މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ
| Central African Republic
République centrafricaine
Ködörösêse tî Bêafrîka |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Unité, Dignité, Travail" (French) "Unity, Dignity, Work" |
||||||
| Anthem: La Renaissance (French) E Zingo (Sango) |
||||||
| Capital (and largest city) |
Bangui 4°22′N 18°35′E / 4.367°N 18.583°E |
|||||
| Official languages | Sango, French | |||||
| Demonym | Central African | |||||
| Government | Republic | |||||
| - | President | François Bozizé | ||||
| - | Prime Minister | Faustin-Archange Touadéra | ||||
| Independence | from France | |||||
| - | Date | August 13, 1960 | ||||
| Area | ||||||
| - | Total | 622,984 km2 (43rd) 240,534 sq mi |
||||
| - | Water (%) | 0 | ||||
| Population | ||||||
| - | 2009 estimate | 4,422,000[1] (124th) | ||||
| - | 2003 census | 3,895,150 | ||||
| - | Density | 7.1/km2 (191st) 18.4/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $3.222 billion[2] | ||||
| - | Per capita | $739[2] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $1.997 billion[2] | ||||
| - | Per capita | $458[2] | ||||
| Gini (1993) | 61.3 (high) | |||||
| HDI (2007) | ||||||
| Currency | Central African CFA franc (XAF) |
|||||
| Time zone | WAT (UTC+1) | |||||
| - | Summer (DST) | not observed (UTC+1) | ||||
| Drives on the | right[3] | |||||
| Internet TLD | .cf | |||||
| Calling code | 236 | |||||
ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ ސަންގޯ ބަހާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެންޓްރަލް އެފްރިކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަންގުއީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 121 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 622984 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cf. އެވެ. ކޯލިން ކޯޑަކީ +236 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ފްރޭންކެވެ.
ނަން [އުނިއިތުރު ގެންނަވާ]
އިނގިރޭސި ބަހުން މި ޤައުމުގެ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. މި ޤައުމުގެ ނަން ގުޅުވާލެވިފައިވަނީ ޤައުމު އޮތް ޖޯގްރަފިކަލް މަޤާމާއި ޤައުމުގެ ވެރިކަމުގެ ނިޒާމާއެވެ. ޖުޣުރާފީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އުތުރުގައި އޮތީ ޝާދެވެ. އިރުމަތީގައި އޮތީ ސޫދާނެވެ. ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ރިޕަބްލިކް އޮފް ކޮންގޯ އޮތީ ދެކުނުގައެވެ. ހުޅަނގުގައި އޮތީ ކެމަރޫނެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އީސާއީ މީލާދުގެ 1000 އަހަރު ކުރީއްސުރެ ފެށިގެން މީލާދީން 1000 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރުގައި އަދަމަވާ-އީސްޓަން ބަސްބަހުން ވާހަކަ ދައްކާ ބަޔަކު ކެެމަރޫން ފަޅީން ސޫދާންއާ ދިމާއަށް ދަތުރުކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ވަޒަންވެރިވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް ސަރަޙައްދުގައެވެ. ޔޫރަޕުގެ މީހުން މިހިސާބަށް ވަދެފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެމީހުން ސެންޓްރަލް އެފްދިކަން ރިޕަބްލިކާ ހަމަޔަށް އައިސްފައިވަނީ ކޮންގޯގެ މަގުން ލާފައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނީ 13 އޯގަސްޓް 1960 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ސެންޓްރަލް އެފްރިކަން ރިޕަބްލިކް މިނިވަންވީ ފަހުން މިހާތަނަށް ބަލާއިރުގައި އެ ޤައުމުގެ އާބާދީ ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެހެނީ 1960 ވަނަ އަހަރުގައި މި ޤައުމުގެ އާބާދީގައި ތިބީ 1.2 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް މިހާރު އެ ޤައުމުގެ އާބާދީގައި 4.4 މިލިޔަން މީހުން އެބަތިއްބެވެ. އ.ދ އިން ލަފާކުރާ ގޮތުގައި މި ޤައުމުގެ އާބާދީގެ ތެރެއިން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 11% މީހުންނަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހުންނެވެ. ތަފާތު 80 ވަރަކަށް ނަސްލުގެ މީހުން އުޅޭ އިރުގައި މިއިން ކޮންމެ ބަޔަކަށް ވެސް އަމިއްލަ ބަހެއް ލިބިފައިވެއެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ޢާއްމު ތަޢުލީމު ފޯރުކޮށްދެނީ ހިލެއެވެ. އެހެން ކަމާއެކު ޢުމުރުން 6 އަހަރުން ފެށިގެން 14 އަހަރާ ހަމަޔަށް ކިޔެވުމަކީ މަޖުބޫރުކަމެކެވެ. އެހެނިހެން އާދަތަކަށް ބަލާއިރުގައި މިއުޒިކަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ވެސް ވަރަށް ބޮޑު މުހިއްމުކަމެއް ދެވިފައިވާ ކަމެކެވެ. ސަގާފަތަށް ބަލާއިރުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ސަގާފަތެކެވެ. މީގެ އިތުރުން ފަރަންސޭސި ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިޤްތިޞާދު ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އެންމެ ބޮޑު އިންޕޯޓް ޕާޓްނަރަކީ ދެކުނު ކޮރެއާއެވެ. އެ ޤައުމުން ހިއްސާކުރަނީ 20.2% އެވެ. ދެން އޮތީ ފަރަންސޭސިވިލާތެވެ. ފަރަންސޭސިވިލާތުގެ ހިއްސާއަކީ 13.6% އެވެ. ކެމަރޫންގެ ހިއްސާއަކީ 7.7% އެވެ. އެންމެ ބޮޑު އެކްސްޕޯޓް ޕާޓްނަރަކީ ޖަޕާނެވެ. އެ ޤައުމުގެ ހިއްސާއަކީ 40.4% އެވެ. ބެލްޖިއަމްގެ ހިއްސާއަކީ 9.8% އެވެ. ޗައިނާގެ ހިއްސާއަކީ 8.2% އެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 739 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found