ފަރަންސޭސިވިލާތް

ވިކިޕީޑިއާ އިން

ފްރެންޗް ރިޕަބްލިކް ނުވަތަ ފްރާންސަކީ ހުޅަނގު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. މީގެ އިތުރުން ފަރަންސޭސީންގެ ދަށުގައި އޮންނަ އޯވަސީސް އައިލެންޑްސްތަކާއި ޓެރިޓަރީތައް އެހެން ބައްރުތަކުގައި ވެސް އެބަހުއްޓެވެ. ފަރަންސޭސިވިލާތަކީ ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރާ ޤައުުމެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 82 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާ ކަމުގައިވެއެވެ. އަވަސް ކަޅިއަކުން ބަލައިލުމެއް ފަރަންސޭސިވިލާތުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އެންމެ ބޮޑު ޝަހަރަކީ ޕެރިހެވެ. ވެރިކަން ކުރަނީ ވެސް ޕެރިހުގައެވެ. މި ޤައުމަކީ ޔުނިޓަރީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. އާބާދީއަކީ 65 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.67 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ fr. އެވެ. ކޯލިން ކޯޑަކީ +33 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ. ނަން ފަރަންސޭސިވިލާތަށް އިނގިރޭސީން ކިޔާނަން ކަމުގައިވާ ފްރާންސް މިނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. ލެޓިން ބަހުން ކިޔަނީ ފްރާސިއާއެވެ. މީގެ މާނައަކީ “ފްރޭންކުންގެ ބިން” އެވެ. ނުވަތަ ފްރޭންކްލޭންޑެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޕްރޮޓޯ-ޖަރމެނިކް ބަހެއް ކަމުގައިވާ ފްރޭންކޯން މި ބަހަކީ ފްރޭންކް މި ބަހުގެ އަޞްލެވެ. މިއީ ޖެވެލިން ނުވަތަ ލޮންސި މި މާނައިގައި ބޭނުންކުރެވޭ ބަހެއް ކަމަށް ޤަބޫލުކުރެވިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި “ދަ ތްރޯވިންގ އޭކްސް އޮފް ފްރޭންކްސް އަރ އޮލްސޯ ނޯވްން އޭޒް އަ ފްރާންސިސްކާ” އެވެ. ހަނގުރާމައިގައި ފްރޭންކުން އެއްލަން ބޭނުންކުރާ ކޯރާޑީއަށް ކިޔަނީ ވެސް ފްރާންސިސްކާއެވެ. ޖުޣުރާފީ ފަރަންސޭސިވިލާތާއެކު ސީމާ ޙިއްޞާ ކުރާ ޤައުމުތަކަކީ، ގަޑީގެ ކަށިހިނގާ ބުރަށް އުތުރުން ފެށިގެން ބަލާއިރު، ބެލްޖިއަމާއި ލަގްޒެމްބާގާއި، ޖަރުމަނާއި ސްވިޒަރލޭންޑާއި، އިޓަލީ އާއި މޮނާކޯ އާއި އެންޑޯރާ އާއި ސްޕެއިނެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ގުޅާލެވިފައިވަނީ ޗެނަލް ޓަނެލް އިންނެވެ. ފަރަންސޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަންއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި އޮތް، ބިމުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ޤައުމެވެ. ޔޫރަޕަށް ބަލާއިރު ޔުކްރެއިން ފިޔަވައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ފަރަންސޭސިވިލާތުގެ ޓެރިޓަރީތަކާއި އޯވަސީސް އައިލެންޑްސްތަކާއެކު ބަލާއިރު ޔުކްރެއިނަށް ވުރެ ވެސް ފަރަންސޭސިވިިލާތުގެ އަކަމިން ބޮޑުވާނެއެވެ. ތާރީޚު މިއަދު ފަރަންސޭސިވިލާތުގެ ގޮތުގައި އޮތް ޤައުމަކީ ޤަދީމީ އަލްގާލްގެ ބިމެވެ. ފުރަތަމަ ޤަރުނު މކ. ގައި ޖޫލިޔަސް ސީޒަރު ވަނީ ފަރަންސޭސިވިލާތުގެ ބިން ހިފައި އެއީ ރޯމަން އެމްޕަޔަރގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މި ހިސާބުން ފަރަންސޭސިވިލާތުގެ ރަށްވެހީންވަނީ ރޯމަން ސްޕީޗް ނުވަތަ ލެޓިން ބަސް އެމީހުންގެ ބަހެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. މިއީ ފަރަންސޭސި ބަސް އެބަހަކުން އުފެދިގެން އައި ބަސްކަމުގައި ވެސް ވެގެންދިޔައެވެ. ޑެމޮގްރަފިކްސް އާބާދީީގައި 65 މިލިޔަން މީހުން ތިބި ފަރަންސޭސިވިލާތަކީ ދުނިޔޭގައި އާބާދީގެ ގޮތުން ބަލާއިރު 19 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ސަގާފަތު ފަރަންސޭސި ބަހަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އަދަބިއްޔާތުގެ އެންމެ މޮޅު އެއް ބަހެވެ. އެހެން ކަމުން ފަރަންސޭސި ސަގާފަތަށް ފަރަންސޭސި ބަހުގެ އަސަރުކޮށްފައިވާލެއް ވަރަށް ބޮޑެވެ. އެބައެއްގެ މާދަރީ ބަސް ދެކެ ފަޚުރުވެރިވުމަކީ ކިހައި މުހިއްމުކަމެއްކަން ދުނިޔެއަށް ދަސްކޮށްދިން އެއް ބަޔަކީ ފަރަންސޭސީންނެވެ. ތަރުޖަމާކުރުމާއި ބަހުގެ ދިރާސާތައް ކުރުމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ބަޔަކީ ފަރަންސޭސީންނެވެ. ދުނިޔޭގެ ހުރިހާ ބަހެއްގައި ހިމެނޭ އަޑުތައް، އެ ބަހުގެ އަހުލުވެރިން އަދާކުރާ ގޮތަށް ލިޔުމަށްޓަކައި “އިންޓަނޭޝަނަލް ފޮނެޓިކް އަލްފަބެޓް” އުފެއްދުމުގެ މޭސްތިރިންނަކީ ވެސް ފަރަންސޭސީންނެވެ. މިއަދު ދުނިޔޭގެ އެހެން ބަސްބަހުގެ ގަވައިދާ ފިލިހަމަ އެ ބަހަކުން ލިޔެވި ޢިލްމީ ގޮތުން އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވާ ބަހަކީ ވެސް ފަރަންސޭސި ބަހެވެ. ދުނިޔޭގައި ފަންނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެންމެ ރަނގަޅު ގޮތް ހޯދައި އެ ގޮތްތައް ތަޢުލީމުގެ ތެރޭގައި ހިމަނައިގެން ރަނގަޅު މުޖްތަމަޢެއް ބިނާކުރުމުގެ އެންމެ ބުރަ މަސައްކަތެއްކުރާ އެެއް ބަޔަކީ ވެސް ފަރަންސޭސީންނެވެ. އިޤްތިޞާދު ދުނިޔޭގައި 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮތް ފަރަންސޭސިވިލާތުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 34205 ޑޮލަރެވެ.

އެހެން ބަސްބަހުން