އެސްޕިރިން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އެސްޕިރިން އަކީ ތަދު ކެނޑުވުމަށާއި، ހުންތިރިކޮށްދީ، އަދި ދުޅަ ތިރިކޮށްދިނުމަށް ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކޮށް އުޅޭ ބޭހެކެވެ. އެސްޕިރިން އަށް ބޭސްވެރިކަމުގެ ގޮތުން ބޭނުންކުރެވޭ ނަމަކީ އެސީޓައިލް ސެލިސައިލިކް އެސިޑް އެވެ. އެސްޕިރިން ގައި ކޮންމެވެސް ވަރަކަށް ލޭގަނޑުވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ވެސް އެކުލެވިގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ހިތް ހުއްޓުން، ސްޓްރޯކް ޖެހުން، ފަދަ ހާލަތްތަކުގައި ފަރުވާގެ ގޮތުގައި އެސްޕިރިން ބޭނުންކޮށް އުޅެއެވެ. ހާޓް އެޓެކް އެއް ޖެހުމުން ދެވަނަ ހާޓް އެޓެކް އެއް ޖެހުމުގެ ފުރުޞަތު ކުޑަ ކުރުމުގެ ގޮތުން ވެސް އެސްޕިރިންގެ ދަށް ޑޯޒެއް ދީ އުޅެއެވެ.

އެސްޕިރިން ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ކުޑަ ގޮހޮރު، ބޮޑު ގޮހޮރު އަދި މައިދާ ފަދަ ބައިތަކުގައި ފާރު އުފެދުން، އަދި ކަންފަތް ބައްވުން ފަދަ ކަންތައްތައް ހިމެނެއެވެ.