މެންގަނީޒް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މެންގަނީޒް (އިނގިރޭސި ބަހުން: Manganese)އަކީ ހަށިގަނޑަށް ބޭނުންތެރި ޓްރޭސް އެލިމެންޓްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޢުދަނެކެވެ. އާދައިގެ ބޮޑު މީހެއްގެ ހަށިގަނޑުގައި މެންގަނީޒް 12 މިލިގްރާމް އާއި 20 މިލިގްރާމްއާއި ދޭތެރޭގެ މިންވަރަކަށް ހުރެއެވެ. މީގެ ތެރެއިން ގިނަ މިންވަރެއް ކަށިތަކުގައާއި، ފުރަމޭ، ގުރުދާ އަދި ހިތުގައި އެކުލެވިގެންވެއެވެ. މެންގަނީޒް ހަށިގަނޑުގައި ހިމެނޭ އެންޒައިމް ތަކާއެކު ހަކަތަ އުފެއްދުމަށާއި، އަދި ހަށިގަނޑުގައި ހިމެނޭ ސެލޯށިތައް ފުރިހަމަ ޞިއްޙަތުގައި ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ކާނާއާއެކު ހަށިގަނޑަށް އެތެރެވާ މެންގަނީޒްގެ ތެރެއިން 5-3 އިންސައްތައާއި ދެމެދުގެ މިންވަރެއް މެނުވީ ހަށިގަނޑަށް ބޭނުން ހިފޭގޮތެއް ނުވެއެވެ. އެކަމަކު މެންގަނީޒް ހަށިގަނޑުން މަދުވުމަކީ ވަރަށް މަދު ފަހަރަކު ނޫނީ ދިމާވާ ކަމެއް ނޫނެވެ. މެންގަނީޒް މަދުވުމުން ދިމާވާ ކަންތައްތަކުގެ ތެރޭގައި ކަށި ގިރުމުގެ ބަލި، އަދި ހަކުރު ބައްޔަށް މީހާ ހުށަހެޅޭގޮތް ވެއެވެ. މެންގަނީޒްގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އަކީ 5-2 މިލިގްރާމް އާއި ދޭތެރޭގެ އަދަދެކެވެ. މިމާއްދާ ލިބޭ ބާވަތްތަކުގެ ތެރޭގައި ފެހިކުލަގަދަ ފަތް، މޭވާ އަދި މުގުގުގެ ބާވަތްތައް ހިމެނެއެވެ. މެންގަނީޒް އަކީ ބޭހެއްގެ ގޮތުގައި ދެވޭ ބާވަތެއް ވެސް މެއެވެ. އެގޮތުން ވެއްޓޭ ބަލި، ހަކުރު ބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. މިއީ ގިނައިން ކެވުނު ކަމުގައި ވިޔަސް ވިހަވުން ވަރަށް ދުރު މާއްދާ އެކެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003