ދިވެހި ރައްޔިތުންގެ ޕާޓީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޑީ.އާރް.ޕީ ގެ ރަސްމީ ލޯގޯ

ދިވެހި ރައްޔތުންގެ ޕާރޓީ އަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހުއްދަ ލިބިގެން ހެދިފައްވާ ސިޔާސީ ޕާރޓީ އެކެވެ. 2 ޖޫން 2006 ގައި ދިވެހިރާއްޖޭގެ ޕާރލިމެންޓްގެ 50 މެމްބަރުންގެ ތަފާތުވުމެއް ނެތި ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފައްދައި ހިންގުމުގެ ބިލް ފާސްކުރވުނެވެ. މިބިލް ފާސް ކުރެވުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހިރާއްޖޭގެ ދެވަނަ ސިޔާސީ ޕާރޓީގެ ގޮތުގައި ޑީ.އާރް.ޕީ (DRP) އުފެދުނެވެ. މިޕާރޓީގެ ބާނީ އަކީ އަދި ރައީސް އަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އެވެ.



ޕާޓީގައި އުޅެނީ ކޮންބައެއް؟[އުނިއިތުރު ގެންނަވާ]

  • ދިވެހި ރައްޔިތުންގެ ޕާޓީ.ގެ ބާނީއަކީ، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްއެވެ. އަދި، ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން އެންމެ ގިނައިން ޝާމިލުވަނީ ޑީ.އާރް.ޕީ ގައެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޙާއްޞަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަބޭފުޅުންނަކީވެސް ޑީ.އާރ.ޕީ ގެ އުޞޫލުތަކާއި ޢަމާޒުތައް ޤަބޫލުފުޅު ކުރައްވާ، މިޕާޓީގެ މެންބަރުންގެ ގޮތުގައި ސޮއިކުރައްވާފައެވެ. ވިޔާފާރިއާއި އިޤްތިޞާދީ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކުވެސް ވަނީ މިޕާޓީގެ މެންބަރުންގެ ގޮތުގައި ސޮއިކޮށްފައެވެ. އަދި، މިހާރުވެސް ވަރަށް ގިނަ ބަޔަކުދަނީ މިޕާޓީގައި ބައިވެރިވެ، ހަރަކާތްތެރިވަމުންނެވެ.





ޕާޓީގެ މަޤްސަދުތައް[އުނިއިތުރު ގެންނަވާ]

  • ދިވެހި ރައްޔިތުންގެ ޕާޓީގެ މަޤްޞަދުތަކަކީ ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކޮށް ޙިމާޔަތްކޮށް، ދިވެހި ޒުވާނުންނަކީ ރަނގަޅު އަޚްލާޤެއްގެ ޤައުމަށް ފައިދާހުރި ހުނަރުވެރި ބަޔަކަށް ހެދުމެވެ. އަދި، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން ވަރުގަދަ ކުރުމާއި، ޢަދުލު އިންޞާފުގެ ދާއިރާ ވަރުގަދަކުރުމާއި، ދިވެހި މުޖްތަމަޢަކީ ދިވެހިން ބޭނުންވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ މުޖްތަމަޢަކަށްވުން އެއީ މިޕާޓީން ޙާސިލުކުރަން ބޭނުންވާ މުހިންމު މަޤްސަދުތަކެކެވެ.

އަދި އޭއާއެކު، ދިވެހިރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ހެދުމާއި، ހިޔާވަހިކަމާއި ތަޢްލީމާއި ޞިއްޙަތާއި އަދި އެހެނިހެންވެސް އަސާސީ ޚިދްމަތްތައް ފަސޭހަކަމާއެކު އެންމެހާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ތަނަވަސްކުރުމާއި، ދިވެހިރާއްޖޭގައި ތަޅާފޮޅުމެއްނެތި ހަމަޖެހުމާއެކު ޤައުމުގެ ކަންތައްތައް ހިންގާނޭ ހުނަރުވެރި ޒުވާން ޖީލުތަކެއް ހިންގުމުގެ ދާއިރާއަށް ތަޢާރުފްކޮށް، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށް ސާބިތު ޚިދްމަތްތެރިންތަކެއް ތައްޔާރުކުރުންވެސް މިޕާޓީގެ މަޤްސަދުތަކުގައި ހިމެނެއެވެ.