ވިއެޓުނާމު

ވިކިޕީޑިއާ އިން

ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ ވިއެޓްނާމް އަކީ އިންޑޯޗައިނާ ޕެނިންސޫލާގެ އެންމެ އިރުމަތީގައި އޮތް ޤައުމެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

ވިއެޓްނާމުގެ ރަސްމީ ބަހަކީ ވިއެޓްނާމީޒްއެވެ. އެންމެ ބޮޑު ޝަހަރަކީ ހޯޗީމިން ސިޓީއެވެ. ވެރިކަން ކުރަނީ ހަނޯއީގައެވެ. ވިއެޓްނާމަކީ ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. އަދި ހަމަ އެހެންމެ ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ވިއެޓްނާމުގެ އާބާދީއަކީ 86 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 2793 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.33 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ vn. އެވެ. ކޯލިން ކޯޑަކީ +84 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވިއެޓްނާމީ ޑޮންގްއެވެ.

[އުނިއިތުރު ގެންނަވާ] ނަން

ވިއެޓްނާމް، މި ނަން އެ ޤައުމުގެ ރަސްމީ ނަމެއްގެ ގޮތުގައި ބޭނުން ކުރައްވަން ފެށްޓެވީ 1804 ވަނަ އަހަރުގައި އެމްޕެރަރ ޖިއާ ލޮންގއެވެ. މިއީ “ނާމް ވިއެޓް” މި ނަމުން ނެގިފައިވާ ނަމެކެވެ. މީގެ މާނައަކީ ދެކުނު ވިއެޓް އެވެ. މިއީ ޤަދީމީ ޒަމާނުގައި މި ޤައުމަށް ކިޔާފައިވާ ނަމެވެ. 1839 ގައި އެމްޕެރަރ މިން މާންގް އެ ޤައުމުގެ ނަން “ދައި ނާމް” ނުވަތަ “ގްރޭޓަރ ސައު^ް” އަށް ބަދަލު ކުރެއްވިއެވެ. 1945 ގައި އެ ޤައުމުގެ ނަމަކީ ވިއެޓްނާމް ކަމުގައި އަލުން ހަމަޖެހުނެވެ.

[އުނިއިތުރު ގެންނަވާ] ޖުގުރާފީ

ވިއެޓްނާމުގެ އުތުރުގައި އޮތީ ޗައިނާއެވެ. ހުޅަނގު އުތުރުގައި އޮތީ ލާއޯސްއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންބޯޑިޔާއެވެ. އިރުމަތީގައި އޮތީ ދެކުނު ޗައިނާ ކަނޑެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ވިއެޓްނާމުގެ ގޮތުގައި މިއަދު އޮތް ސަރަޙައްދުގައި އިންސާނުން ވަޒަންވެރިވެފައިވާތާ އެތައް ހާސް އަހަރެއް ވެއްޖެކަމަށް ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. ތަންހޯ ޕްރޮވިންސުގައި ހުރި އާސާރީ ތަންތަނުގެ ތެރޭގައި އެތައް ހާސް އަހަރެއް ވެފައި ހުރި ތަންތަން އެބަހުށްޓެވެ. ވިއެޓްނާމުގެ މިނިވަންކަމަށް އެތައް ފަހަރެއްގެ މަތީން ފަރަންސޭސީން ވަނީ އަރައިގެންފައެވެ. މި ގޮތުން 1859 ވަނަ އަހަރުން ފެށިގެން 1885 ވަނަ އަހަރާ ދެމެދު ދީފައިވާ ޙަމަލާތައް ފާހަގަކޮށްލެވެއެވެ. ފަރަންސޭސީންގެ ދަށުގައި އޮތުމުގެ ސަބަބުން ހުޅަނގުގެ ތަޢުލީމީ ނިޒާމު ވިއެޓްނާމުގައި ޤާއިމުވެގެން ދިޔައެވެ. އަދި ހަމަ އެހެންމެ ވިއެޓްނާމުގެ މުޖުތަމަޢުގައި ޢީސާއީ ދީން ފުރަތަމަ ފަހަރަށް ފެތުރިގެން ދިޔައީ ވެސް މި ދުވަސްވަރުއެވެ. މަޝްހޫރު ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރުތަކަށް ލިބިގެން ދިޔަ ނާކާމިޔާބީއަކީ މިއަދު ވެސް ވިއެޓްނާމުގައި ފާހަގަކުރަމުންދެއެވެ. ދައި ވިއެޓްގެ ގޮތުގައި 1054 ގައި ޤާާއިމުވި ދައުލަތް 1853 އާއި 1883 އާ ދެމެދު ފަރަންސޭސިވިލާތުގެ ދަށަށް ދިޔައެވެ. ފަރަންސޭވިލާތުގެ ކިބައިން މިނިވަންވީ 2 ސެޕްޓެންބަރު 1945 ގައެވެ. ވަކިވެފައި އޮތް ދެ ވިއެޓްނާމް އަލުން އެއް ވެގެން ދިޔައީ 30 އެޕްރީލް 1975 ގައެވެ. މިހާރު ވިއެޓްނާމުގައި ހިންގަމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނީ 19 ޑިސެންބަރ 1980 ގައެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

އާބާދީގެ ގޮތުން 86 މިލިޔަނެއް ހައި މީހުން ތިބި ފިލިޕީންސަކީ މުޅި ދުނިޔެއަށް ބަލާއިރު 13 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ވިއެޓްނާމުގެ އާބާދީގެ 86.2% އަކީ ކިންހ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ ނަސްލުތަކުގެ ތެރޭގައި ހްމޮން، ޑާއޯ، ޓައި، ތައި، އަދި ނުންގ ނަސްލު ހިމެނެއެވެ. 1978 ވަނަ އަހަރާއި 1979 ވަނަ އަހަރާ ދެމެދުގެ ޗައިނާ ނަސްލުގެ 450000 އެއް ހައި މީހުން ވަނީ ވިއެޓްނާމް ދޫކޮށް ގޮސްފައެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

ވިއެޓްނާމުގައި އެންމެ ގިނައީ ބުދިސްޓުންނެވެ. އެމީހުންނަކީ އާބާދީގެ 85% މީހުންނެވެ. 8% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 3% މީހުންނަކީ ކާއޮޑައިޒަމަށް ތަބަޢަވާ މީހުންނެވެ. އެހެން ދީންތަކަށް ތަބަޢަވާ މީހުންގެ ނިސްބަތަކީ 4% އެވެ. ވިއެޓްނާމުގެ ސަގާފަތު ބިނާވެފައިވަނީ ޗައިނާ އާއި އިންޑިޔާގެ ސަގާފަތުގެ މައްޗަށެވެ. މީގެ އިތުރުން ޔޫރަޕުގެ އިސްތިޢުމާރުގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައްޗަށެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

ވިއެޓްނާމުގެ އިޤްތިޞާދު ބިނާވެފައިވަނީ ހަނޑުލުގެ ދަނޑުވެރިކަމުގެ މައްޗަށެވެ. ވިއެޓްނާމު ހަނގގުރާމައިގެ ސަބަބުން އިޤްތިޞާދަށް ހީނަރުކަމެއް ލިބިގެން ދިޔަ ނަމަވެސް، މިއަދު ވިއެޓްނާމުގެ އިޤްތިޞާދުގެ ދުވެލި ހުރީ ކުރިޔަށެވެ. ފިލިޕީންސްގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2793 ޑޮލަރެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން