ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު

ވިކިޕީޑިއާ އިން

(މިސްރާބުކުރެވުނީ މުޙައްމަދު ވަޙީދު ޙަސަން މަނިކު އިން)
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު

Incumbent
Assumed office 
ނޮވެމްބަރ 11، 2008
President މުޙައްމަދު ނަޝީދު
Preceded by Position Created

Born ޖެނުއަރީ 3, 1953 (1953-01-03) (age 56)
މާލެ, ދިވެހިރާއްޖެ
Political party National Alliance
(Gaumee Iththihaadh)
Spouse ޢިލްހާމް ހުސެއިން
Religion ސުންނީ މުސްލިމް


ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު

ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ފަރާތެވެ. ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީއެޗްޑީ ޙާޞިލްކުރެއްވީ އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޑިޔުކޭޝަން ގެ ދާއިރާއިން 1987 ވަނަ އަހަރު އެވެ.

ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަށް 1970 ވަނަ އަހަރު ލުބުނާންގައި ހުންނަ އެމެރިކަން ޔުނިވަސިޓީ އިން ބެއިރޫތު އިން ޖާގަލިބުނެވެ. އެތާގައި އިގިރޭސި ބަހުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވި އެވެ. އެއަށްފަހު 1978 ވަނަ އަހަރު އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީއިން މާސްޓާރސް ހެދުމަށް ފުރުޞަތު ލިބުނެވެ. އެފަހަރު މާސްޓާރސް ހެއްދެވީ އެޑިޔުކޭޝަން ޕްލޭނިންގ ދާއިރާއިންނެވެ. އެއަށް 1985 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އިން މާސްޓާރސް ސްޓެންފޯރޑް ޔުނިވަސިޓީގައި ފުރިހަމަ ކުރެއްވި އެވެ.

ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ ދިވެހި ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތައް ފުރުއްވާފައެވެ. މިހާރު ހުންނެވީ ދެކުނު އޭޝިޔާގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ޔުނިސެފްގެ މުޝީރެއްގެ މަގާމް ގައެވެ. އެއަށްފަހު ރާއްޖޭއަށް މަލްޓި.ޕާޓީ ސިސްޓަމް ތައާރަފްވުމާގުޅިގެން،2008ވަނަ އަހަރުރާއްޖޭގަ ބޭއްވުނު ފުރަތަމަ ޕަލްޓިޕާޓީ އިލެކްޝަންގެ ރާއްޖޭގަ މިހާރު ރައީސްއަކަށް ހުންނެވި އަލްފާޟިލް މުޙައްމަދު ނަޝީދުގެ ރަނިބންމޭޓެއްގެ ގޮތުގަ އިންތިޚާބުވާދަކުރެއްވި. އަދި މިހާރު ޑރ.މުހައްމަދު ވަހީދު ހަސަންމަނިކަކީ ރާއްޖޭގެ ނައިބުރާއީސް.

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލި މީހުންގެ ތެރެއިން މީހެކެވެ. އެދުވަސްވަރު ޑރ. ވަހީދަކީ ރައްޔަތުންގެ މަޖިލީހުގެ ގޮނޑިއަކަށް އެންމެ މަތީ އަޢްލަބިއްޔަތަކުން ހޮވުނު މީހާއެވެ. މީގެ އިތުރުން ޔުނިސެފްގެ އެންމެ މަތީ ވަޒީފާގައިވެސް މަސައްކަތް ކޮށްފައި ވެއެވެ. ބަންގްލާދޭޝް، ޓެންޒޭނިއާގައި މަސައްކަތް ކުރެއްވިއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޔަމަން، އަފްޢާނިސްތާން، މެސެޑޯނިއާ، މޮންޓިނީގްރޯ އަދި ތުރުކްމަނިސްތާނުގައި ހުންނަވާ ޔުނިސެޕްގެ ރެޕްރެސެންޓޭޓިވް އެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވެއެވެ. ޔޫއެންގެ ޑެވެލޮޕްމެންޓް ގްރޫޕްގެ އަދި އަފްޢާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރަކަށްވެސް ހުންނެވިއެވެ