މައުރިބު
| Kingdom of Morocco
المملكة المغربية
al-Mamlaka al-Maġribiyya |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Allāh, al Waṭan, al Malik" (transliteration) "God, Nation, King" |
||||||
| Anthem: "Hymne Chérifien" |
||||||
|
The striped area on the map shows the Western Sahara, most of which is de facto administered by Morocco as its "Southern Provinces". Its sovereignty is currently in dispute
|
||||||
| Capital | Rabat 34°02′N 6°51′W / 34.033°N 6.85°W |
|||||
| (and largest city) | Casablanca | |||||
| Official languages | Arabic[1] | |||||
| Second language | French | |||||
| Ethnic groups | Arab-Berber 99.1%, other 0.7%, Jewish 0.2%[2] | |||||
| Demonym | Moroccan | |||||
| Government | Constitutional monarchy | |||||
| - | King | Mohammed VI | ||||
| - | Prime Minister | Abbas El Fassi | ||||
| Unification | 1554 | |||||
| - | Unified by Saadi dynasty | 1554 | ||||
| - | Alaouite dynasty (present) | 1666 | ||||
| - | Independence from France | March 2, 1956 | ||||
| - | Independence from Spain | April 7, 1956 | ||||
| Area | ||||||
| - | Total | 446,550 km2 (57th) 172,414 sq mi |
||||
| - | Water (%) | 250km² (0,056%) | ||||
| Population | ||||||
| - | 2009 estimate | 31,993,000[3] (37th) | ||||
| - | 2004 census | 29,680,069[3] | ||||
| - | Density | 71.6/km2 (122nd) 185.5/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $137.126 billion[4] (57th) | ||||
| - | Per capita | $4,362[4] (115th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $88.879 billion[4] (61st) | ||||
| - | Per capita | $2,827[4] (109th) | ||||
| HDI (2007) | ||||||
| Currency | Moroccan dirham (MAD) |
|||||
| Time zone | WET (UTC+0) | |||||
| - | Summer (DST) | WEST (UTC+1) | ||||
| Drives on the | right | |||||
| Internet TLD | .ma | |||||
| Calling code | +212 | |||||
| *All data excludes the Western Sahara, much of which is under Moroccan de facto administrative control. | ||||||
| 1 | French is widely used in official government texts, and by the business community, though neither instance is 'official.' Moroccan Arabic, an Arabic vernacular, is the most common native language. Amazigh or Berber languages are also widely spoken. | |||||
ކިންގްޑަމް އޮފް މޮރޮކޯ ނުވަތަ މަޣުރިބަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
މަޣުރިބުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން މަޣުރިބުގެ މީހުންނަށް ކިޔަނީ މޮރޮކަންސްއެވެ. މަޣުރިބުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަސަބްލަންކާއެވެ. މަޣުރިބުގެ ވެރިރަށަކީ ރަބާޠެވެ. މަޣުރިބަކީ ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 38 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ma. އެވެ. ކޯލިން ކޯޑަކީ +212 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮރޮކަން ދިރްހަމެވެ.
ނަން[އުނިއިތުރު ގެންނަވާ]
މަޣުރިބަށް ޢަރަބި ބަހުން ކިޔަނީ މަމްލަކަތުލް މަޣްރިބިއްޔާއެވެ. މީގެ މާނައަކީ ހުޅަނގުގެ ރަސްކަމެވެ. އަލްމަޣުރިބުގެ މާނައަކީ ހުޅަނގެވެ. ކުރިން ޢަރަބި ދަތުރުވެރިން މިތަނަށް ކިޔައި އުޅެނީ އަލްމަޣްރިބުލްއަޤްޞާ އެވެ. މީގެ މާނައަކީ އެންމެ ދުރުގައިވާ ހުޅަނގެވެ. އަލްމަޣްރިބުލްއަޥްސަޠު އަކީ ޖަޒާއިރެވެ. މީގެ މާނައަކީ މެދު ހުޅަނގެވެ. އަލްމަޣްރިބުލް އަދްނާ އަކީ ތޫނިސްއެވެ. މީގެ މާނައަކީ ކައިރި ހުޅަނގެވެ. އިނގިރޭސި ބަހުން މަޣްރިބަށް ކިޔާ ނަން ކަމުގައިވާ މޮރޮކޯގެ ނަން ނެގިފައިވަނީ މުރާކިޝް މިނަމުންނެވެ. ފާރިސީ ބަހުން މަޣުރިބަށް ކިޔަނީ މަރާކިޝްއެވެ. ތުރުކީން ކިޔަނީ ފާސްއެވެ. “މުރާކިޝް” މިބަހުގެ އަޞްލަކީ ބަރްބަރީ ބަހުން މި ބިމަށް ކިޔާފައިވާ ނަން ކަމުގައިވާ މުރްއާކުޝް މި ނަމުންނެވެ. މީގެ މާނައަކީ އިލާހު ގެ ބިމެވެ. ކުރީ ޒަމާނުގައި މަޣުރިބަށް މުރިޓާނިޔާއޭ ވެސް ކިޔާފައިވެއެވެ. އެއީ މިހާރު މި އޮންނަ މުރިޓާނިޔާއެއް ނޫނެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
މަޣުރިބުގެ އިރުމަތީގައި އޮތީ ޖަޒާއިރެވެ. އުތުރުގައި އޮތީ ސްޕެއިނެވެ. ދެކުނުގައި އޮތީ ވެސްޓަރން ސަހަރާއެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މަޣުރިބުގެ ތާރީޚަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ 8000 އަހަރު ކުރީން ވެސް އެ ޤައުމުގެ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ. ރޯމަނުންގެ ވެރިކަން ވެސް މަޣުރިބުގެ މައްޗަށް ހިނގާފައިވެއެވެ. އޭގެ ފަހުން އިރުމަތީގެ ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރގެ ވެރިކަން ވެސް ހިނގާފައިވެއެވެ. ދެން މަޣުރިބުގެ ތާރީޚުން ފެންނަން އޮތީ އިސްލާމީ ވެރިކަމުގެ ދުވަސްތަކެވެ. މީލާދީން ހަތްވަނަ ޤަރުނާ ހަމަޔަށް އައި އިރު މުސްލިމުންވަނީ އިސްލާމީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. މީލާދީން 670 ވަނަ އަހަރުގައި މުސްލިމުންގެ ފާތިޙުން މަޣުރިބާ ހަމަޔަށް އައެވެ. އެއީ އުމަވީ ޚިލާފަތުގެ ތެރޭގައެވެ. އިސްލާމް ދީން ގެނައީ ޢަރަބީން ކަމުގައިވާތީ، މުސްލިމުންނާއެކު ޢަރަބި ސަގާފަތްތައް ވެސް އެމީހުން ވަނީ ގެނެސްފައެވެ. ދުވަސްކޮޅަކުން މަޣުރިބުގައި ފެށުނީ އިދްރީސީންގެ ވެރިކަމެވެ. އެހެން ކަމުން ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތާއި އަންދަލުސްގައި އޮތް އުމަވީ ވެރިކަމުގެ ދަށުން މަޣުރިބު ނެއްޓިގެންދިޔައެވެ. ފަހުން މަޣުރިބުގައި ވެސް އަންދަލުސްގައި ވެސް ވެރިކަންކުރީ ބަރްބަރީ ނަސްލަށް ނިސްބަތްވާ މުރާބިޠުންނެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
މަޣުރިބަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެއީ މިޞްރާއި، ސޫދާނާއި ޖަޒާއިރަށް ފަހުގައެވެ. މަޣުރިބުގެ އާބާދީގެ 60% އަކީ ބަރުބަރީންނެވެ. ބަރްބަރީން މި ބިމުގައި އުޅެމުންދާތާ 5000 އަހަރުވަނީ ވެފައެވެ. ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި އެފްރިކާގެ ބަންޓޫ ދަރިކޮޅުގެ މީހުންނަށްވުރެ އުތުރު އެފްރިކާގެ މީހުންނާ ގާތީ އިބޭރިޔާ ނުވަތަ ޔޫރަޕުގެ އިސްޕެއިން ހިސާބު މީހުންނާއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
މަޣުރިބަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާ ތަނަކަށްވުމާއެކު މުއްސަނދި ސަގާފަތަކާއި ޙަޟާރަތެއް އޮތް ތަނެކެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
މަޣުރިބުގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިޤްތިޞާދެކެވެ. މަޣުރިބުގެ އިޤްތިޞާދު ހިނގަމުން ދަނީ “ލޯ އޮފް ޑިމާންޑް އެންޑް ސަޕްލައި” މި ޤާނޫނުގެ ދަށުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4362 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found