ވިލު ރޮނޑު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ވިލު ރޮނޑު

ވިލު ރޮނޑު(ސައިންޓިފިކް ނަން: Pseudobalistes flavimarginatus)ނުވަތަ (އިނގިރޭސި ބަހުން: yellowmargin triggerfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގަޔާ ވިލުތަކުގައި އުޅޭ މާރޮނޑުގެ ބާވަތެކެވެ. މިއީ ދިވެހިން ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ އަދި ކައިއުޅޭ ވަރަށް މީރު މަހެކެވެ. މިއީ 60 ސެންޓި މީޓަރަށް ބޮޑުވާ ރޮނޑެކެވެ. ހާލި ހަދައިގެން ހާލީގެ ހިމާޔަތުގައި އުޅޭ މިބާވަތުގެ ފިރިހެން ރޮނޑު ފީނުންތެރިންނާއި އެހެނިހެން ތަކެތި މަސް ހާއްޔާއި ކައިރިވުމުން ހަމަލާ ދެއެވެ.


މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު24 އާއި 27 އާޢި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 23 އާއި 27އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.