ދެކުނު ކޮރެއާ
| Republic of Korea
대한민국
大韓民國 Daehan-minguk |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Aegukga (애국가) The Patriotic Song |
||||||
| Capital | Seoul 37°35′N 127°0′E / 37.583°N 127°E |
|||||
| Official languages | Korean | |||||
| Demonym | South Korean, Korean | |||||
| Government | Presidential republic | |||||
| - | President | Park Geun-hye | ||||
| - | Prime Minister | Jung Hong-won | ||||
| Legislature | National Assembly | |||||
| Establishment | ||||||
| - | Founding of Gojoseon | 2333 BC[1] | ||||
| - | Japan’s occupation of Korea | August 29, 1910 | ||||
| - | Independence declared | March 1, 1919 | ||||
| - | Provisional Government | April 13, 1919 | ||||
| - | Liberation | August 15, 1945 | ||||
| - | Constitution | July 17, 1948 | ||||
| - | Government Proclaimed | August 15, 1948 | ||||
| Area | ||||||
| - | Total | 100,140 km2 (108th) 38,622 sq mi |
||||
| - | Water (%) | 0.3 | ||||
| Population | ||||||
| - | estimate | 48,379,392 (26th) | ||||
| - | Density | 493/km2 (21st) 1,274/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $1.344 trillion[2] (13th) | ||||
| - | Per capita | $27,692[2] (32nd) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $929.124 billion[2] (15th) | ||||
| - | Per capita | $19,136.[2] (36th) | ||||
| Gini (2007) | 31.3 (low)[3] | |||||
| HDI (2007) | ||||||
| Currency | South Korean won (₩) (KRW) |
|||||
| Time zone | Korea Standard Time (UTC+9) | |||||
| - | Summer (DST) | not observed (UTC+9) | ||||
| Date formats | yyyy년 mm월 dd일 yyyy/mm/dd (CE) |
|||||
| Drives on the | right | |||||
| Internet TLD | .kr | |||||
| Calling code | 82 | |||||
| 1 | Mobile phone system CDMA, WCDMA, HSDPA and WiBro | |||||
| 2 | Domestic power supply 220V/60 Hz, CEE 7/7 sockets | |||||
ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ ދެކުނު ކޮރެއާއަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ދެކުނު ކޮރެއާގެ ރަސްމީ ބަހަކީ ކޮރެއާ ބަހެވެ. އިނގިރޭސި ބަހުން ދެކުނު ކޮރެއާގެ މީހުންނަށް ކިޔަނީ ސައުތު ކޮރެއަންސް ނުވަތަ ކޮރެއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސޯލްއެވެ. ދެކުނު ކޮރެއާގެ ވެރިރަށަކީ ވެސް ސޯލްއެވެ. ދެކުނު ކޮރެއާއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 48 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 26 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kr. އެވެ. ކޯލިން ކޯޑަކީ +82 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުތު ކޮރެއަން ވޮންއެވެ.
ނަން[އުނިއިތުރު ގެންނަވާ]
ދެކުނު ކޮރެއާއަށް ދެކުނު ކޮރެެއާއޭ ކިޔަނީ މިއީ ކޮރެއާ ޕެނިންސޫލާގައި އުފެދިފައިވާ ދެ ޤައުމުގެ ތެރެއިން ދެކުނަށް އޮތް ޤައުމު ކަމުގައިވާތީއެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ދެކުނު ކޮރެއާ އޮންނަނީ ކޮރެއާ ޕެނިންސޫލާގެ ދެކުނު ބައިގައެވެ. ދެކުނު ކޮރެއާގެ ހުޅަނގު ފަރާތުގައި އޮތީ ޗައިނާއެވެ. އިރުމަތީގައި އޮތީ ޖަޕާނެވެ. އުތުރުގައި އޮތީ އުތުރު ކޮރެއާއެވެ. ދެކުނު ކޮރެއާގެ ހުޅަނގުގައި އޮތީ ރީނދޫ ކަނޑެވެ. އިރުމަތީގައި އޮތީ ޖަޕާނު ކަނޑެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މިއަދު ދެ ޤައުމެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ ކުރީން އެއް ޤައުމެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އުތުރު ކޮރެއާއަކީ ވެސް ދެކުނު ކޮރެއާއަކީ ވެސް ކުރީގެ ގޮތުން ކިޔާ ނަމަ ކޮރެއާއެވެ. ކޮރެއާގެ ތާރީޚު ފެށިފައިވަނީ 2333 މކ. ގައި ޑަންގުން ބިިނާކުރެއްވި ޖޯސިއޯންއިން ފެށިގެންނެވެ. ކޮރެއާގެ ރަސްކަމާއި ޗައިނާގެ ހާން ޑައިނާސްޓީއާ ދެމެދު ވަރަށް ގިނަ ހަނގުރާމަތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 13 ވަނަ ޤަރުނުގައި މޮންގޯލުން ވަނީ ކޮރެއާއަށް ޙަމަލާދީފައެވެ. އޭގެ ފަހުން ކޮރެއާގެ ވެރީން ވެރިކަންކުރައްވަމުން ގެންދެވީ މޮންގޯލުންގެ ބައިވެރީންގެ ގޮތުގައެވެ. މޮންގޯލިޔަނުންގެ ބޮޑުވެރިކަން ވެއްޓިގެން ދިއުމަށްފަހު ވެސް ކޮރެއާގެ ކުރީން މިދެންނެވި ވެރީންގެ ވެރިކަން ދެމިއޮތެވެ. އެހެން ނަމަވެސް 1388 ޖޯސިއޯން ޑައިނާސްޓީ ވެރިކަމަށް އައިސް ކުރީގެ ވެރިންގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަސްގެފާނު ތިއޯޖީ، ކޮރެއާގެ ނަމަކީ ޖޯސިއޯން ކަމުގައި ހަމަޖެއްސަވާފައިވަނީ ޖޯސިއޯން ޑައިނާސްޓީގެ ވެރިކަމުގައެވެ. 1592 ވަނަ އަހަރާއި 1598 ވަނަ އަހަރާ ދެމެދު ޖަޕާނުން ކޮރެއާއަށް ޙަމަލާ ދިނެވެ. ޖަޕާނުގެ ލަޝްކަރުތައް ބޭނުންވީ ކޮރެއާ ތެރެއިން ލާފައި އޭޝިޔާއަށް ޙަމަލާދޭށެވެ. އެހެން ނަމަވެސް ޗައިނާގެ މިންގް ޑައިނާސްޓީގެ އެހީތެރިކަމާއެކު ޖަޕާނު މީހުންގެ އެދުން ކާމިޔާބުވާ ގޮތެއްނުވިއެވެ. 1943 ވަނަ އަހަރު ޤާހިރާގައި އެއްބަސްވެވުނު ޤަރާރުގައި އެއް ކޮރެއާގެ ގޮތުގައި މި ސަރަޙައްދު އޮތުމަށް ނިންމުނު ކަމުގައި ވިޔަސް ބިދެސީ ނުފޫޒުތަކާހުރެ ކޮރެއާ ބައިބައިވެ ދެ ޤައުމުގެ ގޮތުގައި އުފަންވެގެން ދިޔައެވެ. 25 ޖޫން 1950 ގައި އުތުރު ކޮރެއާއިން އަލުން އެއީ އެއް ޤައުމެއް ކަމުގައި ހެދުމަށްޓަކައި ބާރުގެ ބޭނުންކުރަން ނިންމައި ޢަސްކަރީ ޙަރަކާތްތަކެއް ފެށިއެވެ. މީގެ ސަބަބުން ދެން ފެށިގެން އައީ މަޝްހޫރު ކޮރެއާ ހަނގުރާމައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އާބާދީގައި 48 މިލިޔަން މީހުން ތިބި ދެކުނު ކޮރެއާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 26 ވަނަ ޤައުމެވެ. ބޮޑު އާބާދީއަކާ އެކު ދެކުނު ކޮރެއާ ވެފައިވަނީ އަކަބުރަ އެންމެ ބޮޑު އެއް ޤައުމަށެވެ. އެހެނީ ކޮންމެ އަކަކިލޯމީޓަރަކަށް ޖެހޭ މީހުންގެ ޢަދަދު އުޅެނީ 487 ގައެވެ. މިއީ މުޅި ދުނިޔޭގެ އެވަރެޖަށްވުރެ 10 ގުނަ އިތުރު ޢަދަދެއްމެއެވެ. 1960 ވަނަ އަހަރުގައި ދެކުނު ކޮރެއާގެ އާބާދީއަކީ 25 މިލިޔަނެވެ. އެހެންކަމުން ކޮރެއާގެ އާބާދީ ޑަބަލްވެފައި މިވަނީ ގާތްގަނޑަކަށް 50 އަހަރުންނެވެ. ދެކުނު ކޮރެއާއަކީ ހޯމޯޖީނަސް ޤައުމެކެވެ. އެ ޤައުމުގައި ތިބީ މުޅިންހެން ކޮރެއާ ނަސްލުގެ މީހުންނެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ އެއް ސަގާފަތެއް ހިއްސާކުރާ ދެޤައުމެވެ. އެހެން ނަމަވެސް 1945 ގައި ދެ ޤައުމުވަކިވުމަށް ފަހުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ސަގާފަތަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
1960 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމަޔަށް މުޅި ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އައި ދެވަނަ އިޤްތިޞާދަކީ ދެކުނު ކޮރެއާގެ އިޤްތިޞާދެވެ. މިއަދު ވެސް ދެކުނު ކޮރެއާއަކީ އިޤްތިޞާދާ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ފަދަ މަޤާމެއްގައި އޮތް ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 19136 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found