މުސިންބީ
| Republic of Mozambique
República de Moçambique
|
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Pátria Amada (formerly Viva, Viva a FRELIMO) |
||||||
| Capital (and largest city) |
Maputo 25°57′S 32°35′E / 25.95°S 32.583°E |
|||||
| Official languages | Portuguese | |||||
| Vernacular languages | Swahili, Makhuwa, Sena | |||||
| Demonym | Mozambican | |||||
| Government | Republic | |||||
| - | President | Armando Guebuza | ||||
| - | Prime Minister | Luísa Diogo | ||||
| Independence | ||||||
| - | from Portugal | June 25, 1975 | ||||
| Area | ||||||
| - | Total | 801,590 km2 (35th) 309,496 sq mi |
||||
| - | Water (%) | 2.2 | ||||
| Population | ||||||
| - | 2009 estimate | 22,894,000[1] (54th) | ||||
| - | 2007 census | 21,397,000 (52nd) | ||||
| - | Density | 28.7/km2 (178th) 74.3/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $18.740 billion[2] | ||||
| - | Per capita | $903[2] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $9.897 billion[2] | ||||
| - | Per capita | $477[2] | ||||
| Gini (1996–97) | 39.6 (medium) | |||||
| HDI (2007) | ||||||
| Currency | Mozambican metical (Mtn) (MZN) |
|||||
| Time zone | CAT (UTC+2) | |||||
| - | Summer (DST) | not observed (UTC+2) | ||||
| Drives on the | left | |||||
| Internet TLD | .mz | |||||
| Calling code | 258 | |||||
| 1 | Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. | |||||
ރިޕަބްލިކް އޮފް މޮޒަންބީކް ނުވަތަ ދިވެހި ބަހުން ކިޔާ ގޮތުން ނަމަ މުސިންބީއަކީ ދެކުނު އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
މުސިންބީގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަހާއި މަކުވާ ބަހާއި ސޭނާ ބަސް ވަރްނެކިއުލާ ލޭންގުއޭޖަސްތަކުގެ ގޮތުގައި ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މުސިންބީ މީހުންނަށް ކިޔަނީ މޮޒަންބީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަޕޫޓޯއެވެ. މުސިންބީގެ ވެރިރަށަކީ ވެސް މަޕޫޓޯއެވެ. މުސިންބީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 51 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.8 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mz. އެވެ. ކޯލިން ކޯޑަކީ +258 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮޒަންބީކަން މެޓިކަލްއެވެ.
ނަން [އުނިއިތުރު ގެންނަވާ]
މުސިންބީގެ ނަން ކަމުގައިވާ މޮޒަންބީކް ނުވަތަ މުސަންބީކް މި ނަން ނިސްބަތްވަނީ މި ސަރަޙައްދުގެ ކުރީގެ ވެރިއެއް ކަމުގައިވާ މޫސާ ބިން އެމްބިކީއަށެވެ. ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ “މުސިންބީ” މި ނަން އެންމެ ފުރަތަމަ ލިޔުމެއްގައި ބޭނުން ކުރައްވާފައިވާ ކަމަށް ފެންނަނީ މަޝްހޫރު ދިވެހި ޝާޢިރު ބަނޑޭރި ޙަސަން މަނިކުފާނެވެ. އެއީ އެ މަނިކުފާނުގެ ދިޔޯގެ ރައިވަރުގައެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
މުސިންބީގެ އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ މަލާވީ އާއި ޒެންބިއާއެވެ. ހުޅަނގުގައި އޮތީ ޒިންބާބުވޭއެވެ. ހުޅަނގު ދެކުނުގައި އޮތީ ސްވާޒިލޭންޑާއި ދެކުނު އެފްރިކާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މީލާދީން ފުރަތަމަ ޤަރުނާއި ފަސްވަނަ ޤަރުނާ ދެމެދު ހުޅަނގު އެފްރިކާއިން ހިޖުރަކުރަމުން ދިޔަ ބަންޓުވީން ވަނީ މުސިންބީއާ ހަމަޔަށް ވެސް އައިސްފައެވެ. އެމީހުން ވަނީ އެ ހިސާބުގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ. އިރުމަތީ އެފްރިކާއަށް ޕޯޗުގީޒުން އައިސްފައިވަނީ 1498 ގައެވެ. ވަސްކޮޑަގާމާގެ ޤިޔާދަތުގެ ދަށުގައި ޕޯޗުގީޒުން 1498 ގައި ކޭފުކޮޅު (ކޭޕް އޮފް ގުޑް ހޯޕް) ވަށާލާފައި އިންޑިޔާ ކަނޑަށް ވަނުން ވެގެން ދިޔައީ ޕޯޗުގީޒުންގެ ކޮލޮނީތައް އިންޑިޔާ ކަނޑުގެ އެެތަން މިތާގައި ޤާއިމުވެގެން ދިއުމުގެ ސަބަބަކަށެވެ. މީލާދީން 1505 ގައި ޕޯޗުގީޒުންގެ ކޮލޮނީއަކަށް މުސިންބީވިއެވެ. ފަހުން މުސިންބީ ވެގެން ދިޔައީ އަޅުންގެ ވިޔަފާރީގައި ވަރަށް ބޮޑަށް ޝާމިލުވެފައި އޮތް ސަރަޙައްދަކަށެވެ. އެފްރިކާގެ ޤަބީލާތަކުގެ ވެރިންނާއި ޢަރަބި ވިޔަފާރިވެރިންނާއި ޕޯޗުގީޒުން ދިޔައީ ޒުވާން ކުދިން ގެނެސް އަޅުންގެ ގޮތުގައި ވިއްކަމުންނެވެ. 20 ވަނަ ޤަރުނާ ހަމައިން މުސިންބީގެ އިދާރީ ގިނަ ކަންތައްތައް ޕޯޗުގީޒުން އޮތީ ޕްރައިވެޓް ކުންފުނިތަކަށް ދޫކޮށްލާފައެވެ. 20 ވަނަ ޤަރުނުގެ ތެރޭގައި އަޅުންގެ ވިޔަފާރި ނުކުރެވުނު ނަމަވެސް މުސިންބީގައި ގަދަކަމުން މަސައްކަތް ކުރުވުމާއި ވަރަށް ކުޑަ މުސާރައަކަށް މަސައްކަތް ކުރަން މަޖުބޫރުކުރުވާފައިވާ ކަން ފާހަގަ ކުރެވެއެވެ. މުސިންބީއަށް ޕޯޗުގީޒުންގެ ކިބައިން ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޖޫން 1975 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
މުސިންބީގެ އާބާދީއަށް ބަލާއިރު ކްރިސްޓިއަން ދީނަށް ތަބާވަނީ 41.3% އެވެ. މުސްލިމުންނަކީ 17.8% އެވެ. އެހެން ދީންތަކަށް ތަބާވަނީ 16.8% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ނިސްބަތަކީ 21.1% އެވެ. މުސިންބީގެ ރަސްމީ ބަސް ކަމުގައިވާ ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ޤައުމުގެ އާބާދީގެ 40% މީހުންނެވެ. މީގެ ތެރެއިން 33.5% މީހުން ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. މިއީ ބަންޓޫ މީހުންނެވެ. އަމިއްލަ މާދަރީ ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ އެންމެ 6.5% މީހުންނެވެ. މި މީހުންނަކީ މުސިންބީގެ ދޮން މީހުންނެވެ. މުސިންބީގެ އަންހެނަކު އެވަރެޖުކޮށް 5 ކުދީން ވިހައެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
މިއަދު މުޅި ދުނިޔޭގައި ވެސް އެފްރިކާގެ ޤަދީމީ ސަގާފަތުގެ އަސަރު އެންމެ ބޮޑަށް ފެންނަ އެއް ޤައުމަކީ މުސިންބީ ކަމުގައި ބުނެވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
މުސިންބީގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ބޭންކް އޮފް މޮޒަންބީކުން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 903 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found