Jump to content

އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value). އެވެޓާރ - ދަ ލާސްޓް އެއަރ ބެންޑަރ އަކީ މަޝްހޫރު ޓީވީ ސިލްސިލާ ކާރޓޫނަކަށް ދެވިފައިވާ ނަމެކެވެ. ބައެއް ޤައުމުތަކުގައި މިކާރޓޫނު މަޝްހޫރުވެފައިވަނޫ އެވެޓާރ – ދަ ލެޖެންޑް އޮފް އޭންގ ގެ ނަމުންނެވެ. މިކާރޓޫނު ދައްކަމުން އަންނަނީ ޓީވީ ޗެނެލް ނިކޮލޯޑިއަން އިންނެވެ. މި ކާރޓޫނުގައި ފެނިގެން ދާނީ ޖާދުލާއި ތަޅާ ފޮޅުމުގެ ޚިޔާލީ ދުނިޔެ އެއްގައި ބައިބައިވެފައިވާ 4 ޤައުމުގެ ތެރެއިން ފަޔާރ ނޭޝަން ގެ އަތްދަށުން ބާކީ އޮތް ދެޤައުމު ސަލާމަތް ކުރުމަށް އޭންގ ނަމަކަށް ކިޔާ 12 އަހަރުގެ ފިރިހެން ކުއްޖަކު ކުރާ މަސައްކަތެވެ. މި 12 އަހަރުގެ ފިރިހެން ކުއްޖަކީ އެވެޓާރ އެވެ. އަދި އޭންގ ގެ މިމަސައްކަތުގައި އޭނާގެ އެކުވެރިން ސޮކާ، ކެޓާރާ، ޓޯފް އަދި އޭންގ ގެ އެކުވެރި ދެ ޖަނަވާރުން ވާ އެހީ އެވެ.

މިކާރޓޫނު ލިޔެފައިވަނީ ފޮތެއްގެ ބައިތަކެއްގެ މައްޝަށެވެ. މިގޮތުން ކޮންމެ ބަޔަކީ ޗެޕްޓާރ އެކެވެ. އަދި ކޮންމެ ސީޒަނަކީ ފޮތެކެވެ. މިގޮތުން ފުރަތަމަ ސީޒަނަށް ދެވިފައިވާ ނަމަކީ ބުކް ވަން - ވޯޓާރ އެވެ. ނުވަތަ ފުރަތަމަ ފޮތް – ވޯޓާރ އެވެ. މިކާރޓޫނު އެންމެ ފުރަތަމަ ދައްކަން ފެށުނީ 2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

މިޝޯވ އުފައްދައި ތައްޔާރު ކުރީ މައިކަލް ޑޭންޓް ޑި މާރޓިނޯ އަދި ބްރަޔަން ކޮނިއެޓްޒްކޯ އެވެ. ނިކް ޓޫންސް ލައިން އަޕް ގައި މިކާރޓޫނަށް ވަރަށް ރަނގަޅު މަޤާމެއް ލިބިފައިވެއެވެ. އަދި ހަމައެހެންމެ ބެލުންތެރިންގެ މެދުގައިޔާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މިކާރޓޫނު ވަނީ މަޤްބޫލު ޝޯވ އަކަށް ވެފައެވެ.

މިސިލްސިލާގެ ކާމިޔާބުކަމާއި ހެދި ނިކޮލޯޑިއަން އަށް މަޖްބޫރުވީ މިސިލްސިލާގެ ދެވަނަ ސީޒަނެއް އުފެއްދުމަށެވެ. އަދި މިސިލްސިލާގެ 3 ވަނަ ސީޒަނެއް 2007 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކާރޓޫނގެ ސިލްސިލާގެ އިތުރަށް ހުރިހާ އެޕިސޯޑްގެ މައްޗަށް ހިމެނޭ 6 ޑީވީޑީގެ ސެޓެއް،

އެވަޓާ ދަ ލާސްޓް އެއާބެންޑަރ ގެ ވާހަކައިގައި ހިނގާ ހާދިސާއެއް ފެށިގެންދަނީ މައި ވާހަކައިގެ ގަރުނެއް ކުރިންނެވެ. އޭނާއަކީ އެވެޓާ ކަމާއި, މުޅި ދުނިޔެ ސަލާމަދުން ބެހެއްޓުމުގެ ޒިންމާއަކީ އޭނާގެ ބޮލުގައި އެޅުވިފައިވާ އެއްޗެއްކަން އެނގުމުން, އެންމެ 12 އަހަރުގެ އޭންގް ވަނީ އެކަމާމެދު ބިރުގަނެގެން އޭނާގެ އުދުހޭ ސްކައި ބައިސަން އަޕާ ގޮވައިގެން ފިލާފައެވެ. ނަމަވެސް މިދަތުރުގައި ދިމާވި ތޫފާނެއްގެ ސަބަބުން, ސައުތު ޕޯލް ކައިރީ އޮތް އައިސްބާރގް އެއްތެރޭގައި އޭންގް ވަނީ އޭނާއާއި އަޕާ ސަސްޕެންޑަޑް އެނިމޭޝަންގައި ހިފެހެއްޓުނެވެ. މިކަން ހިނގައިދިޔައިރު, ފަޔަރ ނޭޝަންގެ ވެރިޔާ ފަޔަރ ލޯރޑް ސޮޒިން ވަނީ އޭނާގެ ޤައުމުގެ ސަރަޙައްދު ފުޅާކުރުމަށްޓަކައި ދުނިޔޭގެ ހަނގުރާމައެއް ފަށާފައެވެ. އަދި ދުނިޔެ ހިމާޔާތް ކުރުމުގެ ޒިންމާދާރު އުފުލަންޖެހޭ އެވެޓާ އަކީ އެއަރ ޓެމްޕަލް އަކަށް ނިސްބަތްވާ މީހެއްކަން އެގިގެން, ދުނިޔޭގެ ހުރިހާ އެއަރ ނޯމޭޑް ނަސްލުގެ މީހުން ނައްތާލިއެވެ. މީގެ 100 އަހަރު ފަހުން ސަދަރން ވޯޓަރ ޓްރައިބްގެ އެއްބަނޑު އެއްބަފާ ކަޓާރާ އާއި ސޮކާ އަށް އޭންގ މި އައިސްބަރގް ތެރޭގައި އޮތްތަން ފެނިގެން އޭނާ އޭގެން ނަގަން މަސައްކަތްކުރިއެވެ.

ފުރަތަމަ ސީޒަނުގައި އޭންގް އާއި ކަޓާރާ އާއި ސޮއްކާއާއެކު ނޯދަރން ވޯޓަރ ޓްރައިބް އަށް ދަތުރުކުރަނީ ވޯޓާބެންޑިން ދަސްކުރުމުގެ އިތުރުން ފަޔަރ ނޭޝަން ބަލިކުރުމަށް ތައްޔާރުވެވޭނެ ގޮތެއް ހޯދުމަށެވެ. މިހާރުގެ ފަޔަރ ލޯޑް އޯޒާއިގެ ދޮށީ ދަރިފުޅު ޕްރިންސް ޒޫކޯ، އޭނާގެ ގެއްލިފައިވާ ޝަރަފު އަލުން ހޯދުމަށްޓަކައި އަވަޓަރ އަތުލުމުގެ އުންމީދުގައި، އޭނާގެ ބޮޑުބޭބެ އައިރޯ އާއި އެކު އޭންގ ގެ ފަހަތުން ދެއެވެ. މީގެ އިތުރުން, ފަޔަރް ނޭޝަންގެ ލަޝްކަރިއްޔާގެ ޝަރަފެއް ހޯދުމަށް އުންމީދުކުރާ ފަޔަރ ނޭޝަންގެ އެޑްމިރަލް ޒާއޯ ވެސް އޭންގ ގެ ފަހަތުން ދެއެވެ. އޭނާގެ ކަނޑުގެ ސިފައިން ނޯދަރން ވޯޓަރ ޓްރައިބް އަށް ހަމަލާދިނުމާއިއެކީގައި، ޒާއޯ ހަނދުގެ ރޫޙު މަރާލައެވެ. ނޯދަރން ވޯޓަރ ޓްރައިބް ސަލާމަތްކުރުމަށްޓަކައި އެ ޓްރައިބްގެ ޕްރިންސެސް ޔުއޭ އޭނާގެ ފުރާނަ ޤުރުބާން ކޮށް, ހަނދުގެ ރޫޙު އަލުން ދިރުއްވައެވެ. އެންމެފަހުން, އޭންގ އާއި ކަޓާރާ އަދި ސޮކާ ޒާއޯގެ ކަނޑުގެ ލަޝްކަރު ބަލިކުރެއެވެ.

ޝަޙްސިއްޔަތުތައް

[އުނިއިތުރު ގެންނަވާ]

މުހިންމު ޝަހްސިއްޔަތުތައް

[އުނިއިތުރު ގެންނަވާ]

މިކާރޓޫނުގައި ދައްކުވައިދޭ މުހިންމު ޝަހްސިއްޔަތުތައް ފެނިގެންދާނީ އިންސާނުންގެ ގޮތުގައެވެ. މިގޮތުން ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކުގެ ތެރޭގައި:

އޭންގ (ޒެކް ޓައިލަރ އެއިސެން) - އަކީ މަޖާ ކުރުމަށް ލޯބި ކުރާ 12 އަހަރުގެ ކުއްޖެކެވެ. (މީގެ އިތުރަށް އޭންގ 100 އަހަރު ގަނޑުފެންގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތެވެ. ނޭވާ ނުލެވި، ހިތް ހުއްޓިފައެވެ. އހެން ނަމަވެސް މަރު ނުވެއެވެ.) އޭންގ އަކީ އެވެޓާރ ކަން އެނގުމުން އޭނާ 4 އެލެމެންޓް ދަސް ކުރަން ޖެހޭ ކަން އެނގެއެވެ. މިގޮތުން ވިއްސާރަ ރެއެއްގައި އޭންގ ގެ އުދުހޭ ޖަނާވާރާއި އެއްކޮށް ނިކުމެ އުޅެނިކޮށް މޫދަށް ވެއްޓި ގަނޑުވެއެވެ. މިގޮތުން މިގޮތުގައި 100 އަހަރު ތާށިވެފައި ވަނިކޮށް އޭންގ ސަލާމަތްވަނީ ކަޓާރާ އަދި ސޮކާ އާއި ހެދިއެވެ.

ދުނިޔޭގައި ދަތުރުކޮށް އާ ކަންތައް ދަސްކުރުމަކީ އޭންގ ކުރާ ހިތްވާ ކަމެކެވެ. އެހެންނަމަވެސް އޭންގ ގެ މީހުން ނެތުމުގެ ސަބަބުން އެކަމުގެ އަސަރު އޭނާ އަށް ވަރަށް ކުރެ އެވެ. މިހިތާމަ އޭނާގެ ހިތުތެރެއިން ފޮހެވެނީ އޭންގ ކެޓާރާ ދެކެ ވާ ލޯތްބާއި ޓޯފް އާއި ސޮކާ އާއި ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެވެ. އޭންގ އކީ އެއަރ ބެންޑާރ އިންގެ ތެރެއިން ދިރި ހުރި އެންމެ ފަހު އެއަރ ބެންޑާރ އެވެ. އަދި ހަމަ އެހެންމެ އެވެޓާރ ވެސް މެއެވެ.

ކަޓާރާ (މޭ ވައިޓްމަން) - އަކީ ސަދަރން ވޯޓަރ ޓްރައިބްގެ ދިރި ހުރި ހަމައެކަނި ވޯޓާރ ބެންޑާރ އެވެ. އޭންގ ގަނޑުފެންގަނޑު ތެރޭގައި ތާށިވެފައިވަނިކޮށް ފެންނަ ހަމައެކަނި ބަޔަކީ ވެސް ކަޓާރާ އާއި އޭނާގެ ބޭބެ ސޮކާ އަށެވެ. ބައިބައި ވެފައިވާ 4 ޤައުމު އެކަތިގަނޑަކަށް ހެދުމަށާއި ފަޔަރ ލޯޑް ބަލިކުރުމަށް އޭންގ ކުރާ ހަނގުރާމައިގައި އޭންގ އަށް އެހީވާ މީހުންގެ ތެރޭގައި އެންމެ ކުރީ ސަފުގައި މި ދެމީހުން ފައިތިލަ ސާބިތު ކޮށްގެން ތިބެއެވެ. މިކާރޓޫނުގެ ސީޒަން 2ގައި އޭނާ ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހަދައެވެ. މިގޮތުން އޭނާ ވޯޓާރ ބެންޑިންގ މާސްޓާރ އަކަށް ވެއެވެ.

ސޮކާ (ޖެކް ޑިސޭނާ) - އަކީ ސަދަރން ވޯޓަރ ޓްރައިބް އަށް ނިސްބަތްވާ ކަޓާރާގެ ބޭބެއެވެ. އޭންގް ގަނޑުފެންގަނޑުގެ ތެރޭގައި ތާށިވެފައިވަނިކޮށް ކަޓާރާއަށް ފެނުމުން, އޭންގ އަކީ ފަޔަރ ނޭޝަންގެ ފަރާތުން ޖާސޫސްކުރަން ފޮނުވާފައި ހުރިމީހެއްކަމަށް ސޮކާއަށް ޝައްކުކުރެވުނެވެ. ނަމަވެސް ފަޔަރ ނޭޝަން ލަޝްކަރުގެ ކިބައިން ސޮކާ އާއި ކަޓާރާގެ ވިލެޖް ސަލާމަތްކުރުމުން, އޭންގ އަށް އިތުބާރުކުރަން ފެށިއެވެ. އަދި ފަޔަރ ލޯޑް އާއި ދެކޮޅަށް އޭންގ ކުރާ ހަނގުރާމައިގައި, އޭނާގެ ކޮށްކޮ ކަޓާރާއާއިއެކު ސޮކާ ވެސް ވަރުގަދައަށް ހަރަކާތްތެރިވިއެވެ. ސޮކާއަކީ ބެންޑަރެއް ނޫންކަމުގައިވިޔަސް, އޭނާއަކީ ވިސްނުންތޫނު އީޖާދެކެވެ. އަދި ހަނގުރާމައިގެ އެކި އެކި އުކުޅުތައްވެސް ސީރީސްގެ ތެރޭގައި އޭނާ ދަސްކޮށް ފަރިތަކޮށްފައިވެއެވެ.

ލިބިފައިވާ އެވޯޑް ތަކާއި ކާމިޔާބީތައް

[އުނިއިތުރު ގެންނަވާ]
އެވޯޑް ނަތީޖާ
2005 ވަނަ އަހަރުގެ ޕަލްސިނާ އެވޯޑްސް:
ބެސްޓް އެކްޝަން/އެޑްވެންޗަރ ޓީވީ ސީރީސް ހާސިލްކުރެވުނު
ބެސްޓް ޓީވީ ސީރީސް ހާސިލްކުރެވުނު
33ވަނަ އަދި 34 ވަނަ އެނުއަލް އެމީ އެވޯޑްސް:
ބެސްޓް އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން ނޮމިނޭޓްވި
ސްޓޯރީބޯޑިންގ އިން އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ޑެޒާރޓް) ހާސިލްކުރެވުނު
ރައިޓިންގ ފޯރ އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން ނޮމިނޭޓްވި
ކެރެކްޓަރ އެނިމޭޝަން އިން އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ބްލައިންޑް ބޭންޑިޓް) ހާސިލްކުރެވުނު
ޑައިރެކްޓިންގ އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ޑްރިލް) ހާސިލްކުރެވުނު
ޖެނެސިސް އެވޯޑްސް 2007:
އައުޓްސްޓޭންޑިންގ ޗިލްޑްރެންސް ޕްރޮގްރާމިންގ (އާޕާސް ލޮސްޓް ޑޭސް) ހާސިލްކުރެވުނު
ޕްރައިމް ތައިމް އެމީ އެވޯޑްސް:
އައުޓްސްޓޭންޑިންގ އެނިމޭޓެޑް ޕްރޮގްރާމް (ސިޓީ އޮފް ވޯލްސް އެންޑް ސީކްރެޓްސް) ނޮމިނޭޓްވި
އިންޑިވިޖުއަލް އެޗީވްމެންޓް އެވޯޑް (ސެންގް ޖިން ކިމް އަދި ލޭކް ލައޮގާއި އަށް) ހާސިލްކުރެވުނު