މުޅާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުޅާ

މުޅާ (ސައިންޓިފިކް ނަން: Raphanus sativus)ނުވަތަ (އިނގިރޭސި ބަހުން: radish)އަކީ ގޮނޑިލައިގެން އަޑިއަށް ނުވަތަ ބިންގަނޑުގެ ތެރެއަށް ފައިބާ ތަރުކާރީގެ ބާވަތެކެވެ. މުޅާ ގަހުގެ އަޑިއަށް ފައިބާ ބަޔަށް ކިޔަނީ މުޅާ ގޮނޑިއެވެ. މިހާރު މުޅާ މަޝްހޫރު ވެފައި އޮންނަނީ ރެޑިޝް ގެ ނަމުންނެވެ. މުޅާގެ އެކިސައިޒަށް އެކިވަރަށް ހުންނަ ތަފާތު ވައްތަރުތައް ހުރެއެވެ. މުޅާ އަކީ ފިނި މޫސުމުގެ ދުވަސްވަރާއި ހޫނު މޫސުމުގެ ދުވަސްވަރު ހެދިބޮޑުވުމުގައި ތަފާތު ތަކެއް ހުންނަ ތަރުކާރީ އެކެވެ. އެގޮތުން ހޫނު މޫސުމުގައި ހެދޭ ވައްތަރުތަކުގެ މުޅާ ހެދިބޮޑުވާލެން އަވަސްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

މުޅާ އަކީ ވިޓަމިން ސީ، ފޮލިކް އެސިޑް އަދި ޕޮޓޭސިއަމް އިން މުއްސަދިވެފައިވާ ތަރުކާރީގެ ބާވަތެކެވެ. މީގެ އިތުރުން ވިޓަމިން ބީމެގްނީޒިއަމް، އަދި ކެލްސިއަމް ފަދަ މާއްދާތައް ވެސް މުޅާގައި އެކުލެވިގެން ވެއެވެ.