އޯޓިޒަމް
ވިކިޕީޑިއާ އިން
އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމް އަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު ގޮެތެއްގައި އޯޓިސްޓިކް ކުދިންގެ ކިބައިން އޯޓިޒަމް އާއި ގުޅިގެން ކުރިމަތިވާ ކަންތައްތައް އެކުއްޖާގެ އުމުރުން 3 އަހަރު ތާގައި ފެންނަށް ފަށާނެއެވެ.
[އުނިއިތުރު ގެންނަވާ] އޯޓިސްޓިކް ކުދިން ދެނެގަންނާނޭގޮތް
- އިޖުތިމާޢީ މާހައުލެއްގައި އެކަހެރިކޮށް ހުރުން، ނުވަތަ މީހަކު ގޮވާލީމާ ވެސް އިޖާބަ ނުދިނުން ނުވަތަ އަޅާނުލުން
- ކުއްޖާގެ ނަމުން ގޮވިޔަސް އަޅާނުލުން
- އެހެން މީހުންނާއި ހަތަރުކަޅި ހަމަނުކުރުން
- އެހެން މީހުންނާއި މުޢާމަލާތްކުރަން އުދަގޫވުން
- އެއްކަމެއް ތަކުރާރުކުރުން : މިސާލަކަށް ދެކޮޅަށް ދެކޮޅަށް ހެލިލަހެލިލަ ހުރުން ނުވަތަ އަމިއްލަ ނަފްސަށް އަނިޔާވާ ކަހަލަ ކަންތައްތައް ތަކުރާރުކުރުން،
- ލޯތްބާއި އަޅާލުމާމެދު އަޅާނުލުން ނުވަތަ އެއާއި މެދު ޖެހިލުންވުން: ޚާއްޞަކޮށް ގައިގޯޅިވާނަމަ މިސާލަކަށް ބައްދާލައި ދޮނެއް ދޭން އުޅޭނަމަ އެކަމާ ޖެހިލުންވުން، ނުވަތަ ދެކޮޅުވުން
- ވާހަކަ ދައްކަން ދަސްވުން ލަސްވުން، ނުވަތަ ވާހަކަ ދެއްކުމުގައި އުނިކަމެއް ހުރުން
- އެހެން ކުދިންނާއެކު ކުޅެ މަޖާކުރަން ނޭގުން