ފާރޫޤް އިސްމާޢީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްފާޟިލް ފާރޫޤް އިސްމާޢީލް ގެ ބައްޕަ އަކީ އައްނަބީލް އިސްމާޢީލް ޙަބީބު (ކާށިދޫގޭ މަނިއްޕުޅު) އެވެ. މަންމައަކީ ވެލިދޫގޭ ތުއްތު ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 ޖޫން 1927 ގައެވެ. އަލްފާޟިލް ފާރޫޤް އިސްމާޢީލް ތަޢުލީމް ޙާޞިލް ކުރެއްވީ ސިލޯނުންނެވެ. އިގިރޭސި، އުރުދޫ އަދި ޖަރުމަން ބަސް ދެނެވަޑައި ގަންނަވައެވެ. އަދި ސިންގަޅަ އާއި ތަމަޅަ ވެސް ދެނެވަޑައިގަނެއެވެ.

އަލްފާޟިލް ފާރޫޤް އިސްމާޢީލް ގެ އުމުރުގެ ފަހުކޮޅުގައި އަދާކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އިގިރޭސި ކައުންސެލަރެއްގެ މަގާމް އެވެ. އަދި ޖަރުމަނު ކައުންސެލަރު ކަންވެސް އަދާކުރެއްވިއެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އައި ބޮޑު ބުރާސްފަތީގެ އެންމެ ހަރަކާތްތެރި ވިސްނުންތެރިއަކީ ފާރޫޤް އިސްމާޢީލް އެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 11 ނޮވެމްބަރު 1968ން 23 ފެބުރުއަރީ 1971އަށް : މިނިސްޓަރ އޮފް ފިޝަރީޒްކަން
  • 23 ފެބުރުއަރީ 1971ން 15 ޖޫން 1974އަށް : މިނިސްޓަރ އޮފް އެގްރިކަލްޗަރކަން
  • 11 ނޮވެމްބަރު 1978 : ކަސްޓަމްސްގެ ވެރިޔާކަން

އަލްފާޟިލް ފާރޫޤް އިސްމާޢީލް އަވަހާރަވީ 1 މެއި 1999 ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006