މައްޗަށްއަރާ ފަލަ ގޮހޮރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
މައްޗަށްއަރާ ފަލަ ގޮހޮރު
Dickdarm-Schema.svg
1: Ascending colon
2: Transverse colon
3: Descending colon
4: Sigmoid colon
5: Rectum
Gray1223.png
Front of abdomen, showing surface markings for liver, stomach, and great intestine.
Latin colon ascendens
Gray's subject #249 1180
Artery Right colic artery
Vein Right colic vein
Nerve celiac ganglia, vagus [1]
Precursor Midgut
Dorlands/Elsevier c_47/12249866

މައްޗަށްއަރާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Ascending colon) އަކީ ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް، ހުރަސް ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށްވާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު(އިނގިރޭސި ބަހުން: Iliac region) އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވެފައި، މައްޗަށްއަރާ ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގެ ފުރަތަމަބައި ކަމަށްވާތީ މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus nerve)ގެ ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ.


ކުރިންވެސް ބުނެވުނު ހެން މައްޗަށްއަރާ ފަލަ ގޮހޮރު އޮންނަނީ ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް، ހުރަސް ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށެވެ. މައްޗަށްއަރާ ފަލަ ގޮހޮރު ކުރިމަތިންނާއި ދެއަރިމަތިން ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި ކުރިމަތިންނާއި އަރިމަތިން މައްޗަށްއަރާ ފަލަ ގޮހޮރު އިންނަނީ އެންޓިރީއާ އެބްޑަމިނަލް ވޯލްގެ މަސްތަކުގައި ޖެހިފައެވެ. ނަމަވެސް އެންޓިރީއާ އެބްޑަމިނަލް ވޯލް އާއި މައްޗަށްއަރާ ފަލަ ގޮހޮރު ވަކިކޮށްދޭ ހުރަހެއް ލެވިފައި ވެއެވެ. އެއީ ކުޑަ ގޮހޮރުގެ ކޮއިލް ތަކާއި، ގްރޭޓަރ އޯމެންޓަމް އެވެ.


މައްޗަށްއަރާ ފަލަ ގޮހޮރުގެ ފުރަގަސް ނުވަތަ ފަހަތް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެއް ނުވެއެވެ. އަދި މައްޗަށްއަރާ ފަލަ ގޮހޮރު އޮންނަނީ ތިރިން މައްޗަށް ވާގޮތަށް އަންނަނިވި ބައިތަކުގެ މަތީގައި ޖައްސާލައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. އެބައިތަކަކީ އިލިއަކަސް މަސްގަނޑު، އިލިއެކް ކްރެސްޓް، ކޯޑްރޭޓަސް ލަމްބޯރަމް، އަދި ކަނާތު ގުރުދާގެ މަތީގައި ޖަހާފައިވާ ސަރުބީ ތަކެވެ. މިބުނި ބައިތަކާއި މައްޗަށްއަރާ ފަލަ ގޮހޮރު ވަކިކުރުމަށް އެދެމެދުން ފަލަސްމަސްގަނޑުއަށް ގޮސްފައި ލެޗުރަލް ކިޔޫޓެނިއަސް ނާރު ވެއެވެ. އަދި ބައެއް ފަހަރު އިލިއޯހައިޕޯގެސްޓްރިކް ނާރު ތައް ވެސް މިދެމެދުން ގޮސްފައި ހުރެއެވެ.


މައްޗަށްއަރާ ފަލަ ގޮހޮރު އަށް ލޭފޯރުކޮށްދެނީ އިލިއޯކޮލިކް އާޓަރީ އަދި ކަނާތު ކޮލިކް އާޓަރީ އިންނެވެ. މިދެލޭހޮޅި އަކީ ވެސް ސްޕިރީއާ މިސެންޓިރިކް އާޓަރީ އިން އައިސްފައިވާ ދެލޭހޮޅި އެވެ. 15-5 އިންސައްތަ މީހުންގެ ކަނާތު ކޮލިކް އާޓަރީ ނުހުންނަކަން ފާހަގަ ކުރެވެއެވެ.

  1. ފަންވަތް:GeorgiaPhysiology