މަޑަގަސްކަރަ
|
Republic of Madagascar
Repoblikan'i Madagasikara République de Madagascar |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: Tanindrazana, Fahafahana, Fandrosoana (Malagasy) Patrie, liberté, progrès (French) "Fatherland, Liberty, Progress" |
||||||
| Anthem: Ry Tanindrazanay malala ô! Oh, Our Beloved Fatherland |
||||||
| Capital (and largest city) |
Antananarivo 18°55′S 47°31′E / 18.917°S 47.517°E |
|||||
| Official languages | Malagasy, French, English1 | |||||
| Demonym | Malagasy[1] | |||||
| Government | Caretaker government | |||||
| - | President of the High Transitional Authority | Andry Rajoelina | ||||
| - | Prime Minister | Vital Albert Camille | ||||
| Independence | from France | |||||
| - | Date | 26 June 1960 | ||||
| Area | ||||||
| - | Total | 587,041 km2 (45th) 226,597 sq mi |
||||
| - | Water (%) | 0.13% | ||||
| Population | ||||||
| - | 2009 estimate | 19,625,000[2] (55th) | ||||
| - | 1993 census | 12,238,914 | ||||
| - | Density | 33.4/km2 (171st) 86.6/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $20.135 billion[3] | ||||
| - | Per capita | $996[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $9.463 billion[3] | ||||
| - | Per capita | $468[3] | ||||
| Gini (2001) | 47.5 (high) | |||||
| HDI (2007) | ||||||
| Currency | Malagasy ariary (MGA) |
|||||
| Time zone | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| Drives on the | right | |||||
| Internet TLD | .mg | |||||
| Calling code | +261 | |||||
| 1Official languages since 27 April 2007. | ||||||
މަޑަގަސްކަރައަކީ އެފްރިކާއަށް ނިސްބަތްވާ ޤައުމެއްގެ ގޮތުގައި ބެލެވެމުން އަންނަ ޤައުމެކެވެ. އެފްރިކާ ބައްރުގެ މައި ބިމާ ގާތުގައި ވަކި ރަށެއްގެ ގޮތުގައި އޮންނަ މަޑަގަސްކަރައަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު ރަށެވެ. މަޑަގަސްކަރައަކީ ދުނިޔޭގެ ގަސްގަހާގެއްސާއި ޖަނަވާރުތަކުގެ 5% ގެ ގޮވަތި ކަމުގައެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައިގެ ރަސްމީ ބަހަކީ މަލަގާސީ ބަހާއި، ފަރަންސޭސި ބަހާއި، އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މަޑަގަސްކަރައިގެ މީހުންނަށް ކިޔަނީ މަލަގާސީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަންތަނަނާރިވޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް އަންތަނަނާރިވޯއެވެ. މަޑަގަސްކަރައިގައި މިވަގުތު އޮތީ ކެއަރޓޭކަރ ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 19 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 57 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mg. އެވެ. ކޯލިން ކޯޑަކީ +261 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަލަގާސީ އަރިއާރީއެވެ.
ނަން[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައިގެ ނަމުގެ މާނައަކީ މަލަގާސީންގެ ޤައުމުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެން ނަމަވެސް މި ނަޒަރިއްޔާއަކީ މުޅީން ޞައްޙަ ނަޒަރިއްޔާއެއް ކަމަށް ބައެއް ޢިލްމުވެރިން ޤަބޫލެއް ނުކުރައްވައެވެ. އެހެން ނަމަވެސް މަޑަގަސްކަރައިން ގަސްތުކުރެވޭ މާނައެއް އެބޭފުޅުންނަކަށް ވިދާޅުވެދެއްވިފައެއް ނުވެއެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 46 ވަނައަށް އެންމެ ބޮޑު ޤައުމެވެ. ވަކި ރަށްރަށަށް ބަލާއިރު ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ރަށަކީ މަޑަގަސްކަރައެވެ. އެހެން ޤައުމުތަކާ އަޅާކިޔުމުގެ ގޮތުން ބަލާއިރު މަޑަގަސްކަރަ ފަރަންސޭސިވިލާތަށް ވުރެ ކުޑަތަންކޮޅެއް ބޮޑެވެ. މަޑަގަސްކަރަ އޮތީ އެފްރިކާގެ އިރުމަތީ އައްސޭރިއާ ދިމާލުން އިންޑިޔާ ކަނޑުގައެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
އިރުމަތީ ގޮންޑަވާނާގެ ގޮތުގައި މަޑަގަސްކަރައިގެ ސަރަޙައްދު އެފްރިކާގެ މައި ބައްރާ ވަކިވި ކަމަށް ބެލެވިފައިވަނީ މީގެ 160 މިލިޔަން އަހަރު ކުރީންނެވެ. ރަށެއްގެ ގޮތުގައި މަޑަގަސްކަރަ އުފެދުނީ މީގެ 80 ނުވަތަ 100 މިލިޔަން އަހަރުކުރީން ހިންދުސްތާނުގެ ކުޑަބައްރުން މި ބިން ވަކިވުމާ ހަމައިންނެވެ.ތާރީޚީ ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މަޑަގަސްކަރައިގައި މީހުން އާބާދުވެފައިވަނީ މީލާދީން 200 ވަނަ އަހަރާއި 500 ވަނަ އަހަރާ ދެމެދުގައެވެ. އެއީ މިހާރުގެ އިންޑޮނޭޝިޔާ ސަރަޙައްދުން ކަނޑުމަގުން އައި ދަތުރުވެރީން އެ ރަށުގައި ވަޒަންވެރިވުމުންނެވެ. ބަންޓޫ ދަރިކޮޅުގެ މީހުން މަޑަގަސްކަރައަށް އައިސްފައިވަނީ މުސިންބީ ކަނޑު ހުރަސްކުރުމަށް ފަހުގައި ކަމަށް ބެލެވިފައިވެއެވެ. މެދު ޒަމާނުގައި މަޑަގަސްކަރައިގެ ދެކުނުގައި ރަސްކަމެއް ޤާއިމުކުރެއްވި އެންތެއިމޯރޯ ޤަބޫލުކުރައްވާ ގޮތުގައި އެބޭފުޅުންނަކީ ސޯމާލިޔާއިން އައި ބައެއްގެ ދަރިކޮޅެވެ. މަޑަގަސްކަރައިގެ ތާރީޚު ފެށިފައިވަނީ މީލާދީން 7 ވަނަ ޤަރުނުގައި ވިޔަފާރިވެރިންގެ ގޮތުގައި މުސްލިމުން މަޑަގަސްކަރައަށް އައި ހިސާބުން ފެށިގެންނެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައިގެ މީހުންނަކީ ނަސްލުގެ ގޮތުން ބަލާއިރު ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ އިތުރުން އެފްރިކާ އާއި މެދުއިރުމައްޗާއި ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ބައެކެވެ. މި ދެންނެވި ތަންތަނުގެ މީހުން އައިސް ވަޒަންވެރިވުމުގެ ސަބަބުން ނަސްލުތައް ވަނީ މަސްހުނިވެފައެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައިގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުކޮށްފައިވާ އެކައްޗަކީ ޢަރަބި ބަހެވެ. މި ގޮތުން ބަލާއިރު މޫސުމްތަކަށާއި މަސްމަހަށާއި ދުވަސްތަކަށް މަލަގާސީ ބަހުން ކިޔާ ނަންތަކަކީ ޢަރަބި ބަހުން އައިސްފައިވާ ނަންތަކެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
މަޑަގަސްކަރައަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ވެނީލާ އުފައްދައި އެކްސްޕޯޓް ކުރާ ޤައުމެވެ. މަޑަގަސްކަރައިގެ އިޤްތިޞާދަކީ މާ ވަރުގަދަ އިޤްތިޞާދެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އިޤްތިޞާދު އަންނަނީ ފުޅާވަމުން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 996 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found