ދެކުނު އެފްރިކާ
|
iRiphabliki yeSewula Afrika (S. Ndebele) iRiphabliki yomZantsi Afrika (Xhosa) iRiphabhuliki yaseNingizimu Afrika (Zulu) iRiphabhulikhi yeNingizimu Afrika (Swazi) Repabliki ya Afrika-Borwa (N. Sotho) Rephaboliki ya Afrika Borwa (S. Sotho) Rephaboliki ya Aforika Borwa (Tswana) Riphabliki ra Afrika Dzonga (Tsonga) Riphabuḽiki ya Afurika Tshipembe (Venda) (all 11 names are official)[1] |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: !ke e: ǀxarra ǁke (ǀXam) "Unity In Diversity" |
||||||
| Anthem: National anthem of South Africa |
||||||
| Capital | Pretoria (executive) Bloemfontein (judicial) Cape Town (legislative) |
|||||
| (and largest city) | Johannesburg (2006) [2] | |||||
| Official languages | ||||||
| Ethnic groups | 79.3% Black 9.1% White 9.0% Coloured 2.6% Asian[4] |
|||||
| Demonym | South African | |||||
| Government | Constitutional democracy | |||||
| - | President | Jacob Zuma | ||||
| - | Deputy President | Kgalema Motlanthe | ||||
| - | NCOP Chairman | M. J. Mahlangu | ||||
| - | National Assembly Speaker | Max Sisulu | ||||
| - | Chief Justice | Sandile Ngcobo | ||||
| Independence | from the United Kingdom | |||||
| - | Union | 31 May 1910 | ||||
| - | Statute of Westminster | 11 December 1931 | ||||
| - | Republic | 31 May 1961 | ||||
| Area | ||||||
| - | Total | 1 221 037 km2 (25th) 471 443 sq mi |
||||
| - | Water (%) | Negligible | ||||
| Population | ||||||
| - | 2009 estimate | 49,320,000[4] (25th) | ||||
| - | 2001 census | 44 819 778[5] | ||||
| - | Density | 41/km2 (170th) 106.2/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $493.490 billion[6] | ||||
| - | Per capita | $10,136[6] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $276.764 billion[6] | ||||
| - | Per capita | $5,684[6] | ||||
| Gini (2000) | 57.8 (high) | |||||
| HDI (2007) | 0.674 |
|||||
| Currency | Rand (ZAR) |
|||||
| Time zone | SAST (UTC+2) | |||||
| Drives on the | left | |||||
| Internet TLD | .za | |||||
| Calling code | +27 | |||||
ރިޕަބްލިކް އޮފް ސައުތު އެފްރިކާ ނުވަތަ ދެކުނު އެފްރިކާއަކީ އެފްރިކާގެ ދެކުނުކޮޅުގައި އޮންނަ ޤައުމެކެވެ. ދެކުނު އެފްރިކާއަކީ ތަފާތު ބާވަތްތަކުގެ މަޢުދަންތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖަވާހިރާއި ރަނުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއްގެ ގޮތުގައެވެ. ދެކުނު އެފްރިކާއަކީ ތަފާތު ދީންތަކާއި ތަފާތު ބަސްތަކުގެ އަހުލުވެރިންގެ ވަޒަނެކެވެ. ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ރަސްމީ ބަސްތަކުގެ ގޮތުގައި 11 ބަހެއް ފާހަގަކުރެވިފައިވެއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ރަސްމީ ބަސްތަކަކީ އެފްރިކާންސް އާއި، އިނގިރޭސި ބަހާއި، ދެކުނު އެންޑެެބެލޭ ބަހާއި، އުތުރު ސޯތޯ ބަހާއި ދެކުނު ސޯތޯ ބަހާއި، ސްވާޒީ ބަހާއި، ސޮންގާ ބަހާއި، ސްވާނާ ބަހާއި، ވެންޑާ ބަހާއި، ޚޯސާ ބަހާއި ޒުލޫ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ ސައުތު އެފްރިކަންއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޖޮހަނެސްބާގެވެ. ދެކުނު އެފްރިކާގެ ސަރުކާރު ހިންގާ ވެރިރަށަކީ ޕްރިޓޯރިއާއެވެ. ޝަރުޢީ ދާއިރާގެ މައިމަރުކަޒަކީ ބްލެމްފޮންޓެއިނެވެ. ޤާނޫނު ހަދާ ބަރު ނުވަތަ މަޖިލީހުގެ މަރުކަޒަކީ ކޭޕްޓައުނެވެ. ދެކުނު އެފްރިކާއަކީ ދުސްތޫރީ ޑިމޮކްރަސީއެއް ހިނގަމުން އަންނަ ޤައުމެކެވެ. އާބާދީއަކީ 49 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 25 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.22 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ za. އެވެ. ކޯލިން ކޯޑަކީ +27 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރާންޑެވެ.
[އުނިއިތުރު ގެންނަވާ] ނަން
ދެކުނު އެފްރިކާގެ ނަމަކަށް ދެކުނު އެފްރިކާއޭ ކިޔާފައިވަނީ ޖުގުރާފީ ގޮތުން ދެކުނު އެފްރިކާ އޮތް ސަރަޙައްދަށް ނިސްބަތްކޮށެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ދެކުނު އެފްރިކާގެ އެއް ފަރާތު އައްސޭރި ގުޅިފައިވަނީ އެޓްލާންޓިކް ކަނޑާއެވެ. އަނެއް ފަރާތު އައްސޭރި ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ. ދެކުނު އެފްރިކާގެ އުތުރުގައި އޮންނަނީ ނެމީބިއާ އާއި ބޮޓްސްވާނާ އާއި ޒިންބާބުވޭއެވެ. އިރުމަތީގައި އޮތީ މުސިންބީ (މޮޒަންބީކް) އާއި ސުވާޒިލޭންޑެވެ. ލެސޯތޯއަކީ ދެކުނު އެފްރިކާގެ ތެރޭގައި އޮންނަ މިނިވަން ޤައުމެކެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ދެކުނު އެފްރިކާގައި އިންސާނުން ދިރިއުޅެން ފަށާފައިވަނީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރީންނެވެ. 1652 ގައި ޑަޗް އީސްޓް އިންޑިޔާ ކުންފުނިން ކޭޕް ޓައުންގައިި ރިފްރެޝްމެންޓް ސްޓޭޝަނެއް ޤާއިމުކުރިއެވެ. 1806 ވަނަ އަހަރު ކޭޕް ޓައުނަކީ އިނގިރޭސީންގެ ކޮލޮނީއަކަށްވިއެވެ. 1820 ވަނަ އަހަރާ ހިސާބުގައި ދެކުނު އެފްރިކާގައި ޔޫރަޕުގެ ވަޒަންވެރިން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދެކުނު އެފްރިކާ ޖުމްހޫރިއްޔަތަކަށްވީ 31 މެއި 1961 ގައެވެ. ދެކުނު އެފްރިކާގައި ހިނގަމުން އައި ނަސްލީ ތަފާތުކުރުންތަކާއި ސިޔާސީ ފިއްތުންތައް ހުއްޓުމަކަށް އައިސް 27 އަހަރަށް ފަހު ނެލްސަން މަންޑޭލާ ޖަލުން މިނިވަންވެފައިވަނީ 90ގެ އަހަރުތަކުގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އާބާދީގައި 49 މިލިޔަން މީހުން ތިބި ދެކުނު އެފްރިކާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 25 ވަނަ ޤައުމެވެ. ދެކުނު އެފްރިކާގެ އާބާދީގެ 79.3% އަކީ ކަޅުމީހުންނެވެ. 9.1% އަކީ ދޮން މީހުންނެވެ. 9.0% އަކީ ކުލަކުލައިގެ މީހުންނެވެ. 2.6% އަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ. 1900 ވަނަ އަހަރު ދެކުނު އެފްރިކާގެ އާބާދީއަކީ 5 މިލިޔަން މީހުންނެވެ. 1940 ވަނަ އަހަރު އެ ޤައުމުގެ އާބާދީގައި 10 މިލިޔަން މީހުން ތިއްބެވެ. އޭގެ 30 އަހަރު ފަހުން 1970 ވަނަ އަހަރު އެ ޤައުމުގެ އާބާދީވަނީ 20 މިލިޔަނަށް އަރާފައެވެ. އޭގެ 30 އަހަރުފަހުން މި ޢަދަދުވަނީ 43 މިލިޔަނަށް އަރާފައެވެ. އެހެންކަމުން އެވަރެޖު ގޮތެއްގައި ކޮންމެ 33 އަހަރަކުން ދެކުނު އެފްރިކާގެ އާބާދީދަނީ ޑަބަލްވަމުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ރަސްމީ ބަހުގެ ގޮތުގައި ޤާނޫނު އަސާސީގައި 11 ބަހެއް ފާހަގަކުރެވިފައިވާއިރު އެންމެ ޢާއްމުކޮށް ބޭނުންކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ނަމަވެސް ބަހުގެ އަހުލުވެރިންގެ ޢަދަދަށް ބަލާއިރު އިނގިރޭސި ބަހަށް ލިބެނީ ފަސްވަނައެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ދެކުނު އެފްރިކާއަކީ އިޤްތިޞާދުގެ ގޮތުން ބަލާއިރު މެދުމިނުގެ ޤައުމެކެވެ. 2007 ވަނަ އަހަރަށް ބަލާއިރު ޖީ.ޑީ.ޕީގެ ގޮތުން ދުނިޔޭގެ ރޭންކިންގައި ދެކުނު އެފްރިކާ އޮތީ 25 ވަނައިގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10136 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found