މޮސްކޯ

ވިކިޕީޑިއާ އިން

މޮސްކޯ:

Moscow01.jpg Russia.moscow.jpg


މޮސްކޯއަކީ ރޫސީވިލާތުގެ ވެރިކަން ކުރާރަށެވެ. އަދި އެއީ ރަޝިޔާގެ އެންމެ މީހުންގިނަ ސިޓީއެވެ. ސިޔާސީ ، އިޤްތިސާދީ ، ކަލްޗަރަލް ، ދީނީ، ތައުލީމީ، އަދި ދަތުރުފަތުރާއި ފައިސާގެ ވެސް ރަޝިޔާގެ ކެޕިޓަލަކީ މޮސްކޯއެވެ. މޮސްކޯގެ އާބާދީ ( 1 ޖެނުއަރީ 2010ގެ ) އަކީ 10562099 މީހުންނެވެ. މޮސްކޯ ވަނީ ރަޝިޔާގެ ޔޫރަޕާވީ ފަޅިގައި މޮސްކޯރިވަރ އިންވެގެންނެވެ. މޮސްކޯއަކީ ތާރީހީ ގޮތުން ސޯވިއެޓް ޔުނިއެން އާއި ރަޝިޔަން އެމްޕެރަ އަދި ޓާރޑޮމް އޮފް ރަޝިޔާ އަދި ގްރާންޑް ޑަޗީ ގެ ވެސް ވެރިރަށެވެ.


Metromap.gif Moscow111.jpg "މޮސްކޯގެ މެޓްރޯ ޗާޓް އަދި މެޓްރޯ ސްޓޭޝަނެއްގެ އެތެރެ"

މިއަދު މޮސްކޯއަކީ ދުނިޔޭގެވެސް އިޤްތިޞާދީ މައި މަރުކަޒެކެވެ. އަދި ސައިންޓިފިކް އަދި ތައުލީމީ އެތައް މައި ސެންޓަރުތަކެއް ހުންނަ ރަށެކެވެ. މޮސްކޯ އަކީ ވަރަށް ތަރައްޤީ ސިޓީއެއްކަމުން މޮސްކޯގެ މަގުތައް ވަނީ ރަގަޅު ފެންވަރެއްގައި ހަދާ ފައެވެ. ޕާކުތަކާއި ބިލްޑިންގތަކާއި އާންމު ތަންތައް ސަރުކާރުން ހަރަދުކޮށްގެން ބަލަހައްޓައެވެ. މޮސްކޯއަކީ ދުނިޔޭގައި އެންމެ މަސްހޫރު އަދި އެންމެ ކާރޫބާރުބޮޑު ސަބްވޭ ރެއިލް ސިސްޓަމް އޮންނަ ރަށެކެވެ. މޮސްކޯ މެޓްރޯ ސިސްޓަމް މަސްހޫރުވެފައިވަނީ އެތަން ހެދުމުގައި ބޭނުންކޮށް ފައިވާ ކުރެހުމާއި އެތަން ހަދާފައިވާލެއް ފުރިހަމަކަމުންނާއި އަގު ހެޔޮކަމުންނެވެ. މޮސްކޯތެރޭގެ ދަތުރު ފަތުރަށް ގިނަމީހުން ބޭނުން ކުރަނީ މެޓްރޯ އެވެ. ޕްރައިވެޓްކާރާއި ޓެކްސީ އަދި ބަހުގެ ހިދުމަތް މޮސްކޯ ސިޓީގައި ލިބެއެވެ. މޮސްކޯގައި ދަތުރު ފަތުރު ކުރުމަށް ރެއިލްވޭ އާއި އިންޓަނޭޝަނަލް ހަތަރު އެއަރޕޯޓް ހަދާފައިވެއެވެ. މޮސްކޯ މީހުން ބޭނުންކުރާ ބަހަކީ ރަޝިޔާބަހެވެ. މޮސްކޯ މީހުންނަށް އިގިރޭސިބަހުން ކިޔަނީ މޮސްކޮވައިޓް އެވެ. ރަޝިޔާ ބަހުން ކިޔަނީ މުސްކޮވިޗް އެވެ.



މޮސްކޯގެ ގަޑި: މޮސްކޯގެ ގަޑިބަލަނީ ވެސްޓަން ރަޝިޔާގެ ގަޑިއަށެވެ. އެއީ ޔޫޓީސީ ގަޑިގެ 3 ގަޑި އިރު ކުރިއަށެވެ. އަދި ވިންޓަރގައި އެގަޑި ރެފަރ ކުރުމުގައި މޮސްކޯ ސްޓޭންޑަޑް ޓައިމް އަކީ ވެސް ޔޫޓީސީ ޕްލަސް 3 ކަމަށް ބަލައެވެ. ސަމަރ މޫސުމުގައި މޮސްކޯ ސްޓޭންޑަޑް ޓައިމް އަށް އެއްގަޑިއރު އިތުރު ކުރެއެވެ. އެއީ ޔޫޓީސީ ޕްލަސް ފޯ އެވެ.


Moscow110.jpg " މޮސްކޯގެ ފެންއަރުވާ ވަޑާމެއް "


މޫސުން: މޮސްކޯގައި އޮންނަނީ ހިއުމިޑް ކޮންޓިނެންޓަލް ކްލައިމެޓެކެވެ.

Redmoscow.jpg " މޮސްކޯގެ ކްރެމްލިން ރެޑްސްކްއެރ އޭރިޔާ "

udeylia 11:37, 22 މެއި 2010 (UTC)

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން