ވާލޯބި އެނގޭނަމަ (ފިލްމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވާލޯބި އެނގޭނަމަ...
ވާލޯބި އެނގޭނަމަ... ގެ ޕޯސްޓަރެއް
ޑައިރެކްޓަރއަޙުމަދު ނިމާލް
ޕްރޮޑިއުސަރޢަބުދުލް ފައްތާޙް
ލިޔުންތެރިޔާމަހުދީ އަހުމަދު
Starringޔޫސުފް ޝަފީޢު، ފާތިމަތު ފަރީލާ، މަރިޔަމް އަފީފާ، ޢަލީ ރިޔާޒް
Music byއިބްރާހީމް ނިފާރު
Cinematographyއިބްރާހިމް މޫސާ (ދަބަޅޭ)
ރިލީޒްކުރި ތާރީޚް
2007
ދިގުމިން
183 މިނެޓް
ބަހުރުވަދިވެހި

'ވާލޯބި އެނގޭނަމަ...' އަކީ ރެޑް ޕްރޮޑަކްޝަން ގެ ފަރާތުން ޢަބުދުލް ފައްތާޙް ޕްރޮޑިއުސްކޮށް އަޙުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ އައިޝަތު ނީނާގެ ވާހަކައަކަށް މަހުދީ އަހްމަދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ.

'ވާލޯބި އެނގޭނަމަ...' ގެ ސްކްރީންޕްލޭ އެންމެ ފުރަތަމަ މަހުދީ ލިޔުނީ ވާހަކައިގައިވެސް އޮންނަ ގޮތަށް މާލެއަށް ބިނާކޮށެވެ. ނަމަވެސް ޑިރެކްޓަރ އަހުމަދު ނިމާލުގެ އެދުމަކަށް ޝޫޓިންގ ފަސޭހަކޮށް ފިލްމުގެ ޕްރޮޑަކްޝަން އަވަސްކުރުމަށްޓަކައި މުޅި ސްކްރީންޕްލޭ ޏ. ފޯއްމުލަކަށް ބަދަލުކުރީއެވެ.

ފައިނަލް ސްކްރީންޕްލޭއާއި ހަމައަށް ދެވުނީ 4 ރީރައިޓަށްފަހު ޖުމްލަ 80 ސީން އުނިކުރުމަށްފަހުއެވެ.

ސްކްރީންޕްލޭ ލިޔުނުއިރު، ފިލްމުގައި ފެންނަ ޑޮކްޓަރ ސުޖާގެ ކެރެކްޓަރވަނީ ފިލްމު 3 ގަޑިއިރަށްވުރެ ދިގުވިޔަ ނުދިނުމަށްޓަކައި އަސްލު ވާހަކައިގައި އުޅޭ ޑޮކްޓަރ ސުޖާއާއި އަދި އޭގައި ނިހާއާއި ފުރަތަމަ ދިމާވާ ޑްރަގް އެޑިކްޓްގެ ކެރެކްޓަރ އެއްކޮށްލާފައެވެ.

މިފިލްމަށްވަނީ ތަފާތު އެތަކެއް އެވޯޑްތަކެއް ލިބިފައެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ކޮކާކޯލާ މޯލްޑިވްސް ވީޑިއޯ މިއުޒިކް އެވޯޑް 2010

  • އެންމެ މޮޅު ވީޑިއޯ ލަވަ : "" ވާލޯނބިއެގޭނަމަ"" - ޢަބުދުލް ފައްތާހު
  • އެންމެ މޮޅު ރާގު : "" ވާލޯނބިއެގޭނަމަ"" - އިބްރާހީމް ނިފާރު

ގައުމީ ފިލްމް އެވޯޑް

މިއަދު ކްރިސްޓަލް އެވޯޑް