ދުވަނި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުވަނި އަކީ ޢާންމުކޮށް ކުޑަކުދިން ގައިން ނަގާ ބައްޔެކެވެ. މީގެ ދެތިން ވައްތަރު ހުރެއެވެ. އެއީ ގޮށްދުވަނި، ރަސްދުވަނި އަދި ރަތްދުވަނި އެވެ. އެންމެ ނުރައްކާތެރި ވައްތަރަކީ ރަސްދުވަނި އެވެ. ރަސްދުވަނި ނަގާނީ ކަދުރާ އިން މަތިންނެވެ. ތިރިޔަށް ފައިބަމުން ގޮސް މެޔަށްވުރެ ތިރިއަށް ހިގައްޖެނަމަ ވަރަށް ނުރައްކާވާނެއެވެ. ބޮޑެތި މީހުން ގައިން މިދުވަނި ނަގައިފިނަމަ ކިޔާނީ މާވިހަ އެވެ. ދުވަނި ވެއްޖެނަމަ ހުންނާނީ ނޫކޮށް ނުވަތަ ރަތްކޮށެވެ. ގޮށް ދުވަނި ނަގާނީ ތަންތަން ކޮޅުގައި ގޮށްގޮށަށެވެ. ގަނޑު ދުވަނި އަކީ އާދަޔާ ޚިލާފަށް ބޮޑެތިކޮށް ނަގާ ދުވަނި އެވެ.