މައްޗަށްއަރާ އެއޯޓާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
އެއޯޓާގެ ބައިތައް ދައްކައިދޭ ކުރެހުމެއް
އެއޯޓާގެ ބައިތައް ދައްކުވައިދޭ ކުރެހުމެއް


މައްޗަށްއަރާ އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Ascending aorta) އަކީ އެއޯޓާ ހިތުން ނިކުމެފައިވާ ހިސާބުން ފެށިގެން އެއޯޓާގެ އަރޗް އާއި ދެމެދުގައިވާ ބަޔެވެ. މިބައިގެ ދިގުމިނަކީ ގާތްގަނޑަކަށް 5 ސެންޓިމީޓަރު އެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފުރަތަމަ ބައޭ ވެސް ބުނެވިދާނެއެވެ. އެއޯޓާ ހިތުން ނިކުމެފައިވާ އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. މައްޗަށްއަރާ އެއޯޓާ އިން ކުރިފަޅައި ނިކުމެފައިވާ ދެ އާޓަރީ އަކީ ދެ ކޮރަނެރީ އާޓަރީ(Coronary artery) އެވެ. މިއީ ހިތުގެ ބައިތަކަށް ލޭ ފޯރުކޮށްދޭ މައިގަނޑު ދެ ލޭނާރެވެ.