ވިކިޕީޑިއާ:ފަސް ތަނބު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޝޯޓްކަޓްs:
WP:FIVE
WP:5
WP:5P
WP:PILLARS


BluePillar.png ވިކިޕީޑިޔާ އަކީ އެކުމާފާނެކެވެ. މިއެކުމާފާނުގައި ޢާންމު އެކުމާފާނު ތަކުގައި ހުންނަ މައުލޫމާތާއި، ޚާއްޞަ އެކުމާފާނު ތަކުގައި ހުންނަ މައުލޫމާތު، އަދި ތަފާތު އަހަރީ ފޮތްތަކުގެ ސިފައިގައި ، އަހަރަކު އެއްފަހަރު ނެރޭ މުހިއްމު މަޢުލޫމާތު ތައް ވެސް ހިމެނެއެވެ. ވިކިޕީޑިޔާގައި ޝާއިޢުކުރެވޭ ހުރިހާ ލިޔުމެއް ވެސް ވާންޖެހޭނީ ވިކިޕީޑިޔާގެ ސިޔާސަތު ތަކަށް ފުށުނާރާނެ ގޮތަށް ލިޔެވިފައިވާ ލިޔުމަކަށެވެ. އަދި ވީހާވެސް ޞައްޙަ މަޢުލޫމާތު ލިޔުމުގައި ހިމެނޭތޯ ބަލަންޖެހޭނެ އެވެ. އެގޮތުން ލިޔުމެއް ލިޔާއިރު އެލިޔުމެއްގައި ހުރި މަޢުލޫމާތު ނެގީ ކޮން ފޮތަކުން، ކޮން ވެބްސައިޓަކުން، ނުވަތަ އެމަޢުލޫމާތެއް ލިބުނީ ކިހިނެކުންކަން އެންގުމުގެ ގޮތުން ރިފަރެންސް ނުވަތަ މަޢުލޫމާތު ހޯދިގޮތް ލިޔުމުގެ ތިރީގައި ބަޔާންކުރުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ބައެއް ފަހަރު މަޢުލޫމާތު ހޯދީ ކިހިނެއްކަން ބަޔާންކޮށްފައި ނުހުންނަ ލިޔުންތައް ވިކިޕީޑިޔާއިން ފޮހެލެވޭތީ އެވެ. ވިކިޕީޑިޔާ އަކީ މީހުންގެ އަމިއްލަ ޚިޔާލުތަކާއި، ފާނޑުކިޔުންތައް، އަދި މީހުންގެ ތަޖުރިބާތަކާއި، ޖަދަލުކުރުންތައް ޝާއިޢުކުރެވޭ އެކުމާފާނެއް ނޫނެވެ. ވިކިޕީޑިޔާ އަކީ އިސްތިހާރުތައް ޝާޢިއުކުރެވޭ އެކުމާފާނެއް ނޫނެވެ. އަދި މިއީ ނޫހެއްވެސް ނޫނެވެ. އިސްތިހާރުތަކާއި ޚަބަރުތައް ވިކިޕީޑިޔާގެ އަޚަވީ މަޝްރޫޢު ތަކުގައި ހިމެނިދާނެއެވެ.
 
GreenPillar.png ވިކިޕީޑިޔާ އަކީ ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ އެކުމާފާނެވެ. ވިކިޕީޑިޔާގެ ލިޔުންތައް ބައްޓަން ކުރެވިފައިވަނީ މީހެއްގެ ޚިޔާލަކަށް ނުވަތަ ބަޔަކު މީހުން ގެންގުޅޭ ޚިޔާލުތަކެއްގެ މައްޗަކަށެއް ނޫނެވެ. އަދި ބައެއް ފަހަރު އެކިކަންކަމުގައި ތަފާތު ޚިޔާލުތައް ވިކިޕީޑިޔާ އިން ހުށަހަޅައި ދޭންޖެހޭނެއެވެ. އަދި މިގޮތުން ހުށަހަޅާއިރު ވަކިމީހެއްގެ ޚިޔާލަކީ އެންމެ ރަގަޅު ނުވަތަ ތެދުކަމުގައި ބަޔާންކޮށް ވަކިކޮޅަކަށް ބުރަވެގެން ނުވާނެއެވެ. އަދި ޚިޔާލު ތަފާތުވާ ފަދަ މައުޟޫތަކަށް ލިޔާއިރު އެލިޔުނު މަޢުލޫމާތެއް ނެގި މަޞްދަރެއް އެގެން ހުންނަން ޖެހޭނެއެވެ. ލިޔުމަކާއި މެދު ޚިޔާލު ތަފާތުވެ މައްސަލަ ތައް ކުރިމަތިވެއްޖެނަމަ އެލިޔުމެއްގައި ޑިސްޕިޔޫޓެޑް ޓެގްއަޅުވައި، އެލިޔުމެއްގެ ޚިޔާލު ޞަފްހާގައި މަޝްވަރާކޮށް އެންމެން އެއްބަސްވާ ޙައްލެއް އަންނަން ދެން އެލިޔުމެއްގައި ޑިސްޕިޔޫޓެޑް ޓެގް އަޅުވާފައި ބަހައްޓާނީ އެވެ. އަދި ހައްލެއް އައުމުން އެޙައްލެއް ލިޔުމުގައި ބަޔާންކުރާނީ އެވެ.
 
YellowPillar.png ވިކިޕީޑިޔާ އަކީ ކޮންމެ މީހަކަށް ވެސް އުނިއިތުރު ގެނެވޭ މިނިވަން އެކުމާފާނެކެވެ. އަދި ޖީ.އެން.ޔޫ. ފްރީ ޑޮކިޔުމެންޓޭޝަން ލައިސަންސް ގެ ދަށުން ވިކިޕީޑިޔާގެ ހުރިހާ ލިޔުމެއް ވެސް ލިބެން ހުންނާނެއެވެ. އަދި މިލިޔުންތަކަށް އެހެންތަންތަނުން ފާލަން އަޅައި އެހެން ސައިޓް ތަކުގައި ވެސް ޝާޢިއުކުރެވިދާނެއެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ ވިކިޕީޑިޔާގައި ލިޔާ ކޮންމެ ލިޔުމަކީ ވެސް ކޮންމެ މީހަކަށް ވެސް އުނިއިތުރު ގެނެވިދާނެ ލިޔުމެއް ކަމެވެ. އަދި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ވަކި ލިޔުމެއް ކޮންޓްރޯލް ނުކުރެވޭނެ ކަމެވެ. އެހެންކަމުން ތިޔަބޭފުޅާ ލިޔާ ލިޔުމެއް، ވިކިޕީޑިޔާއަށް ޒިޔާރަތްކުރައްވާ ބޭފުޅަކު ބޭނުން ގޮތަކަށް ބަދަލުކޮށްލަފާނެއެވެ. ވިކިޕީޑިޔާ އަށް ލިޔާއިރު ދުނިޔޭގެ ގައުމުތަކުގައި ހެދިފައިވާ ކޮޕީ ރައިޓްގެ ގާނޫނާއި ޚިލާފު ނުވާގޮތަށް ލިޔަން ހަނދުމަފުޅު ބަހައްޓަވާށެވެ.
 
OrangePillar.png ވިކިޕީޑިޔާގައި ކަނޑައެޅިފައިވާ ވަކި ސިޔާސަތު ތަކެއް ނުވަތަ އުޞޫލުތަކެއް ވެއެވެ. ކޮންމެ މެންބަރެއްމެ އަނެއް މެންބަރެއްގެ ޚިޔާލަށް އެއްބަސް ނުވިޔަސް އެމެންބަރެއްގެ ޚިޔާލަށް އަނެއް މެމްބަރު އިހްތިރާމް ކުރަންޖެހޭނެއެވެ. ވިކިޕީޑިޔާގައި ހަރަކާތްތެރިވާއިރު ތަހްޒީބު މީހަކަށް ވާން އެބަޖެހެއެވެ. އާންމު ގަބޫލުކުރުންތަކާއި ދެކޮޅު ހެދުން، އަދި ޝަޚްޞީ ގޮތުން ވަކިމީހަކާ ދިމާކުރުން ފަދަ ކަންކަމާ ދުރުހެލިވާން އެބަ ޖެހެއެވެ. ޚިޔާލު ތަފާތުވާ ކަންކަމުގައި އިތުރަށް އެކަމެއް ގޯސްވިޔަނުވިޔަނުދީ މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް ދެވޭތޯ ބަލަން ޖެހެއެވެ. ދިވެހި ވިކިޕީޑިޔާގައި މިހާތަނަށް ގާތްގަނޑަކަށް 3,664 ވަރަކަށް މަޒްމޫނު ލިޔެވި، އަދި އިތުރަށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެހެންކަމުން ދިވެހި ވިކިޕީޑިޔާގައި ހުރި ލިޔުންތައް އިތުރަށް މުއްސަދިކޮށް ރަގަޅުކުރުމަށް، ތިބޭފުޅާގެ އެހީތެރިކަން ފޯރުކޮށްދޭށެވެ. އަބަދުވެސް ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރި، މީހުންނާއި ގުޅޭ، އެހީތެރި މީހަކަށް ވާށެވެ.
 
RedPillar.png ވިކިޕީޑިޔާގައި ހަރުކަށި ގަވާޢިދުތަކެއް ބޭނުމެއް ނުކުރެވެއެވެ.މިލިޔުމުގައި މިބަޔާންކުރެވުނު އާންމު 5 ގަވާޢިދު ފިޔަވައި އެހެން ހަރުކަށި ގަވާޢިދުތަކެއް ވިކިޕީޑިޔާގައި ބޭނުމެއް ނުކުރެވެއެވެ. ލިޔުންތަކަށް އުނިއިތުރު ގެންނައިރު، އެގެނެވޭ ބަދަލަކީ ކުރިންހުރި ބަދަލަށްވުރެ ރަގަޅު ބަދަލަކަށް ހެދޭތޯ ބަލާށެވެ. ލިޔުމަކަށް އުނިއިތުރުގެންނައިރު ގޯހެއް ހެދުން އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ކޮންމެ ލިޔުމެއްމެ، ކުރިން ހުރިގޮތަށް ގެނެވިފައިވާ ބަދަލުތަކާއެކު ވިކިޕީޑިޔާގައި އަބަދުވެސް ރައްކާކުރެވިފައި ހުންނާނެއެވެ. އެހެންކަމުން ވިކިޕީޑިޔާއަށް ނޭގުމެއްގެ ތެރޭގައި ގެއްލުމެއް ތިބާގެ ފަރާތަކުން ނުދެވޭނެއެވެ. ތިޔަބޭފުޅާ ލިޔުއްވާ ކޮންމެ ލިޔުމެއް ކޮންމެވެސް ބޭފުޅެއްގެ ބޭނުމަށް ރައްކާކުރެވިފައި ހުންނާނެއެވެ.

ނޯޓް[އުނިއިތުރު ގެންނަވާ]

މިސަފްހާގައި ބަޔާންކުރެވިފައިވަނީ ވިކިޕީޑިޔާގެ މައިގަނޑު އުސޫލުތަކަކާއި އަސާސީތަކެވެ. މިސަފްހާ ލިޔުމުގެ ކުރީގައިވެސް ކަންތައް މި އުސޫލްތަކާއި އެއްގޮތަށް ވަނީ އަމަލު ކުރެވިފައެވެ.


އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]