ފައިންޑިންގ ނީމޯ
ވިކިޕީޑިއާ އިން
| ފައިންޑިންގ ނީމޯ | |
|---|---|
ފައިންޑިންގ ނީމޯގެ އިޝްތިހާރު ކުރެވުނު ޕޯސްޓަރެއް |
|
| ޑައިރެކްޓް ކުރީ | އެންޑްރިއު ސްޓެންޓަން ލީ އަންކްރިޗް (ކޯ-ޑައިރެކްޓަރ) |
| ޕްރޮޑިއުސް ކުރީ | ގްރަހަމް ވޯލްޓާރސް |
| ވާހަކަ ލިޔުނީ | އެންޑްރިއު ސްޓެންޓަން (ވާހަކަ/ސްކްރިޕްޓް) ބޮބް ޕީޓަރސަން (ސްކްރިޕްޓް) ޑޭވިޑް ރެނޯލްޑްސް (ސްކްރިޕްޓް) |
| ތަރިން | Alexander Gould އެލްބަރޓް ބޮރޫކްސް Ellen DeGeneres ވިލިއެމް ޑެފޯ ބްރެޑް ގެރެޓް އެލިސްން ޖެނޭ އޯސްޓިން ޕެންޑްލްޓަން ސްޓެފެން ރޫޓް ވިކީ ލުވިސް ޖޯ ރޭންފްޓް ނިކޮލަސް ބާރޑް އެންޑްރިއު ސްޓެންޓަން ބޮބް ޕީޓަރސަން އެރިކް ބެނާ ބްރޫސް ސްޕެންސް އެލިޒަބތް ޕާރކިންސް |
| މިޔުޒިކް | ތޯމަސް ނިއުމަން |
| ސިނެމެޓޮގްރަފީ | ޝެރޮން ކެލެހެން ޖެރެމީ ލެސްކީ |
| އެޑިޓިން | ޑޭވިޑް އިއާން ސޯލްޓަރ |
| ޑިސްޓްރިބިއުޓް ކުރީ | ވޯލްޓް ޑިސްނީ ޕިކްޗަރސް |
| ރިލީޒް ތާރީޚް(ތައް) | 30 މޭ 2003 |
| ދިގުމިން | 100 މިނެޓް |
| ޤައުމު | ޔޫ.އެސް.އޭ |
| ބަހުރުވަ | އިނގިރޭސި |
| ޚަރަދު | $94 މިލިއަން އެމެރިކާ ޑޮލަރު |
| Gross revenue | Domestic: $339,714,978 Worldwide: $864,625,978 |
| Preceded by | މޯންސްޓާރސް، އިންކް |
| Followed by | ދި އިންކްރެޑިބްލްސް |
| އޯލް މޫވީގައިޑް ޕްރޮފައިލް | |
| އައި.އެމް.ޑީ.ބީ ޕްރޮފައިލް | |
ފައިންޑިންގ ނީމޯ އަކީ [ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް] އިން ތައްޔާރު ކޮށް ފައިވާ ކޮމްޕިޔުޓަރ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު ތިއޭޓަރުތަކަށް ނެރެފައިވަނީ [ވޯލްޓް ޑިސްނީ ޕިކްޗާރސް] އާއި [ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން] އާއި ގުޅިގެންނެވެ. މިފިލްމު އެމެރިކާ/ކެނެޑާގައި ރިލީޒް ކުރެވިފައިވަނީ 30 މެއި 2003 ގައެވެ. އޮސްޓްރޭލިޔާގައި ރިލީޒް ކުރެވުނީ 28 އޯގަސްޓް 2003 ގައެވެ. އަދި ޔޫކޭ ގައި ރިލީޒް ކުރެވުނީ 10 އޮކްޓޯބަރ 2003 ގައެވެ. މިއީ ޑިސްނީ އާއި ޕިކްސަރ ގުޅިގެން އުފެއްދި މިފަދަ ފަސްވަނަ ފިލްމެވެ. އަދި ހަމައެހެންމެ އެއަހަރުގެ ހޫނު މޫސުމުގައި ނެރެވުނު ފުރތަމަ ފިލްމުވެސް މެއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ރޭވުންގަނޑު
މިފިލްމުގައި ދައްކުވައިދޭނީ އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް (Great Barrier Reef) ގައި ދިރިއުޅޭ އަނބި މަރުވެފައިވާ މާރލިން ނަމަކަށް ކިޔާ ކްލައުން ފިޝް އެއްގެ ވާހަކައެވެ. މާރލިންގެ ބަޔަށް އަޑު އަޅައިފައިވަނީ އެލްބަރޓް ބްރުކްސް އެވެ. މާރލިން ގެ އަންހެނުން، ކޯރަލް އާއި ނީމޯ ފިޔަވައި ހުރިހާ ދަރިންނެއް ވަނީ ބަރަކޫޑަރ ހަމަލައެއްގައި މަރުވެފައެވެ. ކޮރަލްގެ ބަޔަށް އަޑު އަޅާފައިވަނީ އެލިޒެބަތް ޕާރކިންސް އެވެ.
[އުނިއިތުރު ގެންނަވާ] ފިލްމުގެ ޚުލާސާ އެއް
ބަރަކޫޑާ ހަމަލާ އެއްގައި ނީމޯ ފިޔަވައި މާރލިންގެ ހުރިހާ ދަރިންނަކާއި އަންހެނުނ، ކޮރަލް (އެލިޒަބަތް ޕާރކިންސް) ވަނީ މަރުވެފައެވެ. އެހެންކަމުން ނީމޯ އަށް ދިމާވާ ކޮންމެ ނުރައްކަލަކުން އޭނާ ސަލާމަތްކުރުމަކީ މާރލިންގެ ވާކިބެއްކަމަށް އޭނާ ދެކެއެވެ. ނީމޯގެ އުފެދުމުގައިވެސް އެއް Fin އަނެއް Fin އަށް ވުރެ ކުޑަވާނެއެވެ. ނީމޯ އެއްވެސްކަމެއް ވިޔަ ނުދޭނެކަމަށް މަރލިން ވައުދުވެފައިވާތީ އަބަދުވެސް ކަނޑުގެ ނުރައްކާތެރިކަން ނީމޯއަށް ކިޔައިދެއެވެ. މިސްޓަރ ރޭއި (ބޮބް ޕީޓަރސަން) ގެ ސްކޫލްގެ ފުރަތަމަ ދުވަހެވެ. ރޭއި ގެ ކުލާސް އެދުވަހުދަނީ ފަރުގެ ނިމޭ ހިސާބަށެވެ. އެމީހުން އެ ދަނީ ފަރުގެ ނިމޭ ހިސާބަށްކަންް މާރލިން އަށް އެނގުމުން އެކަމާ މާރލިން ވަރަށް ކަންބޮނޑުވެއެވެ. އަދި އެމީހުންގެ ފަހަތުން ދެއެވެ. ނީމޯ އޭނާގެ ކުލާސް ކުދިންގެ ކޮޅަކާއި އެކު ފަރުގެ އެންމެ އެކޮޅަށް ދެއެވެ. އަދި އެކުދިންނަށް ނަގިލި އަޅާފައިވާ ބޮޑޮ ބޯޓެއް މާކަނޑާއި ދިމާލުން ފެނެއެވެ. އެކުދިންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް އަނެއް ކުއްޖަކަށް ވުރެ ބޯޓާއި ކައިރި ވާން ނުކެރޭން ކަމަށް ބުނިއެވެ. އެހެންކަމުން ނީމޯ ބޯޓުގައި އަތްލަން ނިންމައެވެ. އެހެނީ އޭނާ އަށް ވުރެ ދުރަށް ދެވޭނެ އެހެން ކުއްޖަކު އެތާ ނެތްކަން ނީމޯ އަށް އެނގޭތީއެވެ. އެވަގުތު މާރލިން އެތަނަށް އައިސް ނީމޯ އަދި ސްކޫލަކަށް ދާން ތައްޔާރު ނުވާ ކަމަށް ބުނެއެވެ. މާރލިން މިހެން ބުނުމުން ނީމޯ އަށް ވަރަށް އުނދަގޫވިއެވެ. އަދި ބޯޓުގައި އަތްލުމުގެ ނިޔަތުގައި މާސިންގާ ކަނޑާއި ދިމާލަށް ނީމޯ މިސްރާބުޖަހައެވެ. އަދި މިނިވަންކަމާއެކީ އެހާ ހިސާބަށް ގޮސް ބޯޓުގައި އަތްލައެވެ. އަދި އެނބުރި ފަރާއި ދިމާލަށް އަންނަން ފެށިއެވެ. މާރލިން އެބުނީ ތެދެކެވެ. ނީމޯ އަދި ސްކޫލަކަށް ދާވަރެއް ނުވެއެވެ. ނީމޯ އަށް އަޅާނުލައި ދުއްކޮށްލާ ވަރެއް ނުވެއެވެ. ސްކޫބާ ޑައިވް ކުރަން އުޅޭ ދަތުގެ ޑޮކްޓަރަކަށް ނީމޯ ފެނެއެވެ. އަދި މަސް ހިފާ ދާގަނޑަކުން އޭނާ ނީމޯ ހިފައެވެ. ކޮރަކލް މަރުވިފަހުން ފަރުން ބޭރަށް ނުދާ މާރލިން އެބޯޓު ފަހަތުން ފަތާފައި ދެއެވެ. އެހެންނަމަވެސް ބޯޓުގެ ބާރުމިނާއި އެއްވަރަކަށް މާރލިން އަކަށް ނުފެތުނެވެ. އަދި މާރލިންގެ މިސްރީބުން އެބޯޓު ގެއްލެއެވެ. މާރލިން މިހެން އުޅުމުގެ ތެރޭގައި ޑޯރީ ނަމަކަށްކިޔާ (އެލެން ޑި ޖީނިއަރސް)، (A Blue Tang) މަހަކާއި ދިމާވެއެވެ. އަދި މާގިނައިރުތަކެއް ނުވެ އެހެން ބޯޓެއް ދިޔަކަމަށް ޑޯރީ ބުނެއެވެ. އަދި ޑޯރީގެ ފަހަތުން މާރލިން ފަތާފައި ދާން ފެށިއެވެ. އެހެންނަމަވެސް އިރުކޮޅަކުން ޑޯރީ އޭނާގެ މިސްރާބު ބަދަލު ކޮށް އެކި ގޮތް ގޮތަށް ފަތަންފެށިއެވެ. އަދި އޭނާ އާއި މާރލިން އަރާ ހަމަވުމުން، ޑޯރީގެ ފަހަތުން ނުދިއުމަށް އެދުނެވެ. ޑޯރީ އަކީ ކައިރި މުސްތަގުބަލުގައި ވެފައި ހުންނަ ކަންތައް ވަރަށް އަވަހަށް ހަނދާންނެތޭ މަހެކެވެ. ޑޯރީގެ ފަހަތުން ދިޔަ އަސް އެކަމުން ކުރާނެ އެއްވެސް ފާއިދާ އެއް ނެތް ކަން މާރލިން އަށް އެނގެއެވެ. އެހެންކަމުން އޭނާ އަމިއްލައަށް ނީމޯ ހޯދުމުގެ މަސައްކަތް ކުރާނީ ކަމަށް ގަސްދުކޮށް، މާރލިން ޑޯރީ ދޫކޮށްފައި ދެއެވެ. އެހެންނަމަވެސް ޑޯރީ މިފަހަރު މާރލިންގެ ފަހަތުން ދެއެވެ. އަދި ނީމޯ ހޯދުމުގައި އެހީ ވާނެކަމަށް ބުނެއެވެ. މިހެން ދަނިކޮށް އެމީހުންނާއި ދިމާ ވަނީ Great White Shark ، ބްރޫސް އާއި އެވެ. ބްރޫސްގެ ބަޔަށް އަޑު އަޅާފައިވަނީ ބެރީ ހަމްފްރީސް އެވެ. އަދި Mine Field އެއް ވަށައިގެންވާ އަޑިއަށް ފެތިފަިވާ ބޯޓަކަށް، މާރލިން އާއި ޑޯރީ އަށް "ޕާރޓީ" އަކަށް ދައުވަތުދެއެވެ. އަދި މިމީހުން ބްރޫސް އާއި އެއްކޮށް ދެއެވެ. އަދި މިތާ ތެރޭގައި އުޅެނިކޮށް މާރލިން އަށް ޑައިވިންގ އަށް ދާ އިރު އަޅާ މޫނުމަތިގަނޑެއް ފެނެއެވެ. މިމަތިގަނޑަކީ ނީމޯ ހިފި މީހާ ބޯޓު ދުއްވާލުމުން އެ ބޯތުން ވެއްޓުނު މޫނު މަތިގަނޑެވެ. ލިބުނު އުފާވެރިކަމެއްގެ ސަބަބުން މާރލިން ޑޯރީގެ ނޭފަތްމަތީގައި ޖެހުމުން، ޑޯރީގެ ނޭފަތުން ލޭ އަންނަ ގޮތް މެދުވެރިވެއެވެ. ލޭގެ ވަސް ބްރޫސްގެ ނޭފަތުގައި ޖެހުމުން ބްރޫސް ޑޯރީ ކާލަން ބޭނުންވެއެވެ. އަދި މުޅި ހިސާބުގައި ޑޯރީ އާއި މާރލިން ފަހާ އތުލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބްރޫސްގެ އަނެއް ދެ އެކުވެރިން ބްރޫސް އަށް ވިސްނަ ދެވޭތޯ ބެލިއެވެ. އެންމަސްތަކަކީ ކާނާ ނޫން ކަމުގައްޔާއި އެއީ އެކުވެރިން ކަމުގައި ބުނިއެވެ. "ކާނާ" މިހެން ބްރޫސް އަށް އިވުމުން ބްރޫސް މާބޮޑަށް މޮޔަވެއެވެ. ޑޯރީ އަށް ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގެ އޭ ބުނުމުން މާރލިން އޭނާ ގާތު އ މޫނުމަތީގައި ލިޔެފައިވާ އެއްޗެއް ކިޔުމަށް ބުނެއެވެ. އެހެން ނަމަވެސް ބްރޫސް އާއި ހެދި ޑޯރީ އަކަށް އޭގައި ލިޔެފައިވާ އެއްޗެއް ކިޔާނެ ފުރުސަތެއް ނުލިބުނެވެ. އަދި މިހެން ބްރޫސް ޑޯރީ އާއި މާރލިން އަތުލެވޭތޯ އުޅެނިކޮށް އޭނާ އަށް ކުރެވޭ ކަމަކުން Mine Field ގޮވައެވެ.
[އުނިއިތުރު ގެންނަވާ] ކާރޓޫނަށް އަޑު އަޅާފައިވާ ތަރިންނާއި ރޯލު
Additional voices provided by Jeff Pidgeon, Jessie Flower, Aaron Fors, Leland Grossman, Bradley Trevor Greive, Jess Harnell and Marc John Jefferies
[އުނިއިތުރު ގެންނަވާ] ކާރޓޫނުގައި ދައްކުވައި ދީފައިވާ ބައެއް މަސްތައް
[އުނިއިތުރު ގެންނަވާ] ފަރުތެރޭގައި
- މާރލިން، ކޮރަލް، އަދި ނީމޯ : ކްލައުން ފިޝް
- ޑޯރީ :
- ބްރޫސް :
- ޗަމް :
- އެންކާރ :
- މޯންސްޓަރ :
- ނައިޖެލް އަދި ގެރޭލްޑް :
[އުނިއިތުރު ގެންނަވާ] ޓޭންކްގެ ތެރޭގައި
- ގިލް : އެންޖެލް ފިޝް
- ބްލޯޓް :
- ބަބްލްސް :
- ޑެބް :
- ގަރގްލް :
- ޖެކްސް :
- ޕީޗް :
[އުނިއިތުރު ގެންނަވާ] ސްކޫލްގައި
- މިސްޓރ ރޭ :
- ޓޭޑް އަދި ފިލް :
- ޕަރލް އަދި ބޮބް :
- ޝެލްޑަން އަދި ޓެޑް :
[އުނިއިތުރު ގެންނަވާ] ހާސިލް ކޮށްފައިވާ ކާމިޔާބީ ތައް
މި ކާރޓޫނު ފިލްމު ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާސިލް ކޮށް ފައެވެ. މީގެ އިތުރަށް :


