ވޭމުއި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވޭމުއި

ވޭމުއި(އިނގިރޭސި ބަހުން: Glycyrrhiza glabra)ނުވަތަ (އިނގިރޭސި ބަހުން: Liquorice) އަކީ ބޭހުގެ ތެރޭގައި ގެންގުޅޭ އެއްޗެކެވެ. މިއީ ގަހެއްގެ މުލެކެވެ. ވޭމުއީގައި ކައްކާ ސަރުބަތެއް ހުރެއެވެ. ވޭމުއި ސަރުބަތަކީ މޭގެ އެކިއެކި ބައްޔަށް ރަގަޅު ބޭހެކެވެ. ވޭމުއި ގަސް ހެދެނީ ގާތްގަނޑަކަށް 1 މީޓަރުގެ އުސްމިނަށެވެ. ވޭމުއި ގަހުގެ ފަތުގެ ބޮޑުމިނުގައި 6-3 އިންޗި ދިގުމިން ހުރެއެވެ. ވޭމުއި ގަހުގެ މަލުގެ ދިގުމިން ބައި އިންޗި ވަރު ހުރެއެވެ. ވޭމުއި ގަހުގެ ކޮންމެ ފަތް ކޯންޏެއްގައި ފަރާތަކު 17-7 އާއި ދެމެދުގެ އަދަދަކަށް ވަކި ފަތް ހުރެއެވެ. ވޭމުއި ގަހުގައި އަޅާ ތޮޅީގެ ދިގުމިނުގައި 1 އިންޗި ވަރުހުރެއެވެ. އެތޮޅީގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. ވޭމުއި އާންމުކޮށޮ ހެދޭ ކަމަށް ފާހަގަ ކުރެވިފައިވަނީ ދެކުނު ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުގައެވެ.