މެޓަލިކާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މެޓަލިކާ (އިނގިރޭސިބަހުން: Metallica) އަކީ އެމެރިކާގެ ލޮސް އެންޖެލަންސްއިން ނިކުތް 'ހެވީ މެޓަލް' މިއުޒިކް ކުޅޭ ބޭންޑެކެވެ. މިބޭންޑު ފާހަގަ ކޮށްލެވެނީ އެމީހުންގެ އަވަސް ކުޅުންތަކަށާއި ހަރުކަށި މިއުޒިކީފަންނަށެވެ. އަދި މިބޭންޑްއަކީ 'ސްލޭޔަރ'، 'މެގަޑެތު' އަދި 'އެންތްރެކްސް' އާއި އެކު 'ތުރޭޝް މެޓަލް' މިވައްތަރުގެ މިއުޒިކުގެ އެންމެ ފާހަގަކޮށްލެވޭ 4 ބޭންޑެވެ. އެކުލަވާލެވުނީ 1981 ވަނަ އަހަރުއެވެ.