އޮސްޓްރިއާ
| Republic of Austria
Republik Österreich
|
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Land der Berge, Land am Strome (German) Land of Mountains, Land by the River |
||||||
| Capital (and largest city) |
Vienna 48°12′N 16°21′E / 48.2°N 16.35°E |
|||||
| Official languages | German[1] | |||||
| Recognised regional languages | Slovene, Croatian, and Hungarian | |||||
| Ethnic groups | 82.5% Austrians[2] | |||||
| Demonym | Austrian | |||||
| Government | Federal Parliamentary republic | |||||
| - | President | Heinz Fischer | ||||
| - | Chancellor | Werner Faymann | ||||
| Independence | ||||||
| - | Austrian State Treaty in force | July 27, 1955 (Duchy: 1156, Austrian Empire: 1804, First Austrian Republic: 1918−1938, Second Republic since 1945) | ||||
| EU accession | January 1, 1995 | |||||
| Area | ||||||
| - | Total | 83,872 km2 (115th) 32,383 sq mi |
||||
| - | Water (%) | 1.7 | ||||
| Population | ||||||
| - | 2009 estimate | 8,356,707[3] (92nd) | ||||
| - | 2001 census | 8,032,926 | ||||
| - | Density | 99/km2 (99th) 257/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $330.669 billion[4] (34th) | ||||
| - | Per capita | $39,887[4] (12th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $414.828 billion[4] (23rd) | ||||
| - | Per capita | $50,039[4] (12th) | ||||
| Gini (2000) | 29.1 (low) | |||||
| HDI (2007) | ||||||
| Currency | Euro (€) ² (EUR) |
|||||
| Time zone | ފަންވަތް:Tz | |||||
| Internet TLD | .at ³ | |||||
| Calling code | 43 | |||||
| 1 | Slovene, Croatian, Hungarian are officially recognised regional languages and Austrian Sign Language is a protected minority language throughout the country. | |||||
| 2 | Euro since 1 Jan 1999 virtual, since 1 Jan 2002 real currency; before: Austrian Schilling. | |||||
| 3 | The .eu domain is also used, as it is shared with other European Union member states. | |||||
އޮސްޓްރިޔާއަކީ މެދުތެރޭ ޔޫރަޕު ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާގެ ރަސްމީ ބަހަކީ ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އޮސްޓްރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވިއެނާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. އޮސްޓްރިޔާއަކީ ފެޑެރަލް ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 92 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 83872 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ at. އެވެ. ކޯލިން ކޯޑަކީ +43 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާގެ މާނައަކީ އިރުމަތީ ވެރިކަމެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާއަކީ ބިންބަންދު ޤައުމެކެވެ. އޮސްޓްރިޔާގެ އުތުރުގައި އޮތީ ޖަރުމަނާއި ޗެކް ރިޕަބްލިކެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާ އާއި ހަންގޭރީއެވެ. ދެކުނުގައި އޮތީ ސްލޮވީނިޔާ އާއި އިޓަލީއެވެ. ހުޅަނގުގައި އޮތީ ސުވިޒަލޭންޑާއި ލީކްތަންސްޓައިނެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާގައި ރޯމަނުންގެ ވެރިކަމުގެ ބާރު ކެނޑުމަށް ފަހުގައި ބަވާރީންނާއި ސްލާވުންނާއި އަވާރުން މި ސަރަޙައްދުގެ މައްޗަށް އެމީހުންގެ ބާރު ފޯރުވުމަށް މަސައްކަތްކޮށްފައިވެއެވެ. ނަޞާރާ ދީން އޮސްޓްރިޔާއަށް ތަޢާރަފު ކުރެވިފައިވަނީ މީލާދީން 8 ވަނަ ޤަރުނުގެ ތެރޭގައެވެ. އޮސްޓްރިޔާގެ ނަން އެންމެ ފުރަތަމައަށް ލިޔުމެއްގައި ޑޮކިއުމެންޓްކުރެވިފައިވަނީ މީލާދީން 996 ގައެވެ. އޮސްޓްރިޔާގެ ތާރީޚަށް ބަލާއިރު މީލާދީން 1156 އިން ފެށިގެން އޮސްޓްރިޔާ އޮތީ ޑަޗީއެއްގެ ގޮތުގައެވެ. މީލާދީން 1804 ވަނަ އަހަރާ ހަމައިގައި އޮސްޓްރިޔަން އެމްޕަޔަރގެ ގޮތުގައި ފާޅުވިއެވެ. އޮސްޓްރިޔާގެ ފުރަތަމަ ޖުމްހޫރިއްޔާ ޤާއިމުވެފައިވަނީ މީލާދީން 1918 ވަނަ އަހަރުގައެވެ. އެ ޖުމްހޫރިއްޔާ ވަނީ 1938 ހިސާބުގައި އުވިގެން ގޮސްފައެވެ. އޭގެ ފަހުން ދެވަނަ ޖުމްހޫރިއްޔާއެއް ޤާއިމުވެފައިވަނީ 1945 ގައެވެ. އޮސްޓްރިޔާއިން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާގެ އާބާދީގެ ގާތްގަނޑަކަށް 25% މީހުން ދިރިއުޅެނީ ވެރިރަށް ވިއެނާ ކައިރީގައެވެ. އޮސްޓްރިޔާގެ ރަސްމީ ބަސް ކަމުގައިވާ ޖަރުމަނު ބަހުން، އެ ޤައުމުގެ އާބާދީގެ 88.6% މީހުން ވާހަކަ ދައްކައެވެ. ތުރުކީ ބަހުން ވާހަކަ ދައްކާ މީހުންގެ ނިސްބަތަކީ 2.3% އެވެ. ސާބިޔަން ބަހުން 2.2% މީހުން ވާހަކަދައްކާއިރު ކްރޮއޭޝިޔަން ބަހުން 1.6% މީހުން ވާހަކަ ދައްކައެވެ. ހަންގޭރީ ބަހުން 0.5% މީހުން، ބޮސްނިޔަން ބަހުން 0.4% މީހުން ވާހަކަ ދައްކައެވެ. 20 ވަނަ ޤަރުނު ނިމިގެން ދިޔަ އިރު އޮސްޓްރިޔާގައި ރަޖިސްޓްރީވެފައި ތިބި ރޯމަން ކެތަލިކް ކްރިސްޓިޔަނުންގެ ނިސްބަތަކީ 74% އެވެ. އޮސްޓްރިޔާގެ 5% މީހުންނަކީ ޕްރޮޓެސްޓެންޓް ކްރިސްޓިޔަނުންނެވެ. އޮސްޓްރިޔާގެ އާބާދީގެ 12% މީހުން، އެއްވެސް ދީނަކަށް ތަބާ ނުވާ ކަމަށް ބުނާއިރު، 340000 މުސްލިމުން މި ޤައުމުގައި ދިރިއުޅެއެވެ. މިއީ މުސްލިމުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޢަދަދެވެ. އޮސްޓްރިޔާގެ އާބާދީގެ ތެރެއިން 8% މީހުންނަކީ އިލާހަކުވާކަމަށް ޤަބޫލުނުކުރާ މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ބަހާއި ސަގާފަތުގެ ގޮތުން އޮސްޓްރިޔާއާ އެންމެ ގާތް ޤައުމަކީ ޖަރުމަނެވެ. މިއުޒިކުގެ ގޮތުން ބަލާއިރުގައި އޮސްޓްރިޔާއަކީ ވަރަށް ފާހަގަކޮށްލެވޭ ޤައުމެކެވެ. ޔޫރަޕުގެ މަޝްހޫރު ސަންގީތުކާރުންގެ ތެރޭގައި އޮސްޓްރިޔާގެ ފައްނާނުން ހިމެނޭ ކަމީ މިކަމުގެ ހެތްކެކެވެ. އޮސްޓްރިޔާގެ ކެއުންތައް އައިސްފައިވަނީ އޮސްޓްރޯ-ހަންގޭރިޔަން އެމްޕަޔަރގެ ޒަމާނުން ފެށިގެންނެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
އޮސްޓްރިޔާއަކީ ޖީ.ޑީ.ޕީއަށް ބަލާއިރުގައި ދުނިޔޭގެ އެންމެ މުއްސަނދި 12 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އޮސްޓްރިޔާގައި އޮންނަނީ ވަރަށް ވެސް ބޮޑަށް ތަރައްޤީވެފައިވާ ސޯޝަލް މާކެޓް އިކޮނޮމީއެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8634 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found