މުރަނގަ ތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުރަނގަ ތޮޅި

މުރަނގަ ތޮޅި(އިނގިރޭސި ބަހުން: Drumstick)އަކީ މުރަނގަ ގަހުގެ ތޮޅި އެވެ. މުރަނގަ ގަސް (ސައިންޓިފިކް ނަން: Moringa oleifera) ހިމަދިގު ތޮޅިއެއް އަޅާ، ފަތް ދިގު ގަހެކެވެ. މިތޮޅި އަކީ މުރަނގަ ތޮޅި އެވެ މިގަހުގެ ތޮޅިއާއި ފަތަކީ ވަރަށް ފައިދާހުރި ކާއެއްޗެކެވެ. މިގަހުގެ ފަންސަނގަކީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. މުރަނގަ ތޮޅިން ރިހަ ކައްކާއިރު ފަތް ތެތުލައިގެންނާއި ހުހަށް ވެސް ކެއުމުގައި ބޭނުން ކުރެއެވެ.

މުރަނގަ ތޮޅި އަކީ އޭގައި ތަފާތު ވައްތަރުގެ ވިޓަމިންތައް އެކުލެވޭ ތޮޅި އެކެވެ. މިއީ ދެކުނު އޭޝިޔާގެ ގައުމު ތަކުގައި ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތޮޅި އެކެވެ. މުރަނގަ ގަހުގެ މާ، ފަތް، ތޮޅި، ތޮށި ފަދަ ތަކެއްޗަކީ ދިވެހި ބޭސްވެރިކަމާއި ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ބާވަތްތަކެކެވެ.