަޔަށް މީރު މޭވާއެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ޚާއްޞަކޮށް ލޭމަދުވުން ފަދަ ބަލިތައް ހުންނަ މީހުންނަށް ދޮންކެޔޮ ބޭނުންކުރުމަށް އިރުޝާދު ދެވެއެވެ.