މަނި ގުދަން
ވިކިޕީޑިއާ އިން
| މަނި ގުދަން | |
|---|---|
| 1: މަނި ގުދަން 2: މަނި ގުދަނުގެ ބޯ 3: މަނި ގުދަނުގެ ލޮބިއުލްތައް 4: މަނި ގުދަނުގެ ޖިސްމު 5: މަނި ގުދަނުގެ ނިގޫ 6: މަނި ގުދަނުގެ ހޮޅި 7: މަނި ހޮޅި]]) |
|
| ކަނާތު އޮށުގެ ބޭރު ފަށަލަ ޓޫނިކާ އަލްބުޖީނިއާ ނަގައި އެތެރެ ފެންނަގޮތް ހެދިފައި]]. | |
| Gray's | subject #258 1242 |
| Vein | ޕެމްޕިންފޯރމް ޕްލެކްސަސް |
| Precursor | ވޮލްފިއަން ޑަކްޓް |
| MeSH | ގުދަން މަނި ގުދަން |
މަނި ގުދަން (އިނގިރޭސި ބަހުން: Epididymis) އަކީ އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މަނި ގުދަންއިފެރެންޓް ޑަކްޓްތަކާއި މަނި ހޮޅި ގުޅުވާދެއެވެ.
ފިހުރިސްތު |
ބެހިފައިވާ ބައިތައް [އުނިއިތުރު ގެންނަވާ]
ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ އަންނަނިވި ބައިތަކެވެ.
- ބޯ(Head / Caput)
- ހަށިގަނޑު(Body/Corpus)
- ނިގޫ(Tail/Cauda)
މަނި ރައްކާކޮށް ބޭރު ކުރުން [އުނިއިތުރު ގެންނަވާ]
އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާ ކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ.
ބަލީގެ ޙާލަތް [އުނިއިތުރު ގެންނަވާ]
- މަނި ގުދަން ދުޅަވުން އަކީ މަނި ގުދަން އަށް ދިމާވާ ވަރަށް ޢާންމު ބަލީގެ ޙާލަތެކެވެ.
އެމްބްރިއޮލޮޖީ [އުނިއިތުރު ގެންނަވާ]
އެމްބްރިއޮލޮޖިކަލް ގޮތުން ބަލާއިރު މަނި ގުދަން އުފެދެނީ މީސޯނެފްރޯސް އިންނެވެ. މިއީ ގުރުދާ އުފެދޭ ޓީޝޫ އެވެ.
އިތުރު ފޮޓޯތައް [އުނިއިތުރު ގެންނަވާ]
-
Epididymis.JPG
މައިކްރޮސްކޯޕުން ފެންނާނެގޮތް.
