ދިރި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދިރި

ދިރި(ސައިންޓިފިކް ނަން: Cuminum cyminum)ނުވަތަ (އިނގިރޭސި ބަހުން: Cumin)އަކީ ހަވާދުގެ ބާވަތެކެވެ. މިހުންނަނީ ދަވިއްގަނދަށްވުރެ ތަންކޮޅެއް ކުދިކޮށް ހިމަކޮށެވެ. ދިރި އަކީ ހަވާދުގެ ބާވަތެއް ކަމުން އާންމު ގޮތެއްގައި ދިރި ދިވެހި ރާއްޖޭގައި ބޭނުންކޮށް އުޅެނީ ތަފާތު ވައްތަރުގެ ހަވާދު ތައްޔާރު ކުރުމަށެވެ. އާންމު ގޮތެއްގައި ދިރި ބޭނުންކުރަނީ މުގުރައިގެން ފުށަށް ހަދައިގެންނެވެ. އިންޑިޔާ، މެކްސިކޯ، ތުރުކީ ފަދަ ގައުމުތަކުގެ ކެއުމުގައި ދިރި ވަރަށް ގިނައިން ބޭނުންކުރާ ކަމަށް ވެއެވެ. މިހާރު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ދިރި ހައްދަނީ އިންޑިޔާ، ސްރީލަންކާ،ސީރިޔާ، ޕާކިސްތާން އަދި ތުރުކީގައެވެ. ކުރިން އެންމެ ގިނައިން ދިރި ހައްދާފައިވަނީ އިރާން ގައެވެ. އެންމެ ފުރަތަމަ ދިރި ހައްދާފައިވަނީ ވެސް އިރާން ގައެވެ.