މަނި އުފެދޭ ހޮޅިތައް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަނި އުފެދޭ ހޮޅިތައް މައިކްރޮސްކޯޕުން ބެލުމުން ފެންނަށް ހުންނަ ގޮތް

މަނި އުފެދޭ ހޮޅިތައް (އިނގިރޭސި ބަހުން: Seminiferous tubule)އަކީ އޮށުގެ ތެރޭގައި ހުންނަ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކެކެވެ. މިހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައިވާ ސާރޓޮލި ސެލް ހުރެއެވެ. ސާރޓޮލި ސެލްގެ ދެމެދުގައި ސްޕަމަޓޯޖެނިކް ސެލް ތައް ވެއެވެ. އަދި މިސެލްތައް ބައިބައިވަމުން ގޮސް ސްޕާރމް ސެލް ތައް އުފެދެއެވެ. މިހޮޅިތައް ހުންނަނީ އޮށުގެ އަރިމަތިން ފެށިގެން ގޮސް ހުރިހާ ދިމާލަކުން ރީޓީ ޓެސްޓިސް އާއި ގުޅިފައެވެ. ދެވައްތަރެއްގެ މިފަދަ ހޮޅިތައް ވެއެވެ. އެއީ އޮޅިފައިވާ ހޮޅިތަކާއި އަދި ސީދާ ހޮޅިތަކެވެ.